މާލެތެރެ.. ފޮޓޯ: ވޮއިސް
ހަބަރު
28 Dec 2024 | 16:25
ބޮންޑެޑް ވެއާހައުސްއަކުން ސިނގިރޭޓްތަކެއް ގެއްލުނު މައްސަލައެއް ބަލަނީ

މާލޭގެ ގެއެއްގެ ބޮންޑެޑް ވެއާހައުސްއެއްގައި ބަހައްޓާފައިހުރި ސިނގިރޭޓް ކާޓޫނުތަކެއް ގެއްލުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގެއްލިފައިވަނީ 575 ކޭސް ސިނގިރެޓެވެ. އެއީ 34،000 ކާޓޫނެވެ. އެ ސިނގިރޭޓް ތައް ގެއްލިފައިވަނީ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރިފަހުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިފައިވާ ސިނގިރޭޓް ކާޓޫނުތަކަށް ކަސްޓަމް ޑިއުޓީ ދައްކަންޖެހޭއިރު، އެތަކެއްޗަށް ދައްކަންޖެހޭ ޑިއުޓީގެ އަދަދު 47 މިލިއަން ރުފިޔާއަށް އަރައެވެ. 

މިކަމާ ގުޅިގެން ދާހިލީ ވަޒީރު އަލީ އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ މާލޭގެ ވެއާހައުސްއެއްގައި ހުރި ސިނގިރޭޓްތަކެއް ގެއްލުނު މައްސަލައެއް ފުލުހުން ބަލަމުން އަންނަކަމަށް ވިދާޅުވެފައެވެ.

މާލޭގެ ގެތަކުގައި ހުންނަ ބޮންޑެޑް ވެއާހައުސްތައް ހުންނަނީ ކަސްޓަމްސްގެ ބެލުމުގެ ދަށުން ނޫނީ އެތަނުން އެއްޗެހި ބޭރުނުކުރެވޭ ގޮތަށެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓްގައި ވަޒީރު ވިދާޅުވީ، ވެއާ ހައުސްގެ ވެރިފަރާތުން ވެއާހައުސް ދޫކޮށް އެތަނުގައި އެހެން މަސައްކަތެއް ކުރަމުންގެންދާކަމުގެ މައުލޫމާތު ލިބުމުން އެކަން ޔަގީންކޮށް، ވެއާހައުސްގައި ޑިއުޓީ ދައްކަންޖެހޭކަމަށް ކަސްޓަމްސްގެ ރެކޯޑްތަކުން ދައްކާ މުދަލަށް ޑިއުޓީ ދެއްކުމަށް އެފަރާތަށް އަންގާފައިވާކަމަށެވެ. އަދި ކަސްޓަމްސްއަށް އެންގުމެއްނެތި އެކަންކޮށްފައިވާތީވެ، ކަސްޓަމްސް އާއި ފުލުހުން އެކަން ހިނގާދިޔަގޮތް ބަލައި ތަހުގީގުކުރަމުންދާކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ އެގޮތަށް ގޭތަކުގައި މުދާ ބޮންޑުކޮށްގެން ގެންގުޅުމަކީ ރައްކާތެރި އަދި ސަލާމަތީގޮތުން އެންމެ ރަނގަޅުގޮތްކަމަށް ނުފެންނާތީވެ، ބޮންޑެޑް ވެއާ ހައުސްތައް ހިންގުމަށް އޮންނަ އުސޫލު މި ސަރުކާރުން ހަރުދަނާކޮށްފައިވާކަމަށެވެ. މިގޮތުން މިހާރު ބޮންޑެޑް ވެއާހައުސްތައް ހިންގޭނީ ކަސްޓަމްސްގެ ފުލް ކޮންޓްރޯލް އޮންނަ ސަރަހައްދުތަކުގައި އެކަނިކަމަށް ކަނޑައަޅައި އެކުލަވާލި އެ އުސޫލަށް އަމަލުކުރަމުން އަންނަކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.