ރައީސް ޑރ.މުއިއްޒު އަދި މަންމޯހަން ސިންހް
ހަބަރު
27 Dec 2024 | 10:54
މަންމޯހަން ސިންހް އަވަހާރަވުމާއި ގުޅިގެން، ރައީސް ޑރ.މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންހް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

މަންމޯހަން ސިންހް އަވަހާރަވެފައިވަނީ ވެރިރަށް ނިއުދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އައިމްސް)ގެ އެމާޖެންސީ ވޯޑުގައި ފަރުވާދެމުންދަނިކޮށެވެ. މަންމޯހަން ސިންހު އަވަހާރަވުމާ ގުޅިގެން، ސޯޝަލް މީޑިއާގައި ރައީސް ޕޯސްޓްކުރެއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވެފައިވަނީ، މި ހިތާމަވެރި ވަގުތުގައި ދިވެހިރާއްޖޭގެ ރައްޔިތުންނާއި އެމަނިކުފާނު ވަނީ އިންޑިއާގެ ރައްޔިތުންނާއެކުގައި ކަމަށެވެ. އަދި މަންމޯހަން ސިންހްގެ އާއިލާ އަށާއި އިންޑިއާގެ ރައްޔިތުންނަށް ރައީސް ޑރ.މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

ރައީސް ޑރ.މުއިއްޒުގެ ޕޯސްޓްގައި ވިދާޅުވެފައިވަނީ 2011 ވަނަ އަހަރު މަންމޯހަން ސިންހް ރާއްޖެއަށް ކުރެއްވި ތާރީހީ ދަތުރުފުޅަކީ ރާއްޖޭގެ އިގްތިސާދަށާއި އިޖުތިމާއީ ތަރައްޤީއަށް މުހިއްމުވެގެންދިޔަ ދަތުރުފުޅެއް ކަމަށެވެ. މީގެ އިތުރުން މަންމޯހަން ސިންހްގެ "ލުކް އީސްޓް ޕޮލިސީ" އަކީ ދެކުނު އޭޝިއާގެ ތަރައްޤީއަށް މުހިއްމު ސިޔާސަތެއްކަން ރައީސް ޑރ.މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

މަންމޯހަން ސިންހް އަވަހާރަވީއިރު އުމުރުފުޅަކީ 92 އަހަރެވެ. އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގައި ވަނީ އިންޑިއާއަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައެވެ. އޭގެ ތެރެއިން މަންމޯހަން ސިންހް އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވީ 2004 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށެވެ. ގިނަ ބަޔަކު ފާހަގަކުރާގޮތުގައި އެމަނިކުފާނަކީ އިންޑިއާ އިންޑިއާ މިއަދު މިދެކޭ އިގްތިސާދީ ބަދަލު ގެނައުމުގައި ފާހަގަކޮށްލެވޭފަދަ ސިޔާސަތުތަކެއް ތައާރަފްކޮށްދެއްވި ބޭފުޅެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.