ރޯލީމޭގެ ޕޯސްޓަރ
ރޯލީމޭގެ ޕޯސްޓަރ
ހަބަރު 16 Jan 2025 | 09:15

"ރޯލީމޭ"އަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް!

މީޑިއާނެޓް އެމްއެސްޓީވީގެ ވީޑިއޯ ކްލަބުން ދައްކަމުން އަންނަ އެންޓަޓެއިންމަންޓުން އުފެއްދި ވެބް ސީރީޒް "ރޯލީމޭ"އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

"ރޯލީމޭ" އަކީ ރާއްޖޭގެ އެންމެ ކާމިޔާބު އަދި މިހާރު އެންމެގިނަ ފިލްމު އުފެއްދުމުގެ ރެކޯޑް އޮންނަ ޕްރޮޑަކްޝަން ހައުސް ޑާކް ރެއިން އެންޓަޓެއިންމަންޓްއާ ގުޅިގެން މީޑިއާނެޓް އޮރިޖިނަލްސް ދަށުން، ގެނެސްދޭ ސީރީޒްއެކެވެ.

ރޯލީމޭގެ 4 ވަނަ އެޕިސޯޑް މިހާރު ދައްކަން ފަށާފައިވާއިރު، ސޯޝަލް މީޑިއާގައި މި ސީރީޒްއާ ގުޅޭގޮތުން ބެލުންތެރިން ފާޅުކޮށްފައިވާ ހިޔާލްތަކަށް ބަލާއިރު، ގިނަ މީހުންވަނީ ސީރީޒްގައި އެމީހުން ބޭނުންވިފަދަ ރަހަތަކެއް އެކުލެވިގެންވާކަމަށް ފާހަގަކޮށްފައެވެ. ޑާކްރެއިނުން މިހާތަނަށް ބެލުންތެރިންނާ ހަމަޔަށް ގެނެސްދިން ކޮންމެ އުފެއްދުމަކީވެސް ބެލުންތެރިން ބަލައިގަނެފައިވާ އުފެއްދުންތަކެކެވެ.

ރޯލީމޭއަށް ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުހީބާއެކު އެ ސީރީޒް މިހާރު އުޅެނީ، މީޑިއާނެޓް އެމްސްޓީވީގެ ވީޑިއޯ ކުލަބުގެ ޓްރެންޑިންގެ އެންމެ ކުރީގައެވެ

ރޯލީމޭ

ޑާކްރެއިނުން ގެނެސްދޭ މި ވެބްސީރީޒް ރޯލީމޭ އަކީ ޖުމްލަ 15 އެޕިސޯޑުގެ މައްޗަށް އެކުލެވިފައިވާ ސީރީޒްއެކެވެ. ރޯލީމޭގައި ފެނިގެންދަނީ ވަރަށް ގާތްކޮށް އުޅޭ ބަޔަކަށް އެމީހުންގެ ދިރިއުޅުމުގައި ދިމާވާ ޝައުގުވެރިކުރުވަނިވި ތަފާތު ހާދިސާތަކެވެ.

ރޯލީމޭގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެންދަނީ، އިތުރު ތައާރަފަކަށް ބޭނުންނުވާ ޝަރަފު އަބްދުﷲ، މަރިޔަމް މަޖުދާ (މަޖޫ) އެވެ. މި ފިލްމުގައި ޝަރަފް ފެނިގެންދަނީ ޑާކްރެއިނުން މިހާތަނަށް ގެނެސްދިން ފިލްމުތަކުގައި ފެނިގެންދާގޮތާ ތަފާތު ކެރެކްޓާއެއްގެ ގޮތުގައެވެ. ރޯލީމޭ ސީރީޒްގައި ދެން ފެނިގެންދާ، މޫސާ އަލީފް، ނުޒުހަތު ޝުއައިބް (ނުޒޫ) ގެ ރޯލްވެސް ވަކި ކުޑައެއް ނޫނެވެ. ސީރީޒްގައި ދެން ފެނިގެންދަނީ، ރޯނު ހަސަން މަނިކު، އައިމިނަތު ޝުހާ، އަދި ޝީލާ ނަޖީބެވެ.

ރޯލީމޭއަކީ ޝަހުދާ މަހުމޫދު ލިޔެ ތައްޔާރުކޮށްފައިވާ ސްކްރީންޕްލޭއަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ ސީރީޒްއެކެވެ. ޝަހުދާއަކީ ޑާކްރެއިނުން އެންމެފަހުން ސިނަމާއަށް ނެރުނު "ބިބީ" ގެ ލިޔެ ޑައިރެކްޓްކުރި ފަރާތެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންތިހާބުން އެނގިގެން ދިޔައީ ސަރުކާރުގެ މަސައްކަތްތައް ރައްޔިތުން އަގުވަޒަންކުރާކަން: ރައީސް ޑރ.މުއިއްޒު
31 Oct 2026 ހަބަރު

އިންތިހާބުން އެނގިގެން ދިޔައީ ސަރުކާރުގެ މަސައްކަތްތައް ރައްޔިތުން އަގުވަޒަންކުރާކަން: ރައީސް ޑރ.މުއިއްޒު

އެލްޖީއޭގެ ބޯޑަށް އިންތިޚާބުކުރާ މެންބަރުން ހޮވުމަށް މިއަދު ކުރިއަށްދިޔަ މި އިންތިޚާބު ކާމިޔާބުކޮށްފައިވަނީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންނެވެ. މި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ޚިދުމަތްތަކާއި ފުރުސަތުތައް ލާމަރުކަޒުކޮށްގެން ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުން ދިން ވަރުގަދަ ތާއީދެއް ކަމަށެވެ.

 އެލްޖީއޭގެ ބޯޑު އިންތިޚާބު ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއިން ކާމިޔާބުކޮށްފި
31 Oct 2026 ހަބަރު

އެލްޖީއޭގެ ބޯޑު އިންތިޚާބު ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއިން ކާމިޔާބުކޮށްފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ބަޔާންކުރާ ގޮތުން، އެލްޖީއޭގެ ބޯޑަށް ޖުމްލަ ތިން މެންބަރަކު އިންތިޚާބުކުރަން ޖެހެއެވެ. އެއީ ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރަކާއި، ރަށު ކައުންސިލްތަކުގެ މެންބަރުން ތަމްސީލުކުރާނެ މެންބަރެއްގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންގެ ތެރެއިން ހޮވާ މެންބަރެކެވެ.

އާންމު އުނދަގުލަކަށްވި ފައިރިޝް، އެންޑީއޭގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލައިފި
31 Oct 2026 ހަބަރު

އާންމު އުނދަގުލަކަށްވި ފައިރިޝް، އެންޑީއޭގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލައިފި

މި މައްސަލައާ ގުޅިގެން، ފިލައިގެން އުޅޭ ފައިރިޝް ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

އަމީނީ މަގުގެ ސެގްމަންޓް 3 ގެ މަސައްކަތް ނިންމައި މި ހަފުތާގައި ހުޅުވާލަނީ
31 Oct 2026 ހަބަރު

އަމީނީ މަގުގެ ސެގްމަންޓް 3 ގެ މަސައްކަތް ނިންމައި މި ހަފުތާގައި ހުޅުވާލަނީ

މި ސަރަޙައްދަކީ ޢިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ މަގުގެ ބައެވެ

އެމްޑަބްލިޔުއެސްސީގެ ސްޓާފް އެވޯޑް ނައިޓްގައި 109 މުވައްޒަފަކަށް އެވޯޑް ދީފި
31 Oct 2026 ހަބަރު

އެމްޑަބްލިޔުއެސްސީގެ ސްޓާފް އެވޯޑް ނައިޓްގައި 109 މުވައްޒަފަކަށް އެވޯޑް ދީފި

ސްޓާފް އެވޯޑް ހަފްލާގައި 12 ކެޓަގަރީއަކުން 40 މުވައްޒަފަކަށް އެވޯޑް ދިނުމާއެކު ދިގު މުއްދަތުގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން 69 މުވައްޒަފަކަށް ވަނީ ރިކޮގްނިޝަން އެވޯޑް ދީފައެވެ.

އެމްޓީސީސީ ހިއްސާގެ ފައިދާ މާދަމައިން ފެށިގެން ދޫކުރަނީ
31 Oct 2026 ހަބަރު

އެމްޓީސީސީ ހިއްސާގެ ފައިދާ މާދަމައިން ފެށިގެން ދޫކުރަނީ

އެމްޓީސީސީގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް މޫނުމަތީ އަގުގެ ފަސް ރުފިޔާގެ ކޮންމެ ހިއްސާއަކަށް 3 ރުފިޔާ ބެހުމަށް ވަނީ ފާސްކޮށްފައެވެ.

މަތީ ތަޢުލީމަކީ ހަމައެކަނި ފަންނީ ޢިލްމާއި ހުނަރު ލިބިގަތުން ނޫން، އެއީ އެ ޢިލްމުގެ ބޭނުންކޮށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދިނުން: ޑރ.ޝެހެނާޒް
31 Oct 2026 ހަބަރު

މަތީ ތަޢުލީމަކީ ހަމައެކަނި ފަންނީ ޢިލްމާއި ހުނަރު ލިބިގަތުން ނޫން، އެއީ އެ ޢިލްމުގެ ބޭނުންކޮށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދިނުން: ޑރ.ޝެހެނާޒް

އެމްއެންޔޫގެ ދެވަނަ ޓާމުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، ފެންވަރު ރަނގަޅު ތަޢުލީމާއި އަޚުލާޤީ ލީޑަރޝިޕާއި މުޖުތަމަޢަށް ޚިދުމަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅޫވާލައްވައި ވާހަކަފުޅު ދައްކަވަމުން ޑރ.ޝެހެނާޡް ވިދާޅުވީ، ލިބިފައިވާ ތަޢުލީމަކީ ހަމައެކަނި ޒާތީ ފައިދާއަށް ނޫން ކަމަށާއި، އެއީ މުޅި މުޖުތަމަޢަށް ޚިދުމަތްކުރުމަށް ވެވޭ ވަޢުދެއް ކަމަށެވެ. އަދި އެއީ ފާޑުކިޔުންތެރި ވިސްނުމާއި ހުޅުވާލެވިފައިވާ ސިކުނޑިއެއްގެ ބޭނުންތެރިކަމެއްކަން ފާހަގަކުރެއްވިއެވެ.

އަންނަ އަހަރު ނިމޭއިރު ރިޒާވްގައި 907.2 މިލިއަން ޑޮލަރު ހުންނާނޭކަމަށް އަންދާޒާކުރެވޭ: މާލީ ވަޒީރު
31 Oct 2026 ހަބަރު

އަންނަ އަހަރު ނިމޭއިރު ރިޒާވްގައި 907.2 މިލިއަން ޑޮލަރު ހުންނާނޭކަމަށް އަންދާޒާކުރެވޭ: މާލީ ވަޒީރު

ބަޖެޓް ހުށަހަޅުއްވަމުން ވަޒީރު ވިދާޅުވީ، އިޤްތިޞާދީ އިޞްލާޙީ ފިޔަވަޅުތަކާއެކު އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ރިޒާވް އެދެވޭ މިންވަރަކަށް އިތުރުވެގެންދާނެ ކަމަށެވެ.