ރަސްމާލެ ހިއްކުމުގެ ތެރެއިން.. ފޮޓޯ: އެޗްޑީސީ
ހަބަރު
05 Jan 2025 | 20:39
އިތުރު ޑްރެޖަރުތައް ގެނެސް ރަސްމާލެ ހިއްކުން އަވަސްކުރަނީ

އިތުރު ޑްރެޖަރުތައް ގެނެސް ރަސްމާލެ ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގުޅިއަށް ވަޑައިގެން މިއަދު އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، މާލެ ކައިރީ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ރަސްމާލެ މަޝްރޫޢުވެގެންދާނީ، އެއް ސަރަހައްދަކުން ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހައްލު ލިބިގެންދާނޭ އަހަރުކަމަށެވެ. ރައީސް ވިދާޅުވީ ރަސްމާލެ ސަރަހައްދު ވެގެންދާނީ އެއް ފަސްގަނޑެއްގައި އެންމެގިނަ މީހުން ދިރިއުޅޭނެ މަޝްރޫޢުއަށްކަމަށެވެ.

ރައީސް ވިދާޅުވީ ރަސްމާލެ މަޝްރުޢުގެ ބިންހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އިތުރު ޑްރެޖަރުތައް ގެނެސްގެން ރަސްމާލެ މަޝްރޫޢުގެ މަސައްކަތް އަވަސްކުރަމުން އަންނަ ކަމަށެވެ. ރައީސް ވިދާޅުވީ އިތުރު ޑްރެޖަރުތައް ގެނައުމާއެކު ރަސްމާލެ ހިއްކުމުގެ މަޝްރޫޢު ތިންގުނަ އަވަސްވެގެން ދާނޭކަމަށެވެ.

މިކަމަކީ އަޅުގަނޑުމެން ވަރަށް ޔަގީންކަމާއެކީގައި ދެކޭކަމެއް. މިއީ މާލެ ސަރަހައްދުގެ އިތުރުން މުޅި ރާއްޖޭގެ އެންމެނަށް ފައިދާކުރާނެ މަޝްރޫއަކަށް ވެގެންދާނެ

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ

ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި ތަފާތު އެކި ސަބަބުތައް މެދުވެރިވެގެން ރަސްމާލެ މަޝްރޫޢުގެ މަސައްކަތް އެންމެ އެދެވޭގޮތަށް ކުރިއަށް ގޮސްފައިނުވާކަމަށެވެ. އެހެން އެވީ ވާރުތަވި އިގްތިސާދީ މައްސަލަތަކުގެ ތެރެއިން ކަންކަން ހައްލުކުރަމުންދިޔައިރު ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުންކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އޭރު ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް މިހާރު އެކަމުން އަރައިގަނެ، މަޝްރޫޢުތަކުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ. ރައީސް ވިދާޅުވީ ރަސްމާލެ މަޝްރޫޢު ވެގެންދާނީ ބޯހިޔާވަހިކަމުގެ އިތުރުންވެސް، އިގްތިސާދީ އެކިއެކި ފަހި ފުރުސަތުތައް ތަނަވަސްވެގެންދާނެ މަޝްރޫޢުއަކަށް ކަމަށެވެ.

 ރަސްމާލެ ހިއްކުމުގެ މަސައްކަތް 12 ސަރަހައްދަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރު، އޭރިއާ "ޖޭ" ގައި ހިއްކަންޖެހޭ ސަރަހައްދު އެއްކޮށް ހިއްކާ ނިމިފައިވާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެއީ 29 ހެކްޓަރުގެ ސަރަހައްދެކެވެ. 

ރަސްމާލެ ހިއްކުމުގެ މަސައްކަތް މި ދޭތެރެއިން ހުއްޓިފައިވަނީ، ވެލި ލިބުމުގައި ހުރި ދަތިތަކާ ގުޅިގެން ނަމަވެސް، ރަސްމާލެ މަޝްރޫޢުއާ ގުޅޭ އެހެން މަސައްކަތްތައް ހުއްޓިފައި ނުވާކަމަށް އިމާރާތްކުރުމާ ބެހޭ ވަޒީރު މުއްތަލިބް ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ފުށިދިއްގަރުފަޅު ހިއްކައިގެން ރަސްމާލެ ތަރައްގީ ކުރުމުގެ މަޝްރޫއަކީ މި ސަރުކާރުން ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އިއުލާނުކުރި އެންމެ ބޮޑު މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން 1200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާ 11900 އަށްވުރެ ގިނަ ގޯއްޗާއި 26000 ފްލެޓު ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.