ޒަކާތް ދައްކަނީ-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހަބަރު
28 Dec 2024 | 11:40
ރާއްޖޭގައި މުދަލު ޒަކާތް ދެއްކުން މަދުވާ ސަބަބު ދެނެގަތުމަށް، ހާއްސަ ދިރާސާއެއް ކުރަނީ

ރާއްޖޭގައި މުދަލު ޒަކާތް ދެއްކުން މަދުވާ ސަބަބު ދެނެގަތުމަށް ހާއްސަ ދިރާސާއެއް ކުރަން ނިންމާފައިވާކަމަށް ޒަކާތު ހައުސް ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު، ފަޟީލަތުއްޝައިޚް ޢިއްޒައްދީން ޢަދްނާން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޢިއްޒައްދީން ވިދާޅުވީ، ރާއްޖޭގައި މުދަލު ޒަކާތް ދައްކާ މީހުންގެ އަދަދު މަދުކަމަށާއި، މިކަމުގެ ސީދާ ސަބަބުތައް ދެނެގަތުމަށް އަންނަ އަހަރު ދިރާސާއެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޢިއްޒައްދީން މީގެ ކުރިން މިސަބަބުތައް ދެނެގަނެވިފައި ނުވިނަމަވެސް، ޒަކާތު ހައުސްއިން ހިންގި އެކި ހަރަކާތްތަކުގެ ތެރެއިން ބައެއް ސަބަބުތައް ދެނެގަނެވިފައިވާ ކަމަށާއި، އޭގެތެރޭގައި، މުދަލު ޒަކާތަކީ ދީނީ ގޮތުން ކިހާ މުހިންމުކަމެއްކަމާއިމެދު އާއްމުންގެ މެދުގައި ހޭލުންތެރިކަން ކުޑަވުން ހިމެނޭކަމަށެވެ.

"އަޅުގަނޑުމެން އެންމެންނަކީ މުއްސަނދިންނެއް ނޫން. އެންމެންނަކީ ތަނަވަސްކަމެއް، އެހެންމީހުންނަށް އެހީތެރިވެވޭނެ ބައެއް ނޫން. ފުދުންތެރި މުހުތާދުވެރިން ތިބޭނެކަން ދަންނަންޖެހޭ. އެހެންވީމަ އެމީހުންނަށް އެ ލިބިދޭންޖެހޭ ޙައްގެއް ގޮތުގައި އަދި އިސްލާމް ދީނުގައި ﷲ ސުބުހާނަހޫ ވަތަޢާލާ، މުދަލުގެ މިލްކުވެރިފަރާާތަކީ އެކަލާންގެކަން. އެ ޙައްގު އަދާނުކުރާކަން. އެހެންވީމަ ދީނީގޮތުން މީހުންނަށް މިއީ ކިހާވަރެއްގެ ކަމެއްކަން ނޭނގުން މިއީ އެންމެ ބޮޑު އެއް ކަންތައް ކަންނޭގެ."

ޢިއްޒައްދީން ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ބައެއް މީހުން މުދަލުގެ ޒަކާތް ދެއްކުމުން އަތުގައި ހުންނަ މުދާ މަދުވާނެ ކަމަށް ދެކޭ ކަން ފާހަގަކުރައްވާ ޢިއްޒައްދީން ވިދާޅުވީ، މުސްލިމް ޤައުމުތަކުގައި ހަދާފައިވާ ދިރާސާތަކުންވެސް މުދަލުގެ ޒަކާތް ދައްކާ ފަރާތްތަކުގެ މުދަލުގައި ބަރަކާތްލައްވައި މުދާ އިތުރުވަމުންދާކަން ސާބިތުވެފައިވާކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ޒަކާތު ހައުސްގެ ފަރާތުން ޒަކާތުގެ އެކި ކަންކަމަށް އާންމުން ހޭލުންތެރިކުރުމުގެ ގިނަ ޕްރޮގްރާމުތައް ކުރިއަށްގެންދާނެކަމަށް ޢިއްޒައްދީން ވިދާޅުވިއެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ޒަކާތުން 92.2 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒަކާތު ފަންޑަށް ލިބުނު އަދަދު އުޅެނީ 83.7 މިލިއަން ރުފިޔާގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.