މޯލްޑިވިއަންގެ ވައިޑްބޮޑީ އެއަރކްރާފްޓްގެ ފުރަތަމަ ދަތުރުކުރާނީ މިމަހު 21 ގައި ޗައިނާގެ ޗެންޑޫއަށް
މޯލްޑިވިއަން އަށް އަލަށް ގެނައި ވައިޑްބޮޑީ އެއަރކްރާފްޓްގެ ފުރަތަމަ ދަތުރުކުރާނީ މިމަހު 21 ގައި ޗައިނާގެ ޗެންޑޫއަށްކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު، މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، މަތިންދާ ބޯޓެއް ގެނައުމަށްފަހު އޭގެ ދަތުރުތައް ފެށުމަށް ވަގުތުކޮޅެއް ނަގާނެކަމަށެވެ.
މިގޮތުން މީގެ 2 ދުވަސް ކުރީގައި އެހެން ގައުމެއްގައި ރަޖިސްޓްރޭޝަންގައި އޮއްވައި ރީ-ރަޖިސްޓްރީކޮށްފައި މިޤައުމަށް ރަޖިސްޓްރީކުރިކަން ފާހަގަކޮށް ވަޒީރު ވިދާޅުވީ، ބޯޓު އޮޕަރޭޓްކުރާ ކްރޫންވެސް އެ ބޯޓުގައި ހަދަންޖެހޭ ޓްރެއިނިންތަކާއި އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ހުންނާނެކަމަށެވެ.
އެއަށްފަހު ވައިޑް-ބޮޑީ މަތިންދާ ބޯޓު ފުރަތަމަ ޝެޑިއުލް ފްލައިޓް މިމަހުގެ 21 ވަނަ ދުވަހު ޗެންޑޫއަށް ދިޔުމަށް ހަމަޖެހިފައިވާކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.
"ފުރަތަމަ ޝެޑިއުލް ފްލައިޓް އިނީ މިމަހުގެ 21 ގައި ޗެންޑޫއަށް. މަތިންދާ ބޯޓެއް ގެނެސްފައި ވަގުތުކޮޅެއް ނަގާނެ. އެއީ މީގެ 2 ދުވަސް ކުރީގައި އެހެން ގައުމެއްގައި ރަޖިސްޓްރޭޝަންގައި އޮއްވައި ރީ-ރަޖިސްޓްރީކޮށްފައި މިޤައުމަށް ރަޖިސްޓްރީކުރީ. އަދި މި އޮޕަރޭޓްކުރާ ކްރޫންވެސް އެ ބޯޓުގައި ހަދަންޖެހޭ ޓްރެއިނިންތަކާއި ބައެއް ކަންތައްތައް ހުންނާނެ. އެޑްމިނިސްޓްރޭޓިވްލީ ކުރަންޖެހޭ ކަންތައްތައްވެސް"
ވަޒީރު އަމީން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ ދަށުން އިއްޔެ ގެނައި ވައިޑް-ބޮޑީ މަތިންދާ ބޯޓަކީ 264 މީހުންގެ ޖާގައިގެ އެއަރބަސް އޭ330ގެ 200 ވޭރިއަންޓްގެ މަތިންދާ ބޯޓެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists