މެންޗެސްޓަރ ސިޓީގެ ކުޅުންތެރިން ފަރިތަކުރުންތަކުގައި. ފޮޓޯ: މެންސިޓީ
ހަބަރު
26 Dec 2024 | 14:13
ޗެމްޕިއަންސްލީގް ކޮލިފައިން މެޗްތައް ކުޅެން ޖެހިދާނެކަމުގެ ބިރު އެބައޮތް: ގާޑިއޯލާ

ކުރިއަށްއޮތް ޗެމްޕިއަންސް ލީގް ކޮލިފައިން މެޗްތައް ކުޅެންޖެހުމުގެ ބުރު މެންޗެސްޓަރ ސިޓީއަށް އެބައޮތްކަމަށް އެޓީމުގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މިއަދު އިނގިރޭސި ޕްރިމިއާ ލީގްގައި އެވަޓަން އާ ދެކޮޅަށް ނިކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ގާޑިއޯލާ ބުނީ، މެދުނުކެނޑި ޗެމްޕިއަންސްލީގް 12 ނުވަތަ 13 އަހަރުކުޅުނު އެއް ޓީމަކީ ހަމަ ޔަގީނުންވެސް ސިޓީކަމަށާއި، އެހެންނަމަވެސް ކުރިއަށްއޮތް ޗެމްޕިއަންސްލީގުގައި ކޮލިފައިނަށް ނުގޮސް ކުޅެވިދާނޭކަމުގެ ޝައްކު މިއަދު އެބައޮތްކަމަށެވެ. ނަމަވެސް އެހެންނުވާނޭކަމުގެވެސް ވަރަށްބޮޑު ޔަގީންކަމެއް އޮތްކަމަށް ގަބޫލުކުރާކަމަށް ގާޑިއޯލާ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި މެންޗެސްޓަރ ސިޓީ މިވަގުތު އޮތީ 27 ޕޮއިންޓާއެކު 7 ވަނާގައެވެ. ގާޑިއޯލާ ބުނީ، ޓާވަލް މިހާރު އޮތްގޮތުން ގިނަ މެޗްތަކަކުން މޮޅުވެ، ގިނަ ޕޮއިންޓް ހޯދުން ނޫންގޮތެއް ނެތްކަމަށެވެ. އެހެންނޫނީ ޗެމްޕިއަންސްލީގުގައި ކުޅުމުގެ ފުރުސަތެއް ނެތްކަމަށާއި، އެފުރުސަތު ނުލިބިއްޖެނަމަ އެއީ ސިޓީއަށް އެމަގާމު ހައްގުނުވުންކަމަށް ގާޑިއޯލާ ފާހަގަކުރިއެވެ. 

ގާޑިއޯލާ ބުނީ މެޗްތަކަށް ތައްޔާރުވުމުގައި ޓީމަށް ގޮންޖެހުންތަކެއް އެބަހުރިކަމަށާއި، އެ ގޮންޖެހުންތައް ހައްލުވެގެން ނޫނީ ދިމާވެފައިވާ މައްސަލަތައް ހައްލުކުރެވެން ނެތްކަމަށެވެ. ލީގްގައި ވާދަވެރި ޓީމުތައް ހުރިކަން ފާހަގަކުރަމުން ގާޑިއޯލާ ބުނީ ކަންކަން ހުރިނަމަވެސް މަސައްކަތްކުރާނީ ކުރިއަށްހުރި މެޗްތަކުން މޮޅުވާން ކަމަށެވެ. 

މި ސީޒަނުގައި ސިޓީގެ ނަތީޖާތައް ދަށްވެފައިވީނަމަވެސް އެޓީމުން ވަނީ ގާޑިއޯލާ އާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައެވެ. އަލަށް ހެދި އެއްބަސްވުން ބުނާގޮތުން ގާޑިއޯލާ ސިޓީގައި އެއް އަހަރު މަޑުކުރުމަށް ވަނީ ހަމަޖެހިފައެވެ. މެންޗެސްޓަރ ސިޓީގެ ކޯޗްކަމާ ގާޑިއޯލާ ހަވާލުވީ 2016 ވަނަ އަހަރުއެވެ. ގާޑިއޯލާގެ ކޯޗްކަމުގެ ދަށުގައި އެ ކްލަބުން ވަނީ 16 މުބާރާތް ކާމިޔާބުކޮށްފައެވެ. ގާޑިއޯލާގެ އިރުޝާދުގެ ދަށުން މެންޗެސްޓަރ ސިޓީ ވަނީ ޕްރިމިއާ ލީގް 6 ފަހަރު އަދި ޗެމްޕިއަންސްލީގް އެއްފަހަރު ކާމިޔާބުކުރިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.