ދިވެހި ހައްޖުވެރިން ހޮޓަލަށް ދިއުމުގައި.. ފޮޓޯ: ޝަކީލް
ހަބަރު
31 May 2025 | 11:20
ދިވެހި ހުރިހާ ހައްޖުވެރިން މިހާރު ތިބީ މައްކާގައި. ހައްޖުވެރިންގެ ހާލު ރަނގަޅު: ޝަކީލް

ދިވެހި ހުރިހާ ހައްޖުވެރިން މިހާރު ތިބީ މައްކާގައި ހައްޖުވެރިން ތިބުމަށް ހަމަޖެހިފައިވާ ހޮޓާތަކުގައިކަމަށް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ދިވެހި ހައްޖުވެރިންގެ ހާލަތާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަކީލް ވިދާޅުވީ ޖުމްލަ ގޮތެއްގައި ދިވެހި ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށެވެ. އެގޮތުން ޙައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ހައްޖު ކޮޕަރޭޝަންގެ ހަވާލުގައި ސައުދީއަރަބިއްޔާއަށް ޒިޔާރަތްކުރި ހުރިހާ ހައްޖުވެރިން މިހާރު ތިބީ މައްކާގައި ދިވެހި ހައްޖުވެރިން ތިބުމަށް ހަމަޖެހިފައިވާ ހޮޓަލުގައިކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖެއިން މިފަހަރު 1،000 މީޙުން ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާގައި ތިބިއިރު، އެމީހުންގެ ހުރިހާ އިންތިޒާމްތަކެއްވެސް ހަމަޖއްސާނީ ސަރުކާރުގެ ހައްޖު ކުންފުނި، ހައްޖު ކޯޕަރޭޝަނުންނެވެ. ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ދިޔަ ދިވެހިންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ވަނީ މިފަހަރު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން ކުރި އެންމެ މުހިއްމު މަސައްކަތަކީ މައްކާ ރޫޓް އިނީޝިއޭޓިވް ރާއްޖެއަށް ތައާރަފްކުރުމެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްގެ ސަބަބުން މިފަހަރު ދިވެހި ހައްޖުވެރިން ސައުދީއަށް ފުރީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އިމިގްރޭޝަން ތަތްގަނޑާއި ލަގެޖްތައް ޗެކްކޮށްގެންނެވެ. ނަތީޖާއަކަށްވީ ޖިއްދާގެ އެއާޕޯޓް އިމިގްރޭޝަން ކިއުގަ މަޑުކުރަން ނުޖެހި ސީދާ ހައްޖުވެރިން ތިބުމަށް ހަމަޖެހިފައިވާ ހޮޓާތަކަށް ދެވޭގޮތް ވުމެވެ. މިއީ އަދި ރައްޖޭގެ ހައްޖުވެރިންނަށް މުޅިން އަލަށް ލިބުނު ހިދުމަތެކެވެ.

މިފަހަރު ރާއްޖޭގެ ހައްޖުވެރިން މިނާގައި ތިބުމަށް ހަމަޖެހިފައިވާ ޓެންޓުތަކުގެ ފެންވަރުވެސް ވަނީ ވަރަށްބޮޑަށް ރަނގަޅުކޮށްފައެވެ. މިގެ އިތުރުން ދިވެހި ހައްޖުވެރިންނަށް ހާއްސަކޮށް ކްލިނިކެއްވެސް ވަނީ ގާއިމްކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.