މޯލްޑިވިއަންގެ އުދުހުންތަކުގައި ބޭނުންކުރަމުން އަންނަ ބޯޓުތަކެއް... ފޮޓޯ: އައިއޭއެސް
ހަބަރު
06 Jan 2025 | 20:09
އައިލެންޑް އޭވިއޭޝަން ދަރަނިވެރިވީ ކުންފުނި މެނޭޖުކުރަން ނޭނގުމުން: އަމީން

އައިލެންޑް އޭވިއޭޝަނަށް މާލީ ބޮޑެތި މައްސަލަތަކާ ކުރިމަތިވެ، ކުންފުނި ދަރަނިވެރިވީ އެންމެފަހުން ކުންފުނި ހިންގި މީހުނަށް މެނޭޖުކުރަން ނޭނގުމުންކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަންގެ އުދުހުންތަކުގފައި ބޭނުންކުރުމަށް މިއަދު އެއާބަސް ވައިޑް ބޮޑީ ބޯޓު ގެނައުން ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އަދި އޭވިއޭޝަން ދާއިރާގައި 26 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ކެޕްޓަން މުހައްމަދު އަމީން ވިދާޅުވީ، 2018 ވަނަ އަހަރު އައިލެންޑް އޭވިއޭޝަނަކީ 2.8 ބިލިއަން ރުފިޔާގެ ހަރުމުދާ ހުރި ކުންފުންޏެއް ކަމަށާއި، އެ އަހަރު ގާތްގަނޑަކަށް 2 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާކަމަށެވެ. އަމީން ވިދާޅުވީ 2018 ވަނަ އަހަރު ކުންފުނީގެ ނެޓް ޕްރޮފިޓް 80 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، އެހާހިސާބަށް އާއިއރު ކުންފުންޏަކީ ދައުލަތަށް ޑިވިޑެންޑް ދައްކަމުން އައި ކުންފުންޏެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ 2023 ވަނަ އަހަަރު ނިމުނުއިރު އައިލެންޑް އޭވިއޭޝަން އޮތީ 2 ބިލިއަން ރުފިޔާއިން ދަރަނިވެރިވެފައި ކަމަށާއި،  ބައެއް މަންޒިލްތަކަށް ކުރަމުންއައި ދަތުރުތައްވެސް ހުއްޓުމަކަށް އައިސްފައިވާކަމަށެވެ. މީގެ އިތުރުން މޫދަށް ޖައްސާ ބޯޓުތަކުގެ ވަރަށްގިނަ ކޮންޓްރެކްޓްތައްވެސް ހުއްޓުމަކަށް އައިސްފައިވާކަމަށެވެ. މީގެ އިތުރުން 2013 ވަނަ އަހަރު މޯލްޑިވިއަނުން ޗައިނާއަށް ފެށިދަތުރުތައް ހުއްޓުމާއި، އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށް އޭރު ކުންފުނީގައި އޮތް އެންމެރަނގަޅު އެއާބަސް 321 މަރުކާގެ ބޯޓުވެސް އޮތީ ދޫކޮށްލާފައި ކަމަށެވެ.

ބޭނުންކުރަމުންދިޔަ ޑޭޝް8 މަރުކާގެ ބޯޓުތަކުގެ ތެރެއިން ސްޕެއާ ނަގަމުން ނަގަމުންގޮސް 2023 ވަނަ އަހަރު ނިމުނުއިރު 4 މަތިންދާބޯޓު ބޭނުންނުކުރެވޭ ހާލަތަށް އައިސް ބިންމައްޗަށް އޮތީ ދޫކޮށްލެވިފައި. ބެލުމެއްނެތި ގާތްގުޅުންހުރި ފަރާތްތަކަށް ކްރެޑިޓް ދޫކުރި

މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އައިލެންޑް އޭވިއޭޝަން ހިންގާފައިވަނީ ވަރަށް ދޯދިއާކޮށްކަން ފާހަގަކުރަމުން މިނިސްޓަރު އަމީން ވިދާޅުވީ، މިދިޔަ ސަރުކާރުން މިލިއަނުން މިލިއަނުން އުސޫލެއްނެތި ކުންފުނިން ދޫކޮށްފައިހުރި ކްރެޑިޓްތައް ކުންފުންޏަށް ހޯދޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ ރަނގަޅު މިސްރާބެއްގައި ހިންގަމުން އައި އައިލެންޑް އޭވިއޭޝަނަށް ދަރަނީގެ މައްސަލަތަކާ ކުރިމަތިލާން ޖެހުނީ މެނޭޖްކުރަން ނޭނގުމުންކަމަށެވެ. ކުންފުނީގެ ހަރުމުދާތައް ގެއްލި، ކުންފުނިން ކުރަމުން އައި ވިޔަފާރިތައް ގެއްލުމުގެ އަސްލަކީ މެނޭޖްކުރަން ނޭނގުންކަމަށް އަމީން ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.