މިފްކޯގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް: ފޮޓޯ/ މިފްކޯ
ހަބަރު
30 Dec 2024 | 12:50
މިފްކޯގެ ޗެއާމަން މަސްވެރިކަން ކުރިއަރުވާ ކުންފުނީގެ ޗެއާމަނަކަށް ބަދަލުކޮށްފި

މިފްކޯގެ ޗެެއާމަންގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް, މަސްވެރިކަން ކުރިއަރުވައި ޕްރޮމޯޓު ކުރަން އުފައްދާފައިވާ ކުންފުނި، މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަނު (އެމްފޯމްޕީސީ)ގެ ޗެއާމަންގެ މަގާމަށް، މިއަދު އައްޔަންކޮށްފި އެވެ.

ޕީސީބީން މިއަދު ބުނީ މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަން ކަމުގެ މަޤާމުގައި ހުންނެވި އަޙްމަދު ޝަރީފް، މިއަދު އެ މަޤާމުން ވަކިކޮށް، އެމްފޯރމްޕީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަން ކަމުގެ މަޤާމަށް ޢައްޔަނުކޮށްފައިވާ ކަމަށެވެ.

"މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން" އުފައްދަން ނިންމީ ޑިސެންބަރު 17، 2023 ގައި ބޭއްވި ކެބިނެޓް ބައްދަލްވުމުގަ އެވެ.

ސަރުކާރުން ހުސްވި އަހަރުގެ ޑިސެމްބަރުގައި އުފެއްދި މި ކުންފުނީގެ ބޭނުމަކީ، ސަރުކާރުން ބުނާ ގޮތުގައި، އެކުއަކަލްޗާ އާއި މެރިކަލްޗާ އާއި ކަނޑުގެ ހުރިހާ ވަސީލަތްތަކެއް ހިމެނޭހެން ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކޮށްގެން އޭގެން ލިބޭ މަންފާ އިތުރުކުރުމެވެ.

އެގޮތުން, މި ކުންފުނިން ދިވެހި އުފެއްދުންތަކަށް ހާއްސަ ބްރޭންޑެއް ތައާރަފުކޮށް އެ ތަކެތި ޕްރީމިއަމް ޕްރޮޑަކްޓެއްގެ ގޮތުގައި ރާއްޖެ އާއި ބައިނަލްއަގުވާމީ ބާޒާރުގައި ވިއްކުމާއި އާ މާކެޓުތައް ހޯދުން ހިމެނެ އެވެ. 

މި ކުންފުނީގެ ބޯޑުގައި ހިމެނެނީ:

 1. އަހުމަދު ޒަރީރު / ދ. މާއެނބުދޫ، ދިލްކުސާގެ - މެނޭޖިން ޑިރެކްޓަރު 

2. މުންޝިދާ އިބްރާހިމް / ގ. އޮނުހުރި  - ބޯޑު މެމްބަރު 

3. އަހުމަދު ޝިފާޒް / ނައިޓްރޯސް / ތ. ދިޔަމިގިލި - ބޯޑު މެމްބަރު 

4. އަހުމަދު ޔާމީން / ގްރީންވިލާ / ސ. މީދޫ - ބޯޑު މެމްބަރު 

5. އާދަމް މަނިކު /  ހ. ސަމާބްލޫ  - ބޯޑު މެމްބަރު

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން