އެމްއެމްއޭ
ހަބަރު
01 Jan 2025 | 09:21
ބޭންކްތަކަށް ޑޮލަރު މާރުކުރަން، މިއަދުން ފެށިގެން ލާޒިމްވާނެ

ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުމަށް ޓޫރިސްޓް ވިޔަފާރިތަކަށް ލާޒިމްވާގޮތަށް ވުޖޫދަށް ގެނައި ޤާނޫނަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.

ޓޫރިސްޓް ހިދުމަތްދޭ ކުންފުނިތަކުން ބޭންކަށް ޑޮލަރު މާރުކުރެވޭގޮތަށް އުސޫލްތަކެއް ކަނޑައަޅައި ބޭރުފައިސާ މާރުކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ، މިދިޔަ ޑިސެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ. އެ ބިލަށް ރައްޔިތުންނާއި ކަމާ ގުޅުންހުރި މުއައްސަސާތަކުގެ ހިޔާލަށް ހުޅުވާލިއިރު، މަޖިލީހުން އެ ބިލް ފާސްކޮށްފައިވަނީ ތިން ވަނަ ދައުރުގެ 60 ވަނަ ޖަލްސާއިންނެވެ.

ބިލް ފާސްކުރިއިރު، ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އުސޫލަށް ލުޔެއް ދިނުމުގެ ގޮތުން ލިބޭ އާމްދަނީން 20 އިންސައްތަ މާރުކުރެވޭ ގޮތަށްވަނީ އުސޫލު ބަދަލުކޮށްފައެވެ. ބިލްގައި ކުރިން އޮތްގޮތުން ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަށް 500 ޑޮލަރު ބޭންކު މެދުވެރިކޮށް މާރުކުރަން ޖެހެއެވެ. އެކަން އެގޮތަށް އޮތުމުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބޮޑެތި ވިޔަފާރިތަކުން ވަނީ ފާޑުކިޔައި، އެކަން އެގޮތަށް ކުރެވެން ނެތްކަމަށް ބުނެފައެވެ.

ބޭރުފައިސާ އާ ބެހޭބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައިވަނީ ޑިސެމްބަރުމަހުގެ 14 ވަނަ ދުވަހެވެ.

ބިލްގައި ފާހަގަކޮށްލެވޭ މުހިއްމު ކަންކަމުގެ ތެރޭގައި:

- ދިވެހިރާއްޖެއިން ދިވެއްސަކު ހޯދާ މުދަލާއި ޚިދުމަތްތަކަށް ބޭރު ފައިސާއިން އަގު އަދާކުރަން ލާޒިމެއް ނުކުރެވޭނެ. 

- އަހަރެއްގެ ތެރޭގައި ވިހި މިލިއަން އެމެރިކާ ޑޮލަރަށް ވާ އަދަދަށް ބޭރު ފައިސާ ލިބޭ ވިޔަފާރިތައް އެ ފަރާތްތަކަށް ލިބޭ ބޭރުފައިސާގެ އާމްދަނީ ރާއްޖޭގެ ބޭންކު އެކައުންޓަކަށް ޖަމާކުރުން.

- ޓޫރިސްޓު ހޮޓާތައް (50 އަށް ވުރެ ގިނަ ވިޔަސް މަދުވިޔަސް މީހުން ދިރިއުޅޭ ރަށެއްގައި ހުންނަ)އާއި ޓޫރިސްޓު އުޅަނދުތައް ކެޓަގަރީ ބީ އަށް ބަދަލުކުރުން.

- އަހަރެއްގެ ތެރޭގައި މަދުވެގެން 20 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީ ލިބޭ ފަރާތްތަކުން ބޭރުފައިސާގެ އާމްދަނީން %25 އަށް ވުރެ ބޮޑުނުވާ ގޮތަށް އޮތޯރިޓީން ހަދާ ގަވާއިދެއްގެ ތެރެއިން މާރުކުރަންޖެހުން.

- ބޭރުފައިސާ މާރުކުރުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި 24 ގަޑިއިރު ހޭދަނުކުރާ ފަތުރުވެރިންނާއި، އަހަރުން ދަށުގެ ކުދިންގެ އިތުރުން ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީކޮށް ތިބޭ ފަރާތްތައް ހިމެނުން.

- މީގެ އިތުރުން ދިވެހިރާއްޖެއިން ބޭރުގައި ރަޖިސްޓަރީ ކޮށްފައިވާ ޓޫރިސްޓު އުޅަނދުތައް ގާނޫނުން އިސްތިސްނާކުރުން.

ބޭރުފައިސާ މާރުކުރުމުގެ ޤާނޫނެއް އައުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބިގެންދާނެ ކަމަށެވެ. މިއާއެކު ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ މި ގާނޫނާއެކު ރައްޔިތުންނަޝާއި ވިޔަފާރިތަކަށް އިތުރު ހެޔޮ ބަދަލުތައް އަންނާނޭކަމަށެވެ.

ރައީސް މުޢިއްޒު ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި:

1. 2025 ޖުލައި މަހުން ފެށިގެން، ސަރުކާރުން ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރެވުން.

2. 2026 ގެ ފުރަތަމަ ކުއާޓަރގައި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު ދެގުނަކޮށް 1000 ޑޮލަރަށް ޑޮލަރަށް އިތުރުކުރެވުން.

3. 2026 ގެ ފުރަތަމަ ކުއާޓަރގައި، ކްރެޑިޓް ކާޑު ލިމިޓްތައް ބޮޑުކޮށްދިނުން.

4. 2025 ޖުލައި މަހުން ފެށިގެން، ދިވެހި ވިޔަފާރިވެރިންނަށް ތަކެތި އިމްޕޯޓްކުރުމުގެ ގޮތުން ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރެވުން.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ