އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް
ހަބަރު
31 Dec 2024 | 18:15
މިއަހަރަކީ އިސްލާމިކް މިނިސްޓްރީއަށް ހުރިހާ ގޮތަކުންވެސް ކާމިޔާބު އަހަރެއް: ޝަހީމް

މިހިނގާ އަހަރަކީ ހުރިހާގޮތަކުން ބެލިނަމަވެސް، އިސްލާމިކް މިނިސްޓްރީއަށް ވަރަށް ކާމިޔާބު އަހަރެއްކަމަށް، އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީގެ އަންނަ އަހަރުގެ އެކްޝަން ޕްލޭނާއި، އެކްޓިވިޓީ ކަލަންޑަރު، ރިސާލަތު ޕްރޮގްރާމް 2025، އަދި ނަމާދު މަތިވެރިކުރުމުގެ ޕްރޮގްރާމް ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައިވާ ގޮތުގެ މަތިން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ މަތިކުރެވިފައިވާ ވަރަށް ގިނަ ކަންކަން ހާސިލްކުރެވިފައިވާކަމަށެވެ. އެގޮތުން މިސްކިތްތަކާބެހޭ ޤައުމީ މަޖިލީސް އުފެއްދުމާއި، ޒަކާތަށް ޚާއްސަ އިދާރާއެއް ޤާއިމްކުރުންފަދަ ކަންކަން ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި އަހަރަކީ އިސްލާމިކް މިނިސްޓްރީއަށް ހުރިހާ ގޮތަކުންވެސް ކާމިޔާބު އަހަރެއްކަމަށެވެ. އެގޮތުން އަހަރަކީ ތާރީޚުގައި ޒަކާތު ފަންޑަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބިގެންދިޔަ އަހަރަށްވާއިރު ގިނަ އަދަދަކަށް ޤުރްއާން ހިތުދަސްކުރި ޙާފިޒުން ނެރެވުނު އަހަރެއްކަމާއި އަދި ދިވެހިރާއްޖޭގެ ތާރީޚުގައި އިސްލާމީ ގޮތުން ފާހަގަކުރެވޭ މުހިންމު މަސައްކަތަކެއް ކުރެވުނު އަހަރެއްކަމަށް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީގެ އަންނަ އަހަރުގެ އެކްޝަން ޕްލޭން އިފްތިތާހުކުރުމުގެ ތެރެއިން..

މިކަމާ ގުޅިގެން އެ ވުޒާރާގެ މުއައްޒަފުންނަށް ޝުކުރު އަދާކުރައްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މި ކަންކަން މިކުރެވެނީ ރާއްޖޭގެ އިސްލާމްދީނުގެ ކަންކަން ހަރުދަނާކޮށް ކުރެވިގެން މިދަނީ، އިސްލާމީ އަޤީދާ ފަތުރައި، އިސްލާމްދީނުގެ މައްޗަށް ދިވެހި އުންމަތް އާރާސްތުކުރުންކަމަށާއި މިކަންކުރުމުގައި ދިވެހި ރައްޔިތުންނާއި ރާއްޖޭގެ މީޑިއާއިން ކުރެއްވި އަދި ކުރައްވަމުންދާ މަސައްކަތްތަކުން ކަމަށެވެ. 

އިސްލާމިކް މިނިސްޓްރީގެ އަންނަ އަހަރުގެ އެކްޝަން ޕްލޭން އިފްތިތާހުކުރުމުގެ ތެރެއިން..

އަންނަ އަހަރަށް ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރެއިން ވަގުފް ބިލްޑިންގތައް އާރާސްކުރެވި ޒަކާތު ހައުސްގެ ބިލްޑިންގ އެޅި ވަރަށް އައު ކަންތައްތަކެއްގެ ތެރެއަށް އިސްލާމީ ވުޒާރާ ވަދެގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތްތައް މިކުރެވެނީ އެކުވެރިކަމާއެކު ރާއްޖޭގެ އިލްމުވެރިންނާއި އިސްލާމީ ޖަމްޢިއްޔާތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އިމާމުންނާއި ހުރިހާ ކައުންސިލްތަކުން ގުޅިގެން ކުރެވުނު މަސައްކަތްތައް ކަމަށްވާތީ އެފަރާތްތަކަށްވެސް ޝުކުރު އަދާކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.