ފިތުރު ޒަކާތް އަންގާރަ ދުވަހުން ފެށިގެން ބަލައިގަންނާނެ

05 May 2019 | 11:59

އަންނަ އަންގާރަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ބަލައިގަތުމުގެ ކަންތައްތައް ކުރިއަށްދާާނެކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެގޮތުން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:15 އިން ފެށިގެން މެންދުރު 1 ޖަހަންދެން ޒަކާތް ބަަލައިގަތުމުގެ ކަންތައްތައް ކުރިއަށްދާނެއެވެ.

މާލޭގައި ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގައި ޤާއިމުކޮށްފައިވާ ކައުންޓަރުންތަކުންނެވެ. ވިލިމާލޭގައި ޒަކާތް ބަލައިގަންނަނީ ވިލިމާލޭގައި ހުންނަ ސިޓީ ކައުންސިލްގެ ޔުނިޓުންނެވެ. ހުޅުމާލޭގައި ނަމަ ޒަކާތް ބަލައިގަންނާނީ ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރުންނެވެ.

އަދި ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ އެ ރަށެއްގެ ރަށު ކައުންސިލުންކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

މާލޭ ވިލިމާލޭ އަދި ހުޅުމާލޭގައި ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު

- އާދައިގެ ހަނޑުލުންނަމަ 15 ރުފިޔާ

- ތައިލެންޑް ހުދު ހަނޑުލުންނަމަ 45 ރުފިޔާ

- ބާސްމަތީ ހަނޑުލުންނަމަ 95 ރުފިޔާ

- ރަތް ހަނޑުލުންނަމަ 75 ރުފިޔާ

- އާދައިގެ ފުށުންނަމަ 15 ރުފިޔާ

- އާޓާ ފުށުންނަމަ 60 ރުފިޔާ

ރަށްރަށުގައި ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު

- ޢާއްމުކޮށް ކާން ބޭނުންކުރި ގޮވާމުގެ ބާވަތްތަކުން 2.4ކިލޯ އަށް ވާ މިންވަރެވެ.

އަންނަ އަންގާރަދުވަހުން ފެށިގެން ރަމަޟާންމަހުގެ 29 ގެ ނިޔަލަށް ފިތުރު ޒަކާތް ބަލައިގަންނަމުން ގެންދާނެއެވެ.

Advertisement

ކޮމެންޓް