ފެނަކައިގެ ކުރީގެ އެމްޑީ، ސައީދު
ހަބަރު
26 Dec 2024 | 16:21
ފެނަކައިގެ ކުރީގެ އެމްޑީ، ސައީދުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައީދުގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ނިމިގެންދިޔަ ވެރިކަމުގައި ފެނަކައިގެ ތެރެއިން ކޮރަޕްޝަން ހިމެނޭ ކަންކަން ހިންގާފައިވާކަމަށް ބުނެ ފެނަކައިގެ މިހާރުގެ މެނޭޖްމަންޓުން ވަނީ، އެ މައްސަލަތައް ޝަރީއަތަށް ހުށަހަޅާފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ޕީޖީ އޮފީހުން ބުނީ، ސައީދުގެ އިތުރުން، ފެނަކަ ކުންފުނީގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗައްވެސް ދައުވާކުރަން ކޯޓަށް ފޮނުވާފައިވާކަމަށެވެ. އެއީ ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު ވެވުނު އެއްބަސްވުމުގައި މަސައްކަތް ފުރިހަމަ ނުކުރަނީސް މަސައްކަތުގެ އަގު ދީ ނިންމުމުންނެވެ. މި މައްސަލާގައި އެ ދެ ފަރާތަށް ދައުވާކުރަނީ ބްލޭޒަން ކުންފުންނަށް ނަހަމަގޮތެއްގައި މާލީމަންފާއެއް ހޯދައިދިނުމަށް، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްފައިވާތީއެވެ. ދައުވާގައި ބަޔާންކޮށްފައިވާގޮތުން އެ މުއާމަލާތާ ގުޅިގެން ފެނަކައަށް 848،000 ރުފިޔާގެ ގެއްލުމެއް ވަނީ ލިބިފައެވެ.

މި މައްސާލަ ސާބިތުވެއްޖެނަމަ، އެއް އަހަރާ ހަތްމަހާއި ހަ ދުވަހުގެ ޖަލުހުކުމެއް އަންނާނެއެވެ. އޭސީސީން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން ސައީދުގެ ޕާސްޕޯޓްވެސް ވަނީ މިދިޔަ އޮކްޓޯބަރުމަހު ހިފަހައްޓާފައެވެ.

ފެނަކައިގެ ކުރީގެ މެނޭޖްމަންޓާ ގުޅޭ 25 މައްސަލަ ހިމެނޭކަމަށް މިފަހުން އިސްތިއުފާދެއްވި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވަނީ މީޑިއާގައި ވިދާޅުވެފައެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ފެނަކައަކީ މާލީހާލަތު އެންމެ ދަށް ކުންފުންޏެވެ. ފެނަކައިގެ މާލީހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ނިމުނުއިރު ފެނަކައިގެ ދަރަނި ހުރީ 4 ބިލިއަން ރުފިޔާއަށްވުރެ މަތީގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް