ޗައިނާގެ ރައީސް ޝީ އަދި ރައީސް ޑރ.މުއިއްޒު.. ފައިލް ފޮޓޯ: ރައީސް އޮފީސް
ހަބަރު
30 Dec 2024 | 13:53
ޗައިނާ އާއެކު ގާއިމްކުރި ފްރީޓްރޭޑް އެއްބަސްވުމަށް، ޖެނުއަރީގައި އަމަލުކުރަން ފަށަނީ!

ޗައިނާ ސަރުކާރާއި ދިވެހިރާއްޖެއާ ދެމެދު ގާއިމްކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ރަސްމީގޮތުން އަމަލުކުރުން މިއަދު އިފްތިތާހުކޮށްފިއެވެ.

މިކަމާގުޅޭގޮތުން މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ޗައިނާގެ ފަރާތުން އެޤައުމުގެ ކޮމާސް މިނިސްޓަރު ވަންގް ވެންޓާއޯއެވެ. މި ރަސްމިއްޔާތު ކުރިއަށްގެންދިޔައީ، އޮންލައިނުކޮށެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު ވެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ ޖެނުއަރީމަހުގެ އެއްވަނަ ދުވަހު އަމަލުކުރަން ފެށުމަށް ނިންމިއިރު، މި އެއްބަސްވުމަކީ ކުރީގެ ރައީސް ޔާމީނުގެ ދުވަސްވަރު އެކުލަވާލެވުނު އެއްބަސްވުމެކެވެ. އޭރުވެސް ފްރީޓްރޭޑް އެއްބަސްވުން އެކުލަވާލުމުގައި އެންމެ އިސްކޮށް ހުންނެވީ މިހާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ޗައިނާ ސަރުކާރާއި ދިވެހިރާއްޖެއާ ދެމެދު ގާއިމްކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ރަސްމީގޮތުން އަމަލުކުރުން އިފްތިތާހުކުރުމަށް ބެއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މި އެއްބަސްވުމާއެކު ޗައިނާއިން ރާއްޖެއަށް އެތެރެކުރާ 290 އަށްވުރެ ގިނަ މުދަލުން ނަގާ ޑިއުޓީ މައާފްވެގެން ދާނޭކަމަށެވެ. މިގޮތުން ފަރުނީޗަރާއި، އިލެކްޓްރޯނިކް އައިޓަމްގެ އިތުރުން މެޝިނަރީން ނަގާ ޑިއުޓީވެސް މައާފްވެގެންދާނެއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ފްރީޓްރޭޑް އެއްބަސްވުމުގެ ދަށުން ގެންނަ މުދަލުގެ ޑިއުޓީ މައާފްވެ އެ މުދަލުން މީގެކުރިން ދައުލަތަށް ލިބެމުން އައި އާމްދަނީ އުނިވިނަމަވެސް، ޑިއުޓީ މައްާފްކުރުމުން ރައްޔިތުންނަށް އޭގެ މަންފާލިބި އިގްތިސާދުގެ އެކި ދާއިރާތަކަށް އެކަމުގެ ކުރިއެރުންތައް ލިބިގެންދާނެއެވެ. މިސާލެއްގެ ގޮތުގައި މިނިސްޓަރު ނެންގެވީ ޗައިނާއިން ގެސްޓްހައުސް ވިޔަފާރިއަށް ގެންނަ ފަރުނީޗަރުން ޑިއުޓީ މައާފްކުރުމުން މާލީގޮތުން އެކަމުގެ ލުއިކަން އެ ގެންނަ ފަރާތްތަކަށް ލިބިގެންދާއިރު، އެތަކެތި ރާއްޖެ ގެނައުމަށްފަހު ދެން އެތަކެތި އުފުލުމަށް ކުރާ ހޭދައާއި އެނޫންވެސް ކަންކަމުން ދައުލަތަށް އާމްދަނީ ލިބިގެންދާނޭކަމެވެ. 

ޗައިނާ އާއި ރާއްޖެއާ ދެމެދު ވެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދިވެހިންނަށް ލިބިގެންދާ އެންމެ ހާއްސަ އެއްކަމަކީ، ޗައިނާގެ ބޮޑެތި ސިޓީތައް ނުވަތަ ޗައިނާގެ މާކެޓުގައި ދިވެހިންނަށް ވިޔަފާރިކުރަން ފުރުސަތުތައް ލިބި، އެހެންގައުމުގެ މާކެޓްތަކަށް ވަނުމުގެ ފުރުސަތު ލިބިގެންދިއުމެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު ގާއިމްކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލައި ނިމުނީ، ރައީސް ޔާމީނުގެ ދައުރު ނިމެން އުޅެނިކޮށެވެ. ޖެހިގެން އައި ރައީސް އިބްރާހިމް މުހައްމަދުގެ ސަރުކާރުން އެ އެއްބަސްވުން ކުރިއަށް ގެންގޮސްފައި ނުވާއިރު، އޭރު މަޖިލީހުގެ ރައީސަކަށް ހުންނެވި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރާއްޖެއާ ޗައިނާ އާ ދެމެދު މިނިވަން އެއްބަސްވުމެއް އެކުލަވާލާފައި ނުވާކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޗައިނާ އާއެކު ގާއިމްކުރި މިނިވަން އެއްބަސްވުން ކުރިއަށްގެންގޮސްފައި ނުވަނީ އިންޑިއާއިން އެ އެއްބަސްވުމާމެދު ނުރުހުމުންނެވެ.

ނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ނިންމަވާފައިވަނީ، އެ އެއްބަސްވުމަކީ ދިވެހިންނަށް މަންފާކުރަނިވި އެއްބަސްވުމަކަށްވާތީވެ، އެ އެއްބަސްވުން ކުރިއަށްގެންގޮސް ތަންފީޒުކުރުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
ތިލަފުށިން ރީކޯ މޫސަގެ ހެވީލޯޑަށް ދީފަ އޮތް ބިން އެޗްޑީސީއާ ހަވާލުކުރަން އަންގައިފި
އެޗްޑީސީން ވަނީ ބިމު ކުއްޔާއި ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކަމުން ނުދާތީވެ އެ ފައިސާވެސް ހޯދުމަށް އެދިފައެވެ.
03 Aug 2026
އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ދެ ހެލިކޮޕްޓަރު ޖެހި ދެ މީހަކު މަރުވެއްޖެ
ޔޫނާން (ގްރީސް)ގެ ވެރިރަށް އެތެންސްއާ ގާތްގަނޑަކަށް 65 ކިލޯމީޓަރު ހުޅަނގުގައި އޮންނަ ސަރަހައްދެއްގައި ރޯވެފައިވާ ބޮޑު އަލިފާންގަނޑެއް ނިއްވުމަށް މަސައްކަތް ކުރަމުންދަނިކޮށް، ދެ ހެލިކޮޕްޓަރު ވައިގެ ތެރޭގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ދެ މީހަކު މަރުވެއްޖެއެވެ.
03 Aug 2026
އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސީ-ޓު-އެއާ ކާގޯއަށް 6 އިންސައްތައިގެ ކުރިއެރުމެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ކުރިއަށްގެންދާ ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
03 Aug 2026
ފަލަސްތީނުގެ އަސީރުން ތިބޭ ޖަލުތަކުގެ ވަށައިގެން ކިނބޫ ގެންގުޅުން މަނާކުރާ އަމުރެއް
ނިރުބަވެރި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ މުސްލިމް އަސީރުން ބޭތިއްބުމަށް ހަދާފައިވާ ކެޓްޒިއޮޓް ޖަލުގެ ވަށައިގެން ކިނބޫ ގެންގުޅުމަށް އެ ޖަމާއަތުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު ރާވާފައިވާ ރޭވުން ތަންފީޒުކުރުން، ގުދުސްގެ ޑިސްޓްރިކްޓް ކޯޓުން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ.