އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކުރަނީ..
ހަބަރު
27 Dec 2024 | 13:20
އަގީދާ ކިތަންމެ ވަރުގަދަ މީހަކުވެސް މާޔޫސީކަމުގެ ތެރެއަށް ވެއްޓިދާނެ: ހުކުރު ހުތުބާ

ކިތަންމެ އަގީދާ ވަރުގަދަ މީހަކުވެސް މާޔޫސްވުމުގެ ތެރެއަށް ވެއްޓިދާނޭކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ "ދިރިއުޅޫމުގައި ދިމާވާ ދަތިތަކާމެދު މާޔޫސް ނުވުން" މި މައުލޫއަށެވެ. ހުތުބާގައި ބުނީ، ހިތްދަތިކަމުން އަރައިގަތުމަށް މަސައްކަތްކުރަންވާނީ އަޒުމާ ހިތްވަރާއެކު ކަމަށާއި ކިތަންމެ އަގީދާ ވަރުގަދަ މީހަކުވެސް މޫޔޫސްކަމުގެ ތެރެއަށް ވެއްޓިދާނޭ ހާލަތެއް އަތުވެދާނޭކަމަށެވެ. އަދި އެއީ މީހާގެ އަގީދާގެ ބަލިކަށިކަމުން ވާ ކަމެއްނޫންކަމަށެވެ. އެއީ އިންސާނާގެ ނަފްސުގެ ބަލިކަށި ކަމެވެ. އިންސާނާގެ ނަފްސު މާޔޫސްކަމުން ސަލާމަތްވުމަށްޓަކައި އަގީދާގައި ސާބިތުވެ ހުރުމަކީ މުހިއްމު ކަމެކެވެ. އެގޮތުން މަސްވާސްތަކުގެ ޝިކާރައަކަށް ނުވެ، ވަރުގަދަ އަޒުމާއެކުސަލާމަތުގެ އައްސޭރިއަށް ވާސިލްވެވިދާނޭކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ ދިރިއުޅުމުގައި ދިމާވާ ދަތިކަމަކަށްފަހު ލުޔެއް ލިބޭނޭކަމުގެ އުއްމީދުޔ ބައެއް މީހުން ކަނދާލާ ކަމަށާއި، ނަމަވެސް އިންސާނާއާ އެކި ގޮތްގޮތުން ދިމާވާ މުސީބާތްތަކާއި ދަތިކަން ފިލައިދިއުން ﷲގެ އިރާދަފުޅުގައި ކަނޑައަޅުއްވާފައިވާކަމަށެވެ. އެހެންނަމަވެސް ބައެއްމީހުންގެ މަސައްކަތްތަކަށް ވެފައި އޮންނަނީ، އެފަދަ ކަންކަމުން ސަލާމަތްވުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ނާއުއްމީދުގެ ބަސްތައް ތަކުރާރުކުރުމެވެ. މިފަދަ ޝުއޫރުތަކާ ވާހަކަތައް ދެކެވެނީ އުއްމީދު ކެނޑި ދުނިޔަވީ ހަޔާތުން މާޔޫސްވެފައިވާތީކަން ފާހަގަކުރަމުން ހުތުބާގައި ބުނީ، ސަބަބުތަކުގައި ހިފައި ހާލަތު ބަދަލުކުރުމަށް މަސައްކަތްކުރުމަށް އިންސާނާ ފަހަތަށް ޖެހޭކަމަށެވެ. 

ﷲ ވަހީކުރެއްވި އާޔަތެއްގެ މާނާގައި ވެއެވެ. "އަދި ތިމަން ރަސްކަލާނގެ އިންސާނާއަށް ރަހުމަތް ލައްވައި، ދެން އޭނާގެ ކިބައިން ތިމަސް ރަސްކަލާނގެ ރަހުމަތް ނިގުޅައިގެންފިނަމަ، ހަމަކަށަވަރުން އޭނާ ވާނީ ތިމަން ރަސްކަލާނގެ ރަހުމަތުން އުއްމީދު ކަނދާލައި ރަހުމަތާ ދެކޮޅުހަދާ ކާފަރަކަށެވެ"

ހުތުބާގައި ބުނީ ކީރިތި ގުރުއާނުގައި މާޔޫސްވުމާއި އުއްމީދުކެނޑުމާ މެދު އެތައް ބަސްފުޅުތަކެއް އައިސްފައިވާކަމަށެވެ. އެއީ އަޅާ އޭނާގެ ވެރިރަސްކަލާނގެ ހަސްރަތަށް ރުޖޫއަވެ، ތައުބާވުންކަމުގައި ވިޔަސް، ނުވަތަ ޤަޟާގަދަރާ ގުޅުންހުރި ކަމެއް ކަމުގައި ވިޔަސްމެއެވެ. ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވުން އީމާންކަމުގެ ރުކުނެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ މާޔޫސްކަމާއި އެތައް ނުރައްކަލަކުން އިންސާނާ ސަލާމަތުގެ އައްސޭރިއަސް ގެންގޮސްދިނުމުގެ ބާރެއްގެ ގޮތުންނެވެ.

ކަންކަމުގައި ﷲ އާ ވަކީލްކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެކެވެ. އަދި ﷲ ގެ ރަހުމަތާމެދު މާޔޫސްވުމަކީ މަގުފުރެދުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެއްކަމުގައި ސިފަކުރައްކުރައްވައި ﷲ ވަހީކުރެއްވި އާޔަތެއްގެ މާނައިގަ ވެއެވެ. "އަދި ތިޔަބައިމީހުން ނުރުހޭކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރިކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭކަމެއް  އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި ﷲ ހުރިހައި ކަމެއްމެ މޮޅަށް ދެނެވޮޑިގެން ވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ" 

ހުތުބާގައި ބުނީ މުއުމިނުންނަކީ އެންމެ ބޮޑެތި މުސީބާތްތަކުގެ ވަގުތުތަކުގައިވެސް ﷲ އަށް ގެ ރަހުމަތާއި ލުޔަށް އުއްމީދުކުރާ އެމީހުންގެ ހިތްތައް ޔަގީންކަމުން ފުރިފައިވާ ބައެއްކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.