އެމްޑީޕީގެ ޖަލްސާއެއްގެ ތެރެއިން-- ފޮޓޯ: އެމްޑީޕީ
ހަބަރު
28 Dec 2024 | 15:40
އިދިކޮޅު ފަރާތްތަކުގެ މައްސަލަތައް ބަލަނީ މި ސަރުކާރަށް ކުރާ ތުހުމަތުތައް އޮއްބާލަން: އެމްޑީޕީ

މި ސަރުކާރުން އިދިކޮޅު ފަރާތްތަކުގެ މައްސަލަތައް ބަލަނީ ސަރުކާރަށް ކުރާ ތުހުމަތުތައް އޮއްބާލަންކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިފަދައިން ބުނީ  ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ދިރިއުޅޭގެ ބުރާސްފަތި ދުވަހުގެރޭ ދަންވަރު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ފާސްކުރުމާ ގުޅިން ނެރުނު ނޫސްބަޔާނެއްގައެވެ.

މިގޮތުން އެމްޑީޕީން ބުނީ، ރޭގަނޑު ދަންވަރު މޫކޭގެ ގެއަށް ފުލުހުން ވަނުމަކީ ސަރުކާރުން އިދިކޮޅު މެންބަރުންނަށް އިންޒާރު ދިނުމަށް ކުރިއަށްގެންދާ ޓްރެންޑެއްގެ ތެރެއިން ކުރިކަމެއްކަމަށެވެ.

ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން އިދިކޮޅު މެންބަރުންނާ ފުރުއްސާރަ ކުރަމުންދާ ކަމަށާއި، ސަރުކާރުން މަސައްކަތްކުރަނީ ބާރުގެ ބޭނުންކޮށްގެން ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ޑިމޮކްރަސީއަށް ހުރަސްއަޅަން ކަން ފާހަގަކޮށް އެމްޑީޕީން ބުނީ، މިކަމުގެ ސަބަބުން, ރައީސް ޑރ.މުޢިއްޒުގެ ވެރިކަމުގައި ރާއްޖޭގައި ޑިމޮކްރަސީ އާއި އަސާސީ ހައްގުތައް ގެއްލެމުންދާތީ ރައްޔިތުން ކަންބޮޑުވާކަމަށެވެ.

އެމްޑީޕީގެ މެމްބަރުންނަށާއި އިދިކޮޅު އެހެން މެންބަރުންނަށް ފުރައްސާރަކޮށް ދޮގު ވާހަކަތައް ސަރުކާރުން ފަތުރަމުންދާކަމަށް ތުހުމަތުކޮށް އެމްޑީޕީން ވަނީ އެޕާޓީއަށް އަމާޒުކޮށް ސަރުކާރުން ބަލަމުންދާ މައްސަލަތަކަށް އަލިއަޅުވާލާފައެވެ. އެއީ:

1) ކުރީ ސަރުކާރުގައި ދައުލަތުން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކާއެކު ހެދިފައިވާ ބަދަލުގެ އެއްބަސްވުންތަކާ ގުޅިގެން ކުރީގެ ރައީސް ސޯލިހާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕަސަން ފައްޔާޒު އިސްމާއިލްގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމްގެ މައްސަލަ ބަލަން އެންގުން.

2) ކޮރަޕްޝަންގެ ތުހުމަތަކާ ގުޅިގެން އޭސީސީ އިން ފަށާފައިވާ ތަހުގީގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ ޕާސްޕޯޓް ހިފެހެއްޓުން.

3) ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާއި ގުޅިގެން އެމްޑީޕީގެ އެކްޓިވިސްޓު ހުސައިން ޝާފިއު ފުލުހަށް ހާޒިރު ކުރުން.

4) އެމްޑީޕީ ޖަލްސާއެއްގައި ދެއްކި ވާހަކައަކާ ގުޅިގެން ފައްޔާޒަށް ފިޔަވަޅު އަޅާނެކަމަށް ބުނެ އިންޒާރު ދިނުން.

މިއާއިއެކު އެމްޑީޕީން ބުނީ، ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ފުލުހުން ބޭއިންސާފުން އަމަލު ކުރަމުންދާކަމަށާއި، އިދިކޮޅު ފަރާތްތަކުގެ މައްސަލަތައް ބަލަނީ މި ސަރުކާރަށް ކުރާ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް އޮއްބާލަން ކަމަށެވެ.

އޭގެ ތެރޭގައި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމާއި މާލެ ސަރަހައްދުން ބިން ވިއްކުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލަ އެމްޑީޕީން ފާހަގަކުރިއެވެ.

މި މައްސަލަތައް ބެލުމަށް އެމްޑީޕީގެ ފަރާތުން އޭސީސީ އާއި ފުލުހުގައި އެދިފައިވާނެކަމަށް ބުނެ އެމްޑީޕީން ވަނީ މި ކަންކަން ރައީސް ޑރ.މުޢިއްޒަށް އެނގިވަޑައިގެން އެކަމުގައި އެމަނިކުފާނުވެސް ބައިވެރިވެވަޑައިގެންނެވިކަމަށް ވެސް ތުހުމަތުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.