މޯލްޑިވިއަނުން މިއަދު ގެނައި އައު އެއާބަސް ވައިޑްބޮޑީ ބޯޓް..
ހަބަރު
06 Jan 2025 | 15:48
މޯލްޑިވިއަންގެ އުދުހުންތަކުގައި ބޭނުންކުރުމަށް އެއާބަސް މަރުކާގެ ވައިޑްބޮޑީ ބޯޓު ރާއްޖެ ގެނެސްފި

ޤައުމީ އެއާލައިން މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރުމަށް އެއާބަސް މަރުކާގެ ވައިޑްބޮޑީ މަތިންދާބޯޓު ރާއްޖެ ގެނެސްފިއެވެ. 

އެއާބަސް މަރުކާގެ އޭ-330 މި ބޯޓް ރާއްޖެ އައިސްފައިވަނީ ސިންގަޕޫރުންނެވެ. ބޯޓަށް މަރުހަބާކިއުމުގެ ގޮތުން ވޯޓާ ސެލިއުޓެއް ދީފައިވާއިރު، މޯލްޑިވިއަންގެ ފްލީޓަށް އިތުރުވި މި ބޯޓަށް މަރުހަބާކިއުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ. 

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ، އެއާބަސް މަރުކާގެ ވައިޑް ބޮޑީ ދެ ބޯޓު ގެނައުމަކީ ރިޔާސީ ވައުދެއްކަމަށާއި، މިކަމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނޭކަމަށެވެ. 

މިއީ ރާއްޖޭގެ އިޤްތިސާދު ކުރިއެރުވުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ވަރަށް މުހިއްމު ފެށުމެއް

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، މިއަދަކީ ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ތާރީހުގައި ފާހަގަކޮށްލެވޭ ދުވަހެއްކަމަށެވެ. މިނިސްޓަރު ވިދާޅުވީ މި ގަރުނާ ކުރިމަތިލީއިރު، ރާއްޖޭގެ ޤައުމީ އެއާލައިން އޮތީ ވަރަށް ހާލުގައިކަމަށާއި، އޭގެ ފަހުން މޯލްޑިވިއަންގެ ނަމަށް ރީބްރޭންޑް ކުރިނަމަވެސް ދުރު މަންޒިލަށް ދަތުރުކުރުމުގެ ކާމިޔާބީ ހާސިލްވެފައި ނެތްކަމަށެވެ.

ނަމަވެސް މިއަދު މިގެނައި އެއާބަސް ވައިޑް ބޮޑީ މަތިންދާބޯޓާއެކު ދުރުމަންޒިލްތަކަށް މޯލްޑިވިއަންގެ އުދުހުންތައް ބޭއްވުމުގެ ގާބިލްކަން ލިބިގެންދާނޭކަމަށް މިނިސްޓަރު އަމީން ފާހަގަކުރެއްވިއެވެ.

ޓޫރިޒަމް ތަރައްޤީކުރަން ބޭނުންވާނަމަ، އޭވިއޭޝަން ދާއިރާ ތަރައްޤީނުކޮށް އެކަންކުރުމަކީ ވަރަށް ދަތިކަމެއް. އޭ-330 އުދުހުންތައް ފެށިގެންދިއުމާއެކު މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ ދަތުރުތައް އިތުރުވެ، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެގެންދާނެ

އަމީން ވިދާޅުވިއެވެ

އަމީން ވިދާޅުވީ އައު ބޯޓާއެކު ފްރިކުއެންސީ އިތުރުވެ، ގިނަ ދޮރުތަކެއް ހުޅުވި އޭގެފައިދާ ޤައުމަށް ލިބިގެންދާނޭކަމަށެވެ.

މޯލްޑިވިއަނުން މިއަދު ގެނައި އެއާބަސް މަރުކާގެ އޭ-330 މި ބޯޓަކީ 264 މީހުންގެ ޖާގައިގެ ބޯޓެކެވެ. ބޯޓު ހޯދުމުގެ ހުރިހާކަމެއް އައިލެންޑް އޭވިއޭޝަނުގެ ދިވެހި މުއައްޒަފުން ކުރިއިރު، ބޯޓު ޕެއިންޓްކުރުމާ ގުޅޭ ކަންކަން ކުރީ ސިންގަޕޫރުގައެވެ. ވީއައިއޭއަށް މިއަދު ޖެއްސި މި ބޯޓުގެ ޕައިލެޓުންނަށްވެސް ތިބީ ދިވެހިންނެވެ.

އައިލެންޑް އޭވިއޭޝަނުން ބޯޓު ގެނެސްފައިވަނީ ދުރު މަންޒިލްތަކަށް ދަތުރުތައް ކުރުމަށެވެ. މޯލްޑިވިއަނުން ވަނީ މި ބޯޓުން 7 މަންޒިލަކަށް ދަތުރުތައް ފެށުމަށް ނިންމާފައެވެ. މިގޮތުން ބޯޓް ދަތުރުތައް އެންމެ އަވަހަށް ފަށާނީ ޗައިނާގެ ސިޓީތަކަށްކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފައެވެ. އެއީ ބެއިޖިން، ޗެންދޫ އަދި ޝަންހާއީ އަށެވެ. އެކުންފުނިން ވަނީ މޯލްޑިވިއަންގެ އުދުހުންތަކުގައި ބޭނުންކުރުމަށް އެއާބަސް މަރުކާގެ އިތުރު ވައިޑްބޮޑީ ބޯޓެއްވެސް ގެނައުމަށް ނިންމާފައެވެ.

އައިލެންށް އޭވިއޭޝަންގެ މޯލްޑިވިއަން ފްލީޓުގައި މިހާރު 24 ބޯޓު އެބައޮތެވެ. މީގެ ތެރޭގައި އޭޓީއާރުގެ 4 ބޯޓާއި އެއާބަސް އޭ320 ބޯޓެއްގެ އިތުރުން ޑޭޝް މަރުކާގެ ބޯޓުތައް ހިމެނެއެވެ.

މޯލްޑިވިއަނުން ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ ދަތުރުތައް ފަށާފައިވަނީ 2001 ވަނަ އަހަރެވެ. މޯލްޑިވިއަނުން މިހާރު އަހަރެއްގެ ތެރޭގައި 29 މަންޒިލަށް ދަތުރުތައް ކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.