ލޭ އެޕާއި އެހީ ޖަމިއްޔާއާއި ދެމެދު ފަހުމުނާމާގައި ސޮއިކުރުން--
ހަބަރު
06 Jan 2025 | 09:48
ލޭ ހޯދުމުގެ ދަތިތަކަށް ޒަމާނީ ހައްލެއް ހޯދުމަށް ލޭ އެޕާއި އެހީ ޖަމިއްޔާ ގުޅިގެން މަސައްކަތްކުރަނީ

ލޭ ހޯދުމުގެ ދަތިތަކަށް ޒަމާނީ ހައްލެއް ހޯދުމަށް ލޭ އެޕާއި އެހީ ޖަމިއްޔާ ގުޅިގެން މަސައްކަތްކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އެ ފަރާތުން ބުނީ، 4 ޖަނަވަރީ 2025 ގައި ސޮއިކުރި މި ފަހުމުނާމާ އަކީ އިމަޖެންސީ ހާލަތްތަކުގައި އަދި ގަވާއިދުން ލޭ އަޅަންޖެހޭ ފަރާތްތަކަށް ބޭނުންވާ ލޭ ރައްކާތެރި އަދި ދެމެހެއްޓިނިވި ނިޒާމެއްގެ ދަށުން ލިބޭނެ މަގުފަހިކޮށްދިނުމަށާއި، ލޭ ހަދިޔާ ކުރުމާއި ގުޅޭގޮތުން ޢާންމުން ހޭލުންތެރިކޮށް ލޭ ހަދިޔާ ކުރާ މީހުންގެ އަދަދު އިތުރުކުރުމަށް މަސައްކަތްކުރުމަށްޓަކައި ސޮއިކޮށްފައިވާ ފަހުމުނާމާއެއްކަމަށެވެ.

މިގޮތުން މި ފަހުމުނާމާގެ މަގްސަދުތަކުގެ ތެރޭގައި:

1) އެހީ ޖަމިއްޔާގެ ފަރާތުން ކުރަމުންދާ އެކިއެކި މަސައްކަތްތަކުން ލިބިފައިވާ ތަޖުރިބާގެ އަލީގައި، ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ހިންގުމާއި އަދި ކެމްޕޭނުތައް އެންމެ އެދެވިގެންވާ ގޮތެއްގައި ހިންގުމަށް ލޭ އެޕަށް ދެވޭނެ އެހީތެރިކަން ފޯރުކޮށްދިނުން.

2) ލޭ އެޕުގައި ޑޯނަރުން ރަޖިސްޓަރކޮށް އަދި އާންމުންގެ އެއްބާރުލުން މި ޕްރޮޖެކްޓަށް ހޯދައިދިނުމަށް އެހީ ޖަމިއްޔާގެ ފަރާތުން މަސައްކަތްކޮށްދިނުން.

3) އެހީ ޖަމިއްޔާގެ ފަރާތުން ލޭ އެޕު ދެމެހެއްޓެނިވިގޮތެއްގައި ހިންގުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

4) އެހީ ޖަމިއްޔާ އާއި ލޭ އެޕު ގުޅިގެން ލޭ ހަދިޔާކުރުމަށް ބާއްވާ ކޭމްޕުތަކާއި އަދި އާންމުން ހޭލުންތެރިކުރުމަށް އިވެންޓުތައް ބޭއްވުމަށް އަދި ކޮންޓެންޓު ތައްޔާރުކުރުމަށް މަސައްކަތްކުރުން.

5) އެހީ ޖަމިއްޔާ އަދި ލޭ އެޕު ގުޅިގެން ލޭ ހަދިޔާކުރުން އަދި ލޭ ހަދިޔާކުރާ ފަރާތްތައް އިތުރުކުރުމާގުޅޭ ގޮތުން މިހާރު ހުރި ގޮންޖެހުންތަކާއި އަދި ސިއްޙީ ނިޒާމުގެ ތެރޭގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް އެކުގައި އަޑުއުފުލާ މަސައްކަތްކުރުން.

ލޭ އެޕު މަސައްކަތް ކުރަނީ ކިހިނެއް؟

1) ގޫގުލް ޕްލޭސްޓޯރ އަދި އެޕަލް އެޕްސްޓޯރ މެދުވެރިކޮށް ލޭ އެޕް ޑައުންލޯޑް ކުރެވޭނެއެވެ.

ޕްލޭސްޓޯރ ލިންކު:

https://play.google.com/store/apps/details?id=com.hrdnc.ley&hl=en

އެޕަލް އެޕްސްޓޯރ ލިންކު:

https://apps.apple.com/mv/app/ley-app/id6474908620

2)  ލޭ ހޯދަން ފަސޭހަކަމާއެކު ލޭ އެޕުގައި 'ނިއު ރިކުއެސްޓް' އަށް ގޮސް ފޯމު ފުރާލުމުން ރިކުއެސްޓު ކުރެވޭނެއެވެ. ރިކުއެސްޓެއް ކުރުމުން ލޭ އެޕުގައި ރަޖިސްޓަރކޮށްފައިވާ ޑޯނަރުންގެ ތެރެއިން ހޯދަން އެދޭ ލޭގެ ބާވަތާއި ދިމާވާ އަދި މިވަގުތު ލޭ ދެވޭނެ ހުރިހާ ޑޯނަރުންނަށް ލޭ ހޯދަން އެދޭ ކަމުގެ ނޮޓިފިކޭޝަން ފޮނުވަދޭނެއެވެ.

3)  މިގޮތަށް ކުރާ ހުރިހާ ރިކުއެސްޓެއް ލޭ އެޕުގެ 'ރިކުއެސްޓު' ޓެބުން އާންމުކޮށް ފެނިގެންދާނެއެވެ.

4)  ޑޯނަރުން ލޭ ހަދިޔާކުރަން ބޭނުންވާނަމަ، ލޭ ހޯދަން އެދި ކޮށްފައިވާ ރިކުއެސްޓެއްގެ 'ޑޯނޭޓު' ފިތަށް ފިތާލުމުން ލޭ ހޯދަން އެދުނު ފަރާތަށް ޑޯނަރު ލޭ ދޭން އެދޭ ކަމުގެ ނޮޓިފިކޭޝަން އަދި ޑޯނަރުގެ ކޮންޓެކްޓު މަޢުލޫމާތު ލޭ އެޕުން ފޮނުވާލަދޭނެއެވެ.

5)  ލޭ ހޯދަން އެދުނު ފަރާތުން 'މައި ރިކުއެސްޓު' ޓެބަށް ގޮސް އެފަރާތުން ކޮށްފައިވާ ރިކުއެސްޓުގެ 'އޮފާރސް' ފިތަށް ފިތާލުމުން ލޭ ދޭން އެދުނު ޑޯނަރުންގެ ކޮންޓެކްޓު މަޢުލޫމާތުތައް ލިސްޓެއްގެ ގޮތުގައި ފެނިގެންދާނެއެވެ. އެތަނުން ޑޯނަރުންނަށް އެންމެ ފިތަކަށް ފިތާލުމުން މެސެޖު ނުވަތަ ކޯލުގެ ޒަރިއްޔާއިން ގުޅުވައިދެވޭނެއެވެ.

ޑޯނަރުންގެ ޕަރސަނަލް އިންފޮމޭޝަން ރައްކާތެރިކޮށްދީ އަދި ލޭ ހޯދަން އެދޭ ފަރާތްތަކާއި ލޭ ހަދިޔާކުރަން ތައްޔާރަށް ތިބި ފަރާތްތައް ސީދާ ގުޅުވައިދިނުމަށްޓަކައި މި އެޕްގައި ޑޯނަރުންގެ މަޢުލޫމާތުތައް ލިސްޓެއްގެ ގޮތުގައި އާންމުކޮށްފައި ނުބަހައްޓާއިރު، ލޭ އެޕުގައި ޤަވާއިދުން ލޭ އަޅަންޖެހޭ ފަރާތްތަކުން އެ ފަރާތްތަކުން މިހާރު ގެންގުޅޭ ޑޯނަރ ޕޫލް ފަސޭހަކަމާއެކު މެނޭޖުކޮށް، އެފަރާތްތަކުގެ ސިއްޙީ ހާލަތު މޮނިޓަރ ކުރުމަށް އެހީތެރިވެދީ، އަދި ޓްރާންސްފިއުޝަން ރިކޯޑު ބަލަހައްޓައިދިނުމަށް އެހީތެރިވެދޭ ޙާއްސަ ފީޗަރސްތަކެއް އެކުލެވިގެން ވެއެވެ.

ޤަވާއިދުން ލޭ އަޅަންޖެހޭ ފަރާތްތަކަށް ލޭ އެޕުން ފޯރުކޮށްދޭ ޚިދުމަތްތައް ތަރައްޤީކުރުމަށް މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ (އެމްޓީއެސް) އާއިއެކު ލޭ އެޕުން ފަހުމުނާމާއެއްގައި ސޮއިކޮށް، ދެފަރާތުން އެކުގައި މަސައްކަތް ކުރިއަށް ގެންދަން ވަނީ ފަށާފައެވެ. 

ހަމައެއާއިއެކު، މީގެ ކުރިން ޑޯނަރުން ލޭ ހަދިޔާކުރުމަށްފަހު އަލުން ލޭ ދެވެންދެން ލޭ ހޯދުމަށް އެދި ފޯނުކޯލާއި މެސެޖުތައް ލިބެމުން ދިއުމަކީ އާންމުކަމެއް ނަމަވެސް، ލޭ އެޕުގައި ޑޯނަރުން ލޭ ހަދިޔާކުރުމަށްފަހު ލޭ ދިން ތާރީޚު އަދި ބާވަތް (ހޯލް ބްލަޑް 90 ދުވަސް ނުވަތަ އެފެރެސިސް 120 ދުވަސް) އަޕްޑޭޓުކޮށްލުމުން، ދެން ލޭ ދެވޭނެ ތާރީޚަކީ ކޮބާކަން ބުނެދީ، މި ތާރީޚާއި ޖެހެންދެން އެއްވެސް ނޮޓިފިކޭޝަނެއް ނުފޮނުވާނެއެވެ. އަދި ލޭ ދެވެން ފެށުމުން އަލުން ނޮޓިފިކޭޝަން ލިބެން ފަށާނެއެވެ.  

ލޭ އެޕުގައި ލޭ ނުދެވޭ ހާލަތެއް މެދުވެރިވެއްޖެނަމަ (މިސާލަކަށް: ވަގުތީ ގޮތުން ބޭހެއް ކާތީ ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ލޭ ނުދެވޭ ފަރާތްތައް) ޑޯނަރ ސްޓޭޓަސް ވަގުތީ ގޮތުން އޮފް ކޮށްލެވޭ ގޮތަށް ފަރުމާ ކުރެވިފައިވާއިރު، މީގެ ސަބަބުން ލޭ ނުދެވޭ ހާލަތްތަކުގައި ލޭ ހަދިޔާކުރާ ފަރާތްތަކަށް ވަގުތީ ގޮތުން ނޮޓިފިކޭޝަންތަކެއް ނުލިބޭނެއެވެ. މި މުއްދަތު ހަމަވުމުން އަލުން ނޮޓިފިކޭޝަން ލިބެން ފަށާނެއެވެ. 

ލޭ އެޕުގައި ކުރާ ރިކުއެސްޓުތައް ފަސޭހަކަމާއެކު މެސެޖެއްގެ ގޮތުގައި ނުވަތަ ރިކުއެސްޓު ކާޑެއް (ފޮޓޯ) ގެ ގޮތުގައި ލޭ އެޕުން ބޭރަށް ޝެއަރ ކޮށްލެވޭނެއެވެ. މިގޮތަށް ހެދުމުން މިހާރު މީސްމީޑިއާގައި ހަރަކާތްތެރިވާ ގްރޫޕުތަކަށް ފަސޭހަކަމާއެކު ރިކުއެސްޓު ޝެއަރ ކޮށްލެވޭނެއެވެ. 

މި އެޕުގައި 'ކޮމިއުނިޓީ' ޓެބަށް ގޮސް ފަސޭހަކަމާއެކު އެކުގައި މަސައްކަތްކުރާ މީހުންނާއެކު، އާއިލާ އާއިއެކު، ނުވަތަ ރައްޓެހިންނާއިއެކު ކޮމިއުނިޓީ ހެދުމުގެ މަގު ފަހިކޮށްދީފައިވާއިރު، ކޮމިއުނިޓީ ފީޗަރގެ ބޭނުމަކީ، ލޭ ހޯދަންޖެހޭ ވަގުތެއްގައި ކޮމިއުނިޓީގެ ތެރެއިން ލޭގެ ބާވަތުން ފަސޭހަކަމާއެކު ފިލްޓަރ ކޮށް، މިހާރު ލޭ ދެވޭނެ އަދި ކައިރި މުސްތަޤްބަލެއްގައި ލޭ ދެވޭނީ ކާކުކަން ކޮމިއުނިޓީގެ ބައިވެރިންނަށް ރައްކާތެރިކަމާއި ފަސޭހަކަމާއެކު ދައްކާދިނުމެވެ.

ކޮމިއުނިޓީ އަށް ވަދެވޭނީ ޕްރައިވެޓް ކޯޑެއް މެދުވެރިކޮށް ކަމުގައިވާތީވެ، މިއީ ބޭނުންކުރަން ވަރަށް ރައްކާތެރި ފީޗަރ އެކެވެ. އާންމުންނަށް ކޮމިއުނިޓީގައި ބައިވެރިވުމަށް ހުޅުވާލަން ބޭނުންވާނަމަ، ކޮމިއުނިޓީގެ ކޯޑު އާންމުނާއި ޙިއްސާކޮށް ގިނަ މީހުންނާއެކު ކޮމިއުނިޓީ ހެދުމުގެ ފުރުޞަތު ވަނީ ހުޅުވިފައެވެ.  

ދިވެހި ޒުވާނުންތަކެއް އިސްނަގައިގެން ލޭ ހޯދުމުގައި މިހާރު ދިމާވާ ދަތިތަކަށް ޓެކްނޮލޮޖީގެ އެހީގައި ޒަމާނީ ހައްލެއް ހޯދައިދީ، ލޭ ހޯދަން އެދޭ ފަރާތްތައް، ލޭ ހަދިޔާކުރާ ފަރާތްތައް، އަދި ޤަވާއިދުން ލޭ އަޅަންޖެހޭ ފަރާތްތަކަށް އެއް ޕްލެޓްފޯމެއް މެދުވެރިކޮށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް ތައްޔާރުކޮށްދީފައިވާ ލޭ އެޕު ލޯންޗުކޮށްދީފައިވަނީ 11 ޖުލައި 2024 ވަނަ ތާރީޚުގައި ޞިއްޙީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި އޭރުގެ ޞިއްޙީ ވަޒީރު ޑރ. ޢަބްދުالله ހަލީލު އެވެ.

އެއާއިއެކު، ދިވެހިރާއްޖޭގެ ޞިއްޙީ ވުޒާރާ އަދި މޯލްޑިވިއަން ބްލަޑް ސަރވިސަސް (ތެލަސީމިއާ ސެންޓަރ) އިން ރަސްމީކޮށް ވަނީ 11 ޖުލައި 2024 ވަނަ ތާރީޚުގައި ޚިދުމަތް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ލޭ އެޕާއިއެކު ސޮއިކޮށްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.