ރައީސް ސޯލިހު ސަރުކާރުގެ ހާރިޖީ ވަޒީރޔ، ޢަބްދުﷲ ޝާހިދު
ހަބަރު
07 Jan 2025 | 14:30
ހާރިޖިއްޔާގެ 2022 އަހަރުގެ މާލީ މުއާމަލާތްތައް ވަރަށް ނަޒާހަތްތެރި: އޮޑިޓަރ

ދިވެހި ހާރިޖިއްޔާގެ 2022 ވަނަ އަހަރުގެ މާލީ މުއާމަލާތްތައް ކޮށްފައިވަނީ، މަސްއޫލިއްޔަތު އަދާކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކުގައި ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ސޮއިކުރައްވައި ނެރުއްވި 2022 ވަނަ އަހަރުގެ ދިވެހި ހާރިޖިއްޔާގެ މާލީ އޮޑިޓް ރިޕޯޓްގައި ވިދާޅުވެފައިވަނީ، އެއަހަރު ހާރިޖިއްޔާއަށް ލިބުނު ފައިސާ އާއި އެ ފައިސާއިން ކުރެވުނު ހަރަދުތައް ހުރީ އެކަންކުރަން އޮންނަ އެންމެ ފުރިހަމައަށް ކޮށްފައި ކަމަށެވެ. މިގޮތުން މާލީ އަހަރުގެ ނިޔަލަށް ބާކީ ހުރި ފައިސާ އަދި އެއަހަރަށް ފާސްކުރެވުނު ބަޖެޓާއި އެ ބަޖެޓުން ހޭދަކުރެވުނުގޮތް ތެދުވެރުކަމާއި އަމާނާތްތެރިކަމާއެކު ހަޤީޤަތާ އެއްގޮތަށް އަންގައިދީފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ދިވެހި ހާރިޖިއްޔާއިން 2022 ވަނަ އަހަރު ހަރަދުބަރަދުތައް ކޮށްފައިހުރީ، އިންޓަރނޭޝަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގ ސްޓޭންޑަށް (އިޕްސަސް) އާއެއްގޮތަށް ތައްޔާރުކޮށްފައި ކަމަށްވެސް އޮޑިޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ. 

ފޮރިން މިނިސްޓްރީގެ 2022 ވަނަ އަހަރުގެ މާލީ މުއާމަލާތްތަކުގައި އެއްވެސް މައްސަލައެއް ނެތްކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއިރު، ސަރުކާރުގެ އެހެން އިދާރާތަކާ ހިލާފަށް ހާރިޖިއްޔާގެ އޮޑިތަރ ޖެނެރަލް އެންމެފަހުން ކުރެއްވި އޮޑިޓްތަކުގައިވެސް ވަނީ އެ ވުޒާރާގެ މުއާމަލާތްތައް ރަނގަޅުކަމަށް ބުނެފައެވެ.

އޮޑިޓަރ ޖެނެރަލްގެ މި ރިޕޯޓާ ގުޅޭގޮތުން ޢަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ ދިވެހި ހާރިޖިއްޔާގެ މުއައްޒަފުންގެ ބުރަމަސައްކަތާއި ޕްރޮފެޝަނަލިޒަމް ކަމަށާއި، ހާރިޖިއްޔާގެ މުއައްޒަފުންނަށް ޝުކުރު އަދާކުރާކަމަށެވެ.

ދިވެހި ހާރިޖިއްޔާގެ މިނިސްޓަރުކަމުގެ މަގާމުގައި 2022 ވަނަ އަހަރު ހުންނެވީ، ޢަބްދުﷲ ޝާހިދެވެ. 

ކޮމެންޓް
ޏަމްޔަމް
ނިޔާޒީ އަކީ އަބްދުﷲ ޝާހިދު އާއި އާއިލީ ގޮތުން ގާތް ބޭފުޅެއް
07 Jan 2025
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.