ރައީސް ނަޝީދު، މަޖިލީހުގެ ޖަލްސާއެއްގައި.. ފޮޓޯ: މަޖިލީހުގެ އިދާރާ
ހަބަރު
30 Dec 2024 | 20:15
އިންޑިއާއިން ދުވަހަކުވެސް ރާއްޖޭގެ ވެރިއަކު ވައްޓާލުމަށް މަސައްކަތެއް ނުކުރާނެ: ރައީސް ނަޝީދު

އަވައްޓެރި އިންޑިއާއިން ރާއްޖޭގެ ވެރިކަމުގައި ހުންނެވި ވެރިއަކު މަގާމުން ދުރުކުރުމަށް މަސައްކަތް ނުކުރާނޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިގޮތަށް ވިދާޅުވެފައިވަނީ، ރައީސް ޑރ.މުއިއްޒުގެ ވެރިކަން ވައްޓާލުމަށް 87 މިލިއަން ރުފިޔާ ދިނުމަށް އިދިކޮޅު ފަރާތްތަކުން އިންޑިއާގައި އެދިފައިވާކަމަށް ވޮޝިންޓަން ޕޯސްޓުގައި ޝާއިއުކުރި ހަބަރަކާ ގުޅިގެންނެވެ. މި ހަބަރާ ގުޅިގެން ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޮޝިންޓަން ޕޯސްޓްގެ އެ ލިޔުން ވަރަށް ޝައުގުވެރިކަމާއެކު އެމަނިކުފާނު ކިޔުއްވާފައިވާކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާއިން އައީ އަބަދުވެސް ދިވެހިންގެ ޑިމޮކްރަސީއަށް ތާއީދުކުރަމުން ކަމަށާއި، އެފަދަ ކަމަކަށް އިންޑިއާއިން ތާއީދެއް ނުކުރާނޭ ކަމަށެވެ. އަދި އިންޑިއާގެ ފަރާތުން ދުވަހަކުވެސް އެފަދަ ހުށަހެޅުމެއް އައިސްފައިވެސް ނުވާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޑރ.މުއިއްޒުގެ ވެރިކަން ވައްޓާލުމަށް ދުވަހަކުވެސް ބަޔަކު ރޭވިކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ނުވާކަމަށާއި، އެކަހަލަ ސީރިއަސްކަމެއް ކުރަން އުޅުނުކަން އެނގިވަޑައިގެންފައި ނުވާކަމަށެވެ. 

އެމެރިކާގެ ނޫހެއް ކަމަށްވާ ވޮޝިންގްޓަން ޕޯސްޓުގައި ބުނެފައިވަނީ، މި އަހަރުގެ ޖަނަވަރީ މަހު، އިންޑިޔާގެ އިންޓެލިޖެންސް އޭޖެންސީ އާރްއޭޑަބްލިއުގެ އޭޖެންޓުން ދިވެހިރާއްޖޭގެ އިދިކޮޅު ފަރާތްތަކާއެކު ރައީސް މުޢިއްޒުގެ ވެރިކަން ވައްޓާލުމަށް މަޝްވަރާތައް ފެށި ކަމަށް މި މަޝްވަރާތަކުގައި ބައިވެރިވި ބައެއް ފަރާތްތަކުން ބުނެފައިވާ ކަމަށެވެ. މި މަޝްވަރާތަކުގެ ތެރެއިން "ޑިމޮކްރެޓިކް ރިނިއުވަލް އިނީޝިއޭޓިވް" ގެ ނަމުގައި ޕްލޭނެއް އެކުލަވާލާފައިވާކަމަށްވެސް ބުނެފައިވެއެވެ.

މި ޕްލޭންގައި ހިމެނެނީ ރައީސް މުޢިއްޒުގެ ޕާޓީގެ މެންބަރުންވެސް ހިމެނޭ ގޮތަށް 40 މަޖިލިސް މެންބަރުންނަށް ރިޝްވަތު ދީގެން ރައީސް މުޢިއްޒުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ކަމަށް ދަ ޕޯސްޓުގައި ބުނެފައިވެއެވެ. މީގެ އިތުރުން، 10 އިސް ސިފައިންނާއި ފުލުހުންނަށާއި، ބާރުގަދަ 3 ގޭންގަކަށް ފައިސާ ދީގެން ރައީސް މުޢިއްޒުގެ ވެރިކަން ވައްޓާލުމަށް މަގުފަހިކުރުމަށް ރޭވިކަމަށްވެސް ބުނެފައިވެއެވެ.

މި ޕްލޭން ތަންފީޒުކުރުމަށް 87 މިލިއަން ރުފިޔާ (6 މިލިއަން ޑޮލަރު) ބޭނުންވާނެކަމަށް ލަފާކޮށްފައިވާއިރު، މި ފައިސާ ހޯދާނީ އިންޑިޔާއިން ކަމަށް ދިވެހި ދެ އޮފިޝަލަކު ބުނެފައިވާކަމަށް ވޮޝިންގްޓަން ޕޯސްޓުން ހާމަކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.