މޫސުން ގޯސްވެލާފައި.. ފޮޓޯ: ވޮއިސް
ހަބަރު
05 Jan 2025 | 21:43
ށ.އަތޮޅުން ފެށިގެން ޅ.އަތޮޅަށް ޔެލޯ އެލާޓް ނެރެފި

ށ.އަތޮޅުން ފެށިގެން ޅ.އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން ބުނީ، މިރޭގެ 21:00 އިން ފެށިގެން ދަންވަރު 01:00 އާ ހަމަޔަށް ށ.އަތޮޅުން ފެށިގެން ޅ.އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވާކަމަށެވެ. މެޓް އޮފީހުން ބުނީ ޔެލޯ އެލާޓް ނެރެފައިވާ ގަޑިތަކުގައި ބޯކޮށް ވާރޭވެހުމާއެކު، ގުގުރާނޭކަމަށް ލަފާކުރެވޭކަމަށެވެ. 

މެޓް އޮފީހުން ވަނީ މިރޭ 19:15 އިން ފެށިގެން 23:00 އާ ހަމަޔަށް ރ.އަތޮޅަށްވެސް ޔެލޯ އެލާޓް ނެރެފައެވެ. މޫސުމާ ބެހޭ އިދާރާއިން ބުނީ ރ.އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވާ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރައި، އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނޭކަމަށް ލަފާކުރެވޭކަމަށެވެ.

މިދިޔަ ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ކުރި ވިއްސާރާގައި ރާއްޖޭގެ ބައެއް ރަށްތަކަށް ވަނީ ފެންބޮޑުވެ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. ފެންބޮޑުވުމުގެ އިތުރުން ބައެއް ރަށްރަށަށް އުދަ އަރައިގެންވެސް ވަނީ ގެއްލުންތައް ލިބިފައެވެ.

މިފަހުން ކުރި ވިއްސާރާގައި އެންމެބޮޑު ގެއްލުމެއް މިފަހަރު ލިބުނު ރަށްތަކުގެ ތެރޭގައި ނަރުދޫ، ނިލަންދޫ، ކ.ގުރައިދޫ އަދި މަގޫދޫ ހިމެނެއެވެ. މީގެ އިތުރުން ހުކުރުދުވަހު ކުރި ވިއްސާރާގައި ފެންބޮޑުވެ، މާލޭގެ ބައެއް ގޭތަކަށްވެސް ވަނީ ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ