އެންޑީއެމްއޭގެ މުއައްޒަފުން ގެތަކަށް ލިބުނު ގެއްލުން ވަޒަންކުރުމުގައި: ފޮޓޯ: އެންޑީއެމްއޭ
ހަބަރު
06 Jan 2025 | 22:05
މިހާތަނަށް 122 ގޭގެ އެސެސްމަންޓް ތައްޔާރުކޮށް ނިމިއްޖެ: އެންޑީއެމްއޭ

މިފަހުން މާލެއަށްކުރި ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން ގެތަކަށް ފެންވަދެ، ލިބުނު ގެއްލުންތައް ބެލުމަށް ކުރި މަސައްކަތުން މިހާތަނަށް 122 ގޭގެ އެސެސްމަންޓް ހަދައި ނިމިފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ ޖެނުއަރީމަހުގެ 3 ވަނަ ދުވަހު މާލެއަށްކުރި ވިއްސާރާގައި ޑެމޭޖް އެސެސްމަންޓް ހަދަންޖެހޭ ކަމަށް ފާހަގަ ކުރެވުނު 141 ގޭގެ ތެރެއިން 112 ގޭގެ އެސެސްމަންޓް މިހާތަނަށް ވަނީ ހަދާ ނިމިފައި ވާކަމަށެވެ. މީގެ ތެރެއިން 13 ގެއަކުން އެސެސްމަންޓް ހަދަން ބޭނުން ނުވާ ކަމަށް އަންގާފައިވާކަމަށް އެންޑިއެމްއޭއިން ބުންޏެވެ. އަދި އެކި ސަބަބުތަކާހެދި 16 ގެއެއްގެ އެސެސްމަންޓް ހަދައި ނުނިމެއެވެ.

އެސަސްމަންޓް ހެދުމުގައި ޑިޒާސްޓާ އޮފީހުގެ އިތުރުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވިލޮޕްމެންޓް އަދި ދިވެހި ރެޑްކްރެސެންޓުން ބައިވެރިވިއެވެ. އެގެތަކަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި އެންމެބޮޑަށް ފާހަގަކުރެވުނީ ގޭގައި ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުންތައްކަމަށް ޑިޒާސްޓާ އޮފީހުން ބުނެއެވެ.

މާލެއަށް ކުރި ވިއްސާރައާގުޅިގެން 226 މީހުންނަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. ވިއްސާރައިގެ ސަބަބުން ފެންބޮޑުވެގެން އެކި އެކި އެހީތަކަށް އެދި 774 އަށްވުރެ ގިނަ ތަްތަނުން ރިޕޯޓްކޮށްފައިވާއިރު، މީގެ ތެރެއިން 554 ތަންތަނުން ވެލިބަސްތާ ޖެހުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން އާއްމު ދިރިއުޅުމަށް ހުރަސްއެޅޭ ހާލަތަށްދިޔަ 36 ގޭބީސީގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިން ފޯރުކޮށްދީފައިވާކަމަށްވެސް ޑިޒާސްޓާ އޮފީހުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.