ހުކުރުދުވަހު މާލެއަށް ކުރި ވިއްސާރާގައި މަގެއްގައި ފެންބޮޑުވެފައި.. ފޮޓޯ: ވޮއިސް
ހަބަރު
05 Jan 2025 | 21:09
ފެންބޮޑުވުމާ ގުޅިގެން ގެއްލުންވި ތަންތަނުގެ ތެރެއިން 92 ގޭގެ އެސެސްމަންޓް ހަދައި ނިމިއްޖެ: އެންޑީއެމްއޭ

މިދިޔަ ހުކުރުދުވަހު މާލެއަށްކުރި ވިއްސާރާގައި ފެންބޮޑުވެ، ގެއްލުންލިބުނު ތަންތަނުގެ ތެރެއިން 92 ގޭގެ އެސެސްމަންޓް ހަދައި ނިމިފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

މިމަހުގެ 3 ވަނަ ދުވަހު މާލެއަށް ކުރި ވިއްސާރާގައި މިފަހަކަށް އައިސް ފެންބޮޑު ނުވާވަރަށް މަގުތަކުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. މިކަމާ ގުޅޭގޮތުން އެންޑީއެމްއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ވިއްސާރައާއި ގުޅިގެން ޑެމޭޖް އެސެސްމަން ހަދަން ޖެހޭކަމަށް 137 ތަން ފާހަގަކުރެވުނު ކަމަށެވެ. ޑިޒާސްޓާއިން ބުނީ އޭގެ ތެރެއިން 92 ގޭގެ އެސެސްމަންޓް ވަނީ ނިމިފައެވެ. އަދި އެކި ސަބަބުތަކާއި ހެދި ނުނިމި ހުރި 45 ގޭގެ އެސެސްމަންޓް މާދަމާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ޑިޒާސްޓާއިން ބުންޏެވެ.

މިކަމާ ގުޅޭގޮތުން މިރޭ ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ޑިޒާސްޓާ އޮފީހުގެ ޗީފް އެގްޒެކްޓިވް ހިސާން ހަސަން ވިދާޅުވީ ހުކުރުދުވަހު ކުރި ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮންޖެހުންތައް ކުރިމަތިވިކަމަށެވެ. މިގޮތުން ފެންބޮޑުވެފައި އޮތުމުން އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތުރުކުރި ވެހިކަލަށް ދަތުރުކުރުމުގައި ދަތިތަކާ ކުރިމަތިވިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ހިސާން ވިދާޅުވީ ބެލެވޭގޮތުގައި ގެއްލުންވި ގެތަކުގެ އެސަސްމަންޓް ހެދުމުގެ މަސައްކަތް ނިމޭއިރު، ގެއްލުންވި ގެތަކުގެ އަދަދު އިތުރުވުން އެކަށީގެންވާކަމަށެވެ. އެއީ އެސަސްމަންޓް ހެދުމަށް ގެތަކަށް ޒިޔާރަތްކުރާއިރު ކައިރީގައި ހުންނަ ގެތަކުގެ ހާލަތުވެސް ދެނެގަންނާނޭކަމަށް ހިސާން ވިދާޅުވިއެވެ.

މާލެއަށް ކުރި ވިއްސާރައާގުޅިގެން 226 މީހުންނަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. ވިއްސާރައިގެ ސަބަބުން ފެންބޮޑުވެގެން އެކި އެކި އެހީތަކަށް އެދި 774 އަށްވުރެ ގިނަ ތަްތަނުން ރިޕޯޓްކޮށްފައިވާއިރު، މީގެ ތެރެއިން 554 ތަންތަނުން ވެލިބަސްތާ ޖެހުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން އާއްމު ދިރިއުޅުމަށް ހުރަސްއެޅޭ ހާލަތަށްދިޔަ 36 ގޭބީސީގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިން ފޯރުކޮށްދީފައިވާކަމަށްވެސް ޑިޒާސްޓާ އޮފީހުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.