މޯލްޑިވިއަންގެ ސީޕްލޭނެއް.. ފޮޓޯ: ޕްލޭން ސްޕޮޓެރިން
ހަބަރު
31 Mar 2025 | 12:31
މޯލްޑިވިއަނުން ފުޅަދުއަށް ސީޕްލޭންގެ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ!

މޯލްޑިވިއަނުން ބ.އަތޮޅު ފުޅަދުއަށް ސީޕްލޭންގެ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މޯލްޑިވިއަނުން އަންނަނީ ޢީދު ބަންދާ ދިމާކޮށް ފުޅަދުއަށް ސީޕްލޭންގެ ދަތުރުތައް ބާއްވަމުންނެވެ. މި ދަތުރުތަކުގެ ތަރުހީބު ބޮޑުކަމަށް މޯލްޑިވިއަނުން ބުނެއެވެ. މޯލްޑިވިއަނުން ވަނީ އީދު ބަންދަށްފަހުވެސް އެ ހިސާބަށް ދަތުރުތައް ބޭއްވުމަށް ނިންމާފައެވެ.

ގެޒެޓްގައި ފުޅަދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެރަށަށް ސީޕްލޭން ދަތުރުތައް ފެށުމަށް ތައްޔާރުވުމުގެ ގޮތުން ދަތުރުތަކުގައި ބޭނުންކުރާނެ ފަސެންޖަރުންނާއި ދާގީނާތައް އުފުލުމަށް ކަނޑު އުޅަނދެއް ހޯދުމަށް އިއުލާނުކޮށްފައެވެ. އެ އުޅަނދު ބޭނުންކުރަނީ، ސީޕްލޭން ޕްލެޓްފޯމާއި ފުޅަދުއާ ދެމެދު ދަތުރުތައް ކުރުމަށެވެ. އެއީ ފަސެންޖަރުންނާއި ދާގީނާތައް އުފުލުމަށެވެ.

ފުޅަދޫ ކައުންސިލުން ބުނީ، އެ އުޅަނދު ވާންޖެހޭނީ 10 ފަސެންޖަރުންގެ އިތުރުން އެމީހުންގެ ދާގީނާތައް އުފުލޭވަރުގެ އުޅަނދަކަށެވެ. އަދި ވާރޭ ވެހޭ ދުވަހެއްނަމަ، ފަސެންޖަރުންނާއި ދާގީނާތައް ހިޔާވާން ޖެހެއެވެ. 

އެ އުޅަނދުގެ ދަތުރުތައް ކުރާނީ ހަމައެކަނި ދުވާލު ގަޑީގައެވެ. އުޅަނދު ފޯރުކޮށްދިނުމަށް އެދޭ ފަރާތްތަކުން އެކަމަށް ހުށަހަޅަންޖެހޭ އެންމެފަހު ތާރީހަކީ އަންނަ އޭޕްރިލްމަހުގެ 6 ވަނަ ދުވަހެވެ. 

ފުޅަދުއަކީ ލޯކަލް ޓޫރިޒަމް ވަރަށްބޮޑަށް ކުރިއަރަމުން އަންނަ ރަށެކެވެ. ފުޅަދުއަށް އަންނަ ލޯންޗުތަކުގައި މިހާރުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އެރަށަށް ޒިޔާރަތްކުރެއެވެ. ފުޅަދުއަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމަކީ އެ އެއާލައިނަށް ވިޔަފާރީގެ ގޮތުންވެސް ވަރަށްބޮޑެތި ފައިދާތަކެއް ލިބިގެންދާނޭ ކަމެއްކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

މޯލްޑިވިއަނުން އަންނަނީ ޢީދު ބަންދާ ދިމާކޮށްވެސް ފުލަދުއަށް ސީޕްލޭންގެ ދަތުރުތައް ބާއްވަމުންނެވެ. މި ދަތުރުތަކުގެ ތަރުހީބު ބޮޑުކަމަށް މޯލްޑިވިއަނުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.