ހެލްތު މިނިސްޓަރ ނާޒިމް: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
13 Feb 2025 | 11:05
ބޭހުގެ މައްސަލައަށް ވަރަށް އަވަހަށް އެދެވޭ ހައްލެއް ލިބޭނެ: ނާޒިމް

ބޭހުގެ މައްސަލައަށް ވަރަށް އަވަހަށް އެދެވޭ ހައްލެއް ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާޙީމް ވިދާޅުވެއްޖެ އެވެ.

އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި މިނިސްޓަރު ނާޒިމް ރޭ ވިދާޅުވީ ސިއްޙީ ނިޒާމުގެ ތެރެއިން ނާޖައިޒް ފައިދާ ނެގުން މަދުކުރުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު އެޅުއްވި އެންމެ މުހިންމު އެއް ފިޔަވަޅަކީ ބޭހުގެ އަގު ކޮންޓްރޯލް ކުރުން ކަމަށެވެ. 

ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އާސަންދަ ނިޒާމް އޮތީ ބިލިއަނުން ދަރާފަ. އެގޮތުގައި ތިބީމަ، ހަލާކުވަނީ ސިއްހީ ނިޒާމު އެކަންޏެއް ނޫން. މުޅި ގައުމުގެ އިގްތިޞާދު ފުނޑިގެން ދަނީ. ބޭރު ހޮސްޕިޓަލް ތަކަށް މި ގައުމުދަރާ، ގައުމުގެ އިގްތިޞާދަށް ނުކަތާވަރަށް އެ ފައިސާ ނަހަމަ ގޮތުގައި ހަރަދުކުރެވިގެންދާ މަންޒަރު އަޅުގަނޑުމެންނަށް މި ފެންނަނީ

މިނިސްޓަރު އަބްދުالله ނާޒިމް އިބްރާޙީމް 

މިއާއެކު ނާޒިމް ވިދާޅުވީ އާސަންދައަށް ކުރެވޭ ޚަރަދުގެ 60 އިންސައްތަ އަކީ ބޭހަށް ކުރެވޭ ޚަރަދު ކަމަށެވެ. އަދި ބޭސް ލިބޭ ނިޒާމު ރާއްޖޭގައި ހުރީ އެންމެ ރަނގަޅަށް ނޫން ކަމަށްވާއިރު ބޭހުގެ އަގުވެސް ހުރީ ރަނގަޅަށް ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން މި ސަރުކާރުން ބޭހުގެ އަގު ކޮންޓްރޯލް ކުރި ކަމަށާ، އެއާއެކު ބޭސް ލިބުމުގެ ދަތިތަކާ ކުރިމަތިލާން ޖެހުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

އެކަންތައްތައް ހައްލު ކުރުމަށް ކަމާގުޅޭ ހުރިހާ ފަރާތްތަކުން މަޝްވަރާކޮށް، ގޮންޖެހުންތަކުން އަރައިގަތުމުގެ މަސައްކަތް އެބަކުރަން. އިރާދަކުރެއްވިއްޔާ ނަތީޖާއަކަށް ވެގެންދާނީ، މިއަދު މިއޮތް ކުދި ކުދި އުނދަގޫ ތަކަށް ދާއިމީ ހައްލެއް އައުން. އިރާދަކުރެއްވިއްޔާ ބޭހުގެ މައްސަލައަށް އެދެވޭ ހައްލެއް އަވަހަށް ލިބިގެންދާނެ 

މިނިސްޓަރު އަބްދުالله ނާޒިމް އިބްރާޙީމް 

މީގެ އިތުރުން، ބޭހުގެ ނިޒާމު ގަނޑުބަނޑުކުރަން އަބަދުވެސް ބަޔަކު އުޅޭ ކަމަށާއި އެ ގޮތުން ސިޔާސީ ބޭނުމަށް މިފަދަ ކަންކަން ނުބައިކޮށް ފަތުރާ ބަޔަކު އުޅޭ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ