ކުރީގެ ދާހިލީ ވަޒީރު އިމްރާން... ފޮޓޯ: ހޯމް މިނިސްޓްރީ
ހަބަރު
14 Jun 2025 | 09:46
ބަޔަކު ޑރ.އަބްދުލް މަޖީދު ޝަހީދުކޮށްލީކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާނު ވިދާޅުވެއްޖެ

ދީނީ އިލްމުވެރިޔާ ޑރ.އަބްދުލް މަޖީދު އަބްދުލްބާރީ އަވަހާރަވީ ކޮންމެވެސް ބަޔަކު ކުރިކަމެއްގެ ސަބަބުންކަމަށް ކުރީގެ ހޯމް މިނިސްޓަރު ސެއިހް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ އިމްރާން ވިދާޅުވީ، ޑރ ޢަބްދުލްމަޖީދުގެ ކުއްލި މަރާ ގުޅިގެން މިއޮތް ހުރިހާދުވަހު ހިތުގައި އުފެދިފައި އޮތް ޝައްކު މިހާރު ޔަގީންވާ ހިސާބައް އަތުވެއްޖެ ކަމަށެވެ. އެގޮތުން ޑރ.މަޖީދު ބަޔަކު ޝަހީދުކޮށްލީކަމަށް އިމްރާން ވިދާޅުވިއެވެ. 

ބަޔަކު ޑރ.މަޖީދު އަވަހާރަކޮށްލިކަމަށް އިމްރާނު ވިދާޅުވިނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ވިދާޅުވެފައެއް ނުވެއެވެ.

ކުރީ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އިމްރާން އަބްދުﷲ މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ، ބެންކޮކްގައެވެ. ޑރ.އަބްދުލް މަޖީދުގެ މަރާ ގުޅޭގޮތުން އިމްރާން ވާހަކަދައްކަވާފައިވާއިރު، އެމަނިކުފާނު ދާހިލީ ވަޒީރަކަށް ހުންނެވިއިރު، ޑރ.މަޖީދުގެ މަރާ ގުޅޭގޮތުން މިފަދަ ސީރިއަސް ވާހަކަތަކެއް ހާމަކުރައްވާފައެއް ނުވެއެވެ.

ޑރ.މަޖީދު އަވަހާރަވީ އަވައްޓެރި ސްރީލަންކާގައި 2018 ވަނަ އަހަރު މެއިމަހުގެ 22 ވަނަ ދުވަހުއެވެ. އަވަހާރަވީ ހާލު ސީރިއަސްވެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެއްވަމުންދަނިކޮށެވެ. އަވަހާރަވިއިރު އެމަނިކުފާނުގެ އުމުރުފުޅަކީ 55 އަހަރެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝިދުގެ ވެރިކަމުގައި އިސްލާމީ ވުޒާރާގެ ވަޒީރުކަން ކުރެއްވި ޑރ.އަބްދުލް މަޖީދަކީ ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ. އެމަނިކްފާނު ވަނީ ތަފްސީރު އިލުމުން ޕީއެޗްޑީ ހާސިލުކުރައްވާފައިވާފައެވެ. 

ކޮމެންޓް
ހާއުފާ
އެބުނުން ތަޙުޤީޤުކުރުމަށް ގޮވައިލަން
14 Jun 2025
ާބދުއްލާ
ޢިމްރާނު ބުއްދި ސަލާމަތުން ހުރި ޢިލްމު ވެރިއެއްނަމަ ތާނކުން ތާނކު ނުޖެހޭ މޮޔަ ވާހަކަތަކެއް ނުދައްކާނެ. އެފަދަ ވާހަކަތައް ހެޔޮ ވިސްނޭ މީހުން ގަބޫލެއް ނުކުރާނެ.
14 Jun 2025
ޥަންޑޮލަރު މައިޝޮޕް
ދޮގުވެރިޔާބަގުރޫޓްވާތީލާރިހޯދަންނިކުތީދޯ،އަފްރާޝީމްގެމަރު ވިއްކައިގެން ފައިސާ ހޯދިގޮތަށް، މަރުޙޫމް ޑރ.މަޖީދުގެމަރުވިއްކަން.ތިއެއްނުވިއްކޭނެ. ތިއަށް ވުރެބާރަށް ވިކޭނެ "ރިހާކުރުބޮނޑި"
14 Jun 2025
މަހުމޫދުބޭ
ތިގޮތަށް ޔަގީންކޮއްފައިި،ތިޔަޢިމްރާނުބުނި. އަފްރާޝީމް މަރާލި މީހާވެސް،!
14 Jun 2025
އަހުމަދު
ޔާ ﷲ ޑރ އަބްދުލް މަޖީއަބްދުލްބާރީ ރަޚިމަ ހުމްﷲގެ ފުރާނަފުޅަށް ރަހްމަތް ލައްވާށިއެވެ އަދި ސުވަރުގެ މިންވަރުކުރައްވާށި އެވެ އާމީން ޔާރަބަލް އާލަމީން
14 Jun 2025
ކޮރަކަލި
ޝެއިހު އިމްރާން މަނިކުފާން މިހާގިނަދުވަސް ކޮއްފައި ތިދައްކަވާ ވާހަކައަކީ ސިއާސީގޮތުން ކޮންކަމެއް ހާސިލުކުރުމަށް ދަށްކާވާވާހަކަ އެއްތޯ
14 Jun 2025
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.