އާސެނަލް އާއި އިޕްސްވިޗް ބައްދަލުކުރިމެޗްގެ ތެރެއިން ފޮޓޯ: އާސެނަލް
ހަބަރު
28 Dec 2024 | 08:39
އާސެނަލުން ރޭގެ މޮޅު ހާއްސަ ކުރީ، ލެޖެންޑް ސަންތި ކަޒޯލާއަށް

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ އާސެނަލް އާއި އިޕްސްވިޗް ބައްދަލުކުރިމެޗް އާސެނަލް ކާމިޔާބުކޮށް ރޭގެ މޮޅު، އެޓީމްގެ ލެޖެންޑް ސަންތި ކަޒޯލާއަށް ހާއްސަކޮށްފިއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމުގައި ކުޅުނު މިމެޗް އިޕްސްވިޗްގެ މައްޗަށް އެޓީމް ކުރިހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. އާސެނަލުން ޑޮމިނޭޓްކުރި މިމެޗް ފަށައިގެން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޓިމްބާ އަށެވެ. ނަމަވެސް ޕެނަލްޓީ އޭރިއާ ބޭރުން އޭނާއަށް ބޯޅަ ފޮނުވާލެވުނީ ސީދާ ކީޕަރުހުރި ދިމާލަށެވެ.

މެޗްގައި ފެނިގެންދިޔަ ހަމައެކަނި ގޯލް އާސެނަލަށް ކާމިޔާބުކޮށްދިނީ ހާވަރޓެޒް އެވެ. މެޗްގައި މީގެ އިތުރުންވެސް އާސެނަލަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ވަނީ ލިބިގެންގޮސްފައެވެ. މީގެ ތެރޭގައި ގެބްރިއަލް އަދި އޮޑިގާޑު ފޮނުވާލި ހަމަލާތައް ފާހަގަކޮށްލެވެއެވެ. ރޭގެމެޗްގައި އާސެނަލްގެ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ދިފާއިކުރުމުގައި އިޕްސްވިޗްގެ ކީޕަރު މުރިޗް ވަނީ ފާހަގަކޮށްލެވޭ ސޭވްތަކެއް ކޮށްފައެވެ. ރޭގެ މެޗުން ލިބުނު މޮޅާއެކު އާސެނަލްއަށް ވަނީ ތާވަލްގެ ދެވަނަ ލިބިފައެވެ. އެއްވަނައިގަ އަދިވެސް އުޅެނީ ލިވަޕޫލެވެ.

ރޭ އިޕްސްވިޗްއަތުން ލިބުނު މޮޅު އާސެނަލުން ހާއްސަކުރީ އެޓީމްގެ ކުރީގެ ލެޖެންޑް އަދި ކެޕްޓަނެއްގެ ގޮތުގައި ފެނިގެންދިޔަ ސަންތި ކަޒޯލާއަށެވެ. އޭނާ އާސެނަލްގެ މެޗެއް ބަލާލުމަށް އެބުރި އެމިރޭޓްސް ސްޓޭޑިއަމަސް ޒިޔާރަތްކޮށްފައިމިވަނީ 7 އަހަރަށްފަހުއެވެ.  ކަޒޯލާ 2018 ވަނަ އަހަރު އާސެނަލް ދޫކޮށްލިފަހުން އެމިރޭޓްސް ސްޓޭޑިއަމަށް އައިސްފައެއް ނުވެއެވެ. 

މެޗްގެ ކުރިން ކަޒޯލާ، އާސެނަލްގެ ކޯޗް މިކޭލް އަޓޭޓާ އާއެކު. ފޮޓޯ: އާސެނަލް

މެޗްގެ ކުރިން ޕްރިމިއާ ލީގް ޓީވީއާ ވާހަކަދައްކަމުން ކަޒޯލާ ބުނީ އަހަރުތަކަކަށްފަހު އާސެނަލްގެ މެޗެއް ބަލާލުމަށް އާދެވުނީތީ ނިހާޔަތަށް އުފާކުރާކަމަށާއި، ދުރުގައި ހުރިނަމަވެސް ޓީމަށް ދެވިފައިވާ ގަދަރާއި އިހުތިރާމް އަދިވެސް އެބައޮތްކަމަށެވެ. މިކޭލް އަޓޭޓާގެ ދަށުން އާސެނަލަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރަމުން ކަޒޯލާ ބުނީ ޕްރިމިއާ ލީގް ކާމިޔާބުކުރުމުގެ ފެންވަރު އެޓީމުގެ އެބައޮތް ކަމަށާއި އުއްމީދަކީ އާސެނަލުން މިފަހަރުގެ ލީގް ނެގުން ކަމަށެވެ. 

ކަޒޯލާ ވަނީ 2012 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް އާސެނަލަށް ކުޅެފައެވެ. އޭނާ އާސެނަލް ދޫކޮށްލާފައިވަނީ ފައިތިލަޔަށް ލިބުނު އަނިޔާގެ ސަބަބުން، ފަރުވާހޯދަން ކުޅުމުން ބޭރުގައި ދިގު މުއްދަތަކަށް ހުންނަންޖެހުމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.