އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ތިންވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ސަން
ހަބަރު
31 Dec 2024 | 11:51
ޕީއެޗްޑީ ހިމެނޭހެން ހަންގޭރީގައި ކިޔެވުމަށް 25 ސްކޮލަރޝިޕް ފުރުޞަތު

ޕީއެޗްޑީ ހިމެނޭހެން ހަންގޭރީގައި ކިޔެވުމަށް 25 ސްކޮލަރޝިޕަކަށް އެދުމުގެ ފުރުޞަތު މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މަތީ ތަޢުލީމާބެހޭ ވުޒާރާއިން ކުރި އިއުލާނެއްގައި ވާގޮތުން، މި ސްކޮލަރޝިޕްތަކުގައި ކިޔެވޭނީ ހަންގޭރީގެ ޔުނިވަރސިޓީތަކުން ކަމަށެވެ.

މި ސްކޮލަރޝިޕްގެ ދަށުން ބެޗްލަރސް ޑިގްރީއަށް ކިޔެވުމަށް 8 ފުރުޞަތާއި މާސްޓަރސް ޑިގްރީއަށް ކިޔެވުމަށް 14 ފުރުޞަތާއި ޕީއެޗްޑީއަށް ކިިޔެވުމަށް 3 ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާކަމަށް އިއުލާނުގައިވެއެވެ.

އަދި މި ސްކޮލަރޝިޕްތަކުގައި ކޮންމެ ދަރިވަރަކަށްވެސް ހުށައެޅޭނީ ފުލްޓައިމް އެއް ޕްރޮގްރާމަށްކަމަށްވާއިރު، ސްކޮލަރޝިޕްގައި ކިޔެވުމަށް އެދި ހުށައަޅާ ދަރިވަރުން ވުޒާރާއިން ޝޯޓްލިސްޓުކޮށް، ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުން ކަނޑައަޅާނީ ސްކޮލަރޝިޕްދޭ ފަރާތުންކަމަށް މަތީ ތަޢުލީމާބެހޭ ވުޒާރާގެ އިއުލާނުގައިވެއެވެ.

މި ސްކޮލަރޝިޕްތަކުގެ ދަށުން ދެކޮޅު ޓިކެޓާއި ވިސާގެ ޚަރަދު މަތީ ތަޢުލީމާބެހޭ ވުޒާރާއިން ހަމަޖައްސައިދޭނެ ކަމަށާ، ކޯސް ފީއާއި ޓިޔުޝަން ފީއާއި މެޑިކަލް އިންޝުއަރެންސްގެ އިތުރުން ދިރިއުޅުމުގެ ޚަރަދުން ބައެއް ސްކޮލަރޝިޕްދޭ ފަރާތުން ހަމަޖައްސައިދޭނެ ކަމަށް އިއުލާނުގައިވެއެވެ.

މި ސްކޮލަރޝިޕްތަކުގެ ދަށުން ކިޔެވޭނެ ދާއިރާތަކާއި، ސްކޯލަރޝިޕްތަކަށް އެދުމުގެ ޝަރުތުތައް، މަތީ ތައުލީމާ ބެހޭ ވުޒާރާގެ އިއުލާނުގައި ހިމަނާފައިވެއެވެ.

ސްކޮލަރޝިޕަށް އެދި މަތީ ތަޢުލީމާބެހޭ ވުޒާރާގެ މައި އެޑިޔު ޕޯޓަލް މެދުވެރިކޮށް ހުށައެޅޭނެ ކަމަށާ ހުށައެޅުންތައް ބަލައިގަތުމުގެ ސުންގަޑިއަކީ މި ފެށޭ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ 14:00 ކަމަށްވެސް އިއުލާނުގައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން