ރައީސް ޔާމީން.. ފައިލް ފޮޓޯ
ހަބަރު
14 Jun 2025 | 12:11
އަޑުއުފުލަން ނިކުމެ މިއުޅެނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ނުލިބިގެންނެއްނޫން: ރައީސް ޔާމިން

ސަރުކާރުގެ ސިޔާސަތްތަކާ ދެކޮޅަށް އަޑުއުފުލުމަށް ނިކުމެ މިއުޅެނީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު ނުލިބިގެން ނޫންކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޭ ބޭއްވި ބާބެކިއުއެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖެ ހަލާކުވަމުންދާ މަންޒަރު ބަހަލައްޓައިގެން ހުންނަން ބޭނުންނުވާ ކަމަށާއި، މިހާރު ފެނިގެންމިދަނީ ސަރުކާރުގެ ނާގާބިލްކަމުން ރައްޔިތުން އެތައް ތަކްލީފްތަކެއް އުފުލަންޖެހޭ މަންޒަރުކަމަށެވެ.

ޔާމީން ވިދާޅުވީ، ކުރިމަތިވި ކަންކަމުގައި ސަރުކާރުން އެޅި ފިޔަވަޅުތަކެއްގެ ނަތީޖާއެއްގެ ގޮތުން ޑޮލަރެއްގެ އަގު މިއަދު 20 ރުފިޔާއަށް އަރައިގެންދިޔައިރު، މިއަދު ޑޮލަރު ގަންނަންވެސް ނުލިބޭކަމަށެވެ. މުދާ އަގުބޮޑުވެ، ރައްޔިތުންނަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރަމުންދިޔަނަމަވެސް މިހާރު އަޑުއިވެނީ ސަރުކާރުގައި އިސްކޮށްތިބި މީހުންނާއި ކުންފުނިތަކުގެ ވެރިން ހުޅުމާލެއިން ފްލެޓްތައް ގަންނަމުންދާ ވާހަކަތައްކަމަށެވެ.

މިގައުމުގެ އެއްވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގައި އުޅެންޖެހޭނީ ވެރިކަންކުރާމީހުން އެކަނި ނޫންކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އެންމެ ނިކަމެތިމީހާވެސް އެމީހާގެ މުހުތާދުތައް ދެނެގަނެ އެކަންކަން ފުއްދައިދޭން ޖެހޭނޭކަމަށެވެ. ނަމަވެސް މިއަދު ފެނިގެން މިދަނީ އެންމެ އަސާސީ ބޭނުންތައްވެސް ފުދިގެން ނުދާމަންޒަރުކަމަށާއި، ބަލިވެގެން އެންމެ ބޭނުންވާ ވަގުތު އާސަންދައިގެ ދަށުން މިހާރު ބޭސްގުޅައެއްވެސް ނުލިބޭ ކަމަށެވެ.

ދުވަހެއް ދުވަހަށް ސިޔާސީ ކަންކަމަށް ކުރަމުންގެންދާ ހޭދަތަކާއި ކޮރަޕްޝަނުގެ ފައިސާ އިތުރުވަމުންދާކަން ފާހަގަކުރައްވަމުން ރައީސް ޔާމިން ވިދާޅުވީ އެފަދަ މައްސަލަތައް ބަލާނޭ މިނިވަން މުއައްސަސާއެއް މިއަދު ރާއްޖޭގައި ނެތްކަމަށެވެ. ރައީސް ޔާމިން ވިދާޅުވީ މި ދައްކަނީ ސަރުކާރާ ދެކޮޅަށް ނިކުމެ ވެރިކަމާ ދެކޮޅަށް ކަންކަން ކުރާ ވާހަކަ ނޫންކަމަށާއި، މި ދައްކަނީ ސަރުކާރުގެ ތެރޭގައި ހިނގާ އުސޫލާ ހިލާފްކަންކަން ހުއްޓުވުމުގެ ވާހަކަތައް ކަމަށެވެ.

ރޭގެ ޖަލްސާގައި ރައީސް ޔާމިނުވަނީ ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމުގައި ސަރުކާރުން މަސައްކަތްކުރަމުން ނުދާކަން ފާހަގަކޮށް ރައީސް ޑރ.މުއިއްޒުއަށްވެސް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ.

ކޮމެންޓް
ގަލަން
ކޮރޮޕްސަން ވާހަކަ ދައްކަން ލަދުގަންނަން ޖެހޭނެ.. އެހެންވާހަކަ ދެއްކިޔަސް ރަގަޅުވާނެ
14 Jun 2025
އަހުދުނާމާ
ކާކުތޯ ތިކަން ގަބޫލްކުރާނީ. އެހެންވީއިރުން ރިޔާސީ އިންތިހާބުގަ ކުރިމަތި ނުލާފިއްޔާ ގަބޫލް ކުރެވޭނެ
14 Jun 2025
އަހުދުނާމާ
ތިޔަ ބޭފުޅާ އަންނަނީ ގޭން ރުފިޔާ ހިފައިގެންތޯ ރާއްޖެ ހިންގަން. ކޮންމެ މީހަކު ވެރިކަމައް އަޔަސްވާނީ އެވާވަރެއް. ކުރިން ކަލޭ ވެރިކަންކުރި ހާލަތެއް ނޫން މިހާރު އޮތީކީ
15 Jun 2025
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.