އިންޑިއާއިން އުދުއްސާލި ސްޕެޑެކްސް.. ފޮޓޯ: އޭއެފްޕީ
ހަބަރު
31 Dec 2024 | 19:53
އިންޑިއާއިން އަނެއްކާވެސް ޖައްވީ އާ ކުރިއެރުމެއް ހޯދައިފި

ޖައްވުގައި ސްޕޭސްކްރާފްޓް ޑޮކްކުރުމުގެ ގާބިލްކަން ހޯދުމުގެ އަމާޒުގައި އިންޑިއާއިން އަނެއްކާވެސް އާ މިޝަންއެއް އުދުއްސާލައިފިއެވެ.

ސްޕޭސް ޑޮކިންގ އެކްސްޕެރިމެންޓް (ސްޕެޑެކްސް)ގެ ނަން ދީފައިވާ މި މިޝަންގައި ދެ ޖައްވީ އުޅަނދު އިންޑިއާއިން ބޭނުންކުރާނެއެވެ. މި ދެ އުޅަނދާއެކު އިންޑިއަން ސްޕޭސް ރިސަރޗް އޯގަނައިޒޭޝަން (އިސްރޯ)ގެ ޕީ.އެސް.އެލް.ވީ ރޮކެޓު އުދުއްސާލާފައިވަނީ އަންދްރަޕްރަދޭޝްގެ ސަތިޝް ސަވާން ސްޕޭސް ސްޓޭޝަނުން މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ސްޕޭސް ޑޮކިންގ ގާބިލްކަން ލިބިފައިވަނީ މިހާތަނަށް 3 ގައުމަކަށެވެ. އިންޑިއާ ވެގެންދާނީ މި ޓެކްނޮލޮޖީ ހޯދާ 4 ވަނަ ގައުމަށެވެ. ޖައްވީ ރޭހުގައި ކުރި ހޯދައި، އިންޑިއާއިން ކުރިއަށް ރާވާފައިވާ މިޝަންތަކަށް މި ޓެކްނޮލޮޖީއަކީ މުހިއްމު ޓެކްނޮލޮޖީއެކެވެ. އެގޮތުން އިންޑިއާގެ ސެޓެލައިޓްތައް ޖައްވުގައި މަރާމާތުކުރުމާއި، އިންޑިއާއިން ޕްލޭންކޮށްފައިވާ ޖައްވީ ސްޓޭޝަންގެ މަސައްކަތްތަކަށް މިއީ މުހިއްމު ކުރިއެރުމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ