ކްރިމިނަލް ކޯޓު-- ފޮޓޯ: ވޮއިސް
ހަބަރު
06 Jan 2025 | 11:28
ކުރިއަރ މެދުވެރިކޮށް މަސްތުވާތަކެތި ގެނައި މީހަކު 22 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ކުރިއަރ މެދުވެރިކޮށް މަސްތުވާތަކެތި ގެނައި މީހަކު 22 އަހަރަށް ޖަލަށް ލުމާއިއެކު ޖޫރިމަނާގެ ގޮތުގައި 1 ލައްކަ ރުފިޔާ ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ސ. ހިތަދޫ، ޖިބްރޯލްޓާ، ޝަރުވާން ސަލީމްގެ މައްޗަށެވެ.

މީނާގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ 2022 ވަނަ އަހަރުގެ މާޗް މަހުގެ 2 ވަނަ ދުވަހު ފެޑެކްސްގެ ކުރިއަރ ސާވިސް މެދުވެރިކޮށް ގެނެސްފައިވާ ފޮށިގަނޑެއްގައި ރައްކާކޮށްފައިވާ އެއްޗަކާމެދު ޝައްކުކުރެވިގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނުގައި ފޮށިގަނޑުން  989.1 ގްރާމުގެ މެފެޑްރޯން ފެނުމާއި ގުޅިގެންނެވެ.

ރާއްޖެއަށް އައި ފްލައި ދުބާއީގެ ފްލައިޓުން، ކ.މާލެ، ގ.ޑްރޫޕް އަޙްމަދު ރާޝިދުގެ ނަމުގައި ގެނައި އެ ފޮށިގަނޑާއި ޝަރުވާން ހަވާލުވެފައި ވާއިރު، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އެ ފޮށިގަނޑު ފުލުހުންނާ ހަވާލުކޮށްފައިވަނީ ފޮށިގަނޑު ސްކޭން ކުރިއިރު، އެ ފޮށިގަނޑުގެ އެކްސްރޭ އިމޭޖް ހުރިގޮތުން، އެ ފޮށިގަނޑުގައި ކޮންމެވެސް އެއްޗެއް ރައްކާކޮށްފައި ހުރިކަމަށް ޝައްކުކުރެވިގެންނެވެ.

މި މައްސަލައާއި ގުޅިގެން ދައުލަތުން ބުނީ، އެ ފޮށިގަނޑާހަވާލުވާން އަންނަ މީހެއް ހޯދުމަށް އެމަހުގެ 9 ވަނަ ދުވަހު ކ.މާލެ، މއ.ބޮޑުދަހަރާގޭގައި ހިންގަމުންދާ ފެޑެކްސް އޮފީހުގައި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް، މ.އޭޑީރީޑް، މުހައްމަދު ޝިޔާހް އަލީ ފެޑެކްސް އޮފީހަށް ގޮސް އެ ފޮށިގަނޑާ ހަވާލުވެފައިވާކަމަށް

އެ ފޮށިގަނޑު ހިފައިގެން އެ ދުވަހުގެ 10:10 ހާއިރު ދަނިކޮށް، ފުލުހުން ޝިޔާހް ހުއްޓުވައި، ފޮށިގަނޑާ ބެހޭ ގޮތުން ސުވާލުކުރުމުން، އެއީ ވަނަމަކަށް "ސަނާ" ކިޔާ މީހަކު ބުނެގެން ނަގައިދިން ފޮށިގަނޑެއް ކަމަށް އޭނާ ބުނެފައިވާކަމަށާއި، އެވަގުތު ޝިޔާހްގެ ފޯނުން ވަނަމަކަށް "ސަނާ" ކިޔާ މީހާގެ ފޯނަށް ގުޅާ ފޮށިގަނޑު ލިބިއްޖެ ކަމަށް ބުނުމުން، ފޮށިގަނޑު ބަލައި ހުޅުމާލެއިން މާލެ މިދަނީ ކަމަށް "ސަނާ" ބުނެފައިވާކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ.

ކ.މާލެ ފާށަނާކިލެގެފާނު މަގުގައި ހުންނަ ކޮލީގް މާޓް ގުދަން ކައިރީގައި ފުލުހުންނާއެކު ޝިޔާހް ގޮސް ހުއްޓާ ޝަރުވާނު ފޮށިގަނޑު ބަލާއައިސް އެ ހިފައިގެން ސައިކަލު ދުއްވާލި ވަގުތު، ފުލުހުން އޭނާ ހުއްޓުވައި، އެ ދެ މީހުންގެ ހާޒިރުގައި ފުލުހުން އެ ފޮށިގަނޑު ބަލައި ފާސްކުރިއިރު، އެ ފޮށިގަނޑުގެ އަރިމަތީގައި ކޮންސީލްކޮށްފައި އޮތް 02 ރަބަރު ޕެކެޓުގައި 989.1ގްރާމް މެފެޑްރޯން ހުރިކަމަށް އެ ތަކެތީގެ ތަހްލީލް ރިޕޯޓުން ދައްކާތީ އެ ތަކެތި ޓްރެފިކްކުރުމުގައި އޭނާ އަމަލީ ގޮތުން ހަރަކާތްތެރިވެފައިވާ ކަަމަށް ވަނީ ތުހުމަތުކޮށްފައެވެ.

އެއާއިއެކު، އިފްތިތާހީ ބަޔާން ހުށަހެޅުމަށް ޝަރުވާންއަށް ފުރުސަތު ދިނުމުން އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. މިގޮތުން އޭނާ ބުނީ،  ދައުވާގައި ބުނާ ފަދަ ކުށުގެ އަމަލެއް ހިންގާފައި ނުވާނެކަމަށާއި، ދައުވާގައި ބުނާ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމުގައި އަމަލީ ގޮތެއްގައި އެއްވެސް ސިފައެއްގައި ބައިވެރިވެފައި ނުވާނެކަމަށެވެ. މިއާއިއެކު،ގެނެވުނު ކަމަށް ބުނާ މަސްތުވާތަކެތި ހުރިކަމަށް ބުނާ ފޮށިގަނޑާއި ޕެކޭޖް ނުވަތަ އެމަސްތުވާތަކެތި ގެނައުމުގައި އެއްވެސް މޯޓިވްއެއްނެތް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އެހެންނަމަވެސް، ޝަރުވާންގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުވެފައިވާއިރު، މި މައްސަލައިގެ ހާދިސާއަށް ބަލާއިރު، މަސްތުވާތަކެތި އިންތިޒާމީ ގޮތެއްގައި ވިއްކައި، ފައިސާގެ މުއާމަލާތްތަކެއް ހިންގައިފައިވާކަން އެނގެން ނެތުމާއި، ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް ހިންގައިފައިވާކަން އަދި އޭނާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާކަން އެނގެން ނެތުމުން، ޖޫރިމަނާކުރުމަށް ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަދުން ޖޫރިމަނާ ކުރުމަށް މައްސަލަ ބެއްލެވި ގާޒީ ވަނީ ނިންމަވާފައެވެ.

މިއާއިއެކު، ޝަރުވާން ގެ މައްޗަށް ހުކުމް ކުރުމާއި ހަމައަށް ބަންދުގައި ހުރި މުއްދަތު އުނިކޮށް އޭނާގެ މައްޗަށް ވަނީ 22 އަހަރާއި 2 މަހާއި 3 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. މިއާއިއެކު 1 ލައްކަ ރުފިޔާއިން އޭނާ ޖޫރިމަނާކޮށް އެ ރުފިޔާ 1 އަހަރުގެ ތެރޭގައި ދެއްކުމަށް ވެސް ވަނީ ހުކުމްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.