އެމްއެންޔޫގެ ދަނާލު-- ފޮޓޯ: އެމްއެންޔޫ
ހަބަރު
31 Dec 2024 | 12:29
ދަނާލު މަޝްރޫއު ކުރިއަށްގެންދާ ރަށްތަކުން މިހާރު ވަނީ ބިން ހަމަޖެހިފައި: މަތީ ތައުލީމާއި ބެހޭ ވުޒާރާ

ދަނާލު މަޝްރޫއު ކުރިއަށްގެންދާ ރަށްތަކުން މިހާރު ބިން ހަމަޖެހިފައިވާކަމަށް މަތީ ތަޢުލީމާ މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ކުރިއަށް އޮތް 5 އަހަރު ތެރޭގައި ރ. ދުވާފަރު، ރ. ހުޅުދުއްފާރު، ގއ. ވިލިނގިލި އަދި ފުވައްމުލައް ސިޓީގައި ދަނާލު އަޅަން ސަރުކާރުން ނިންމާފައިވާއިރު، މިކަމާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް މައުލޫމާތުދެމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީއު ވިދާޅުވީ މި މަޝްރޫއު ކުރިއަށްގެންދާ ރަށްތައް ކަނޑައަޅާފައިވަނީ އެކަމަށް އެދިފައިވާ ރަށްތައް ބަލައިގެންކަމަށެވެ.

ޝަފީއު ވިދާޅުވީ، މާބޮޑެތި އިމާރާތްތަކެއް ހެދުމުގެ ވިސްނުން ނެތްކަމަށާއި، އިމާރާތްތައް އެޅުމުގައި  އެ ރަށެއްގެ ކުޑަބޮޑު މިނާއި، އެ ސަރަޙައްދަކުން ކުދިން އަންނާނެ ވަރަށް ބަލާނެ ކަމަށެވެ.

"އެކި ރަށްތަކުގައި މިހުރި އެކިވަރުގެ މަޝްރޫޢުތައް. އަޅުގަނޑުމެންގެ ވިސްނުމެއް ނެތް މާބޮޑެތި އިމާރާތްތަކެއް ހަދަން. އެ ރަށެއްގެ ކުޑަބޮޑު މިނާ އެ ސަރަޙައްދަކުން ކުދިން އަންނާނެ ވަރަކަށް ބަލައިގެން ކުރިއަށް ގެންދިޔުން. ކިޔަވައިދޭނެ ވަޞީލަތްތައް، ކޮޓަރިތަކާއި ކްލާސްރޫމްގެ ގޮތުގައި ބެނުންކުރެވޭނެ ތަންތަން ޤައިމްކުރާނެ." 

ޝަފީއު ވިދާޅުވިއެވެ. 

ދަނާލުތައް ތަރައްޤީކުރުމަށް ބޭނުންވާ ބިންތައް ލިބިފައިވާކަން ފާހަގަކުރައްވާ ޝަފީއު ވިދާޅުވީ، މިފެށޭ އަހަރު ދަނާލުތައް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށާނެކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.