އައިލެންޑް އޭވިއޭޝަނުގެ ބޯޓެއް
ހަބަރު
14 Jun 2025 | 14:02
ލިބެން ހުރި އެއްޗަކަށްވުރެ އައިލެންޑް އޭވިއޭޝަނުން ދައްކަންހުރި ދަރަނި މާބޮޑު!

އައިލެންޑް އޭވިއޭޝަނަށް ވިޔަފާރިން ލިބެންހުރި އަދަދަށްވުރެ ދައްކަންޖެހޭ ދަރަނި ބޮޑުކަމަށް އެކުންފުނީގެ މާލީހިސާބުތަކުން ދައްކައިފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުންވަނީ ނިމިގެންދިޔަ 2024 ވަނަ އަހަރު އައިލެންޑް އޭވިއޭޝަންގެ މާލީ ހިސާބުތައް ހާމަކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުގެ މިދިޔަ އަހަރުގެ މާލީހިސާބުތަކަށް ބަލާއިރު، އެއަހަރު އެކުންފުންޏަށް ވަނީ 2.8 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައެވެ. މިއީ އައިލެންޑް އޭވިއޭޝަނަށް ވިދިވިދިގެން ގެއްލުންވި 5 ވަނަ އަހަރެވެ. އައިލެންޑް އޭވިއޭޝަނަށް 2019 ވަނަ އަހަރު 93 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނު ނަމަވެސް އޭގެފަހުން އެކުންފުންޏަށް ފައިދާއެއް ނުވެއެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ އައިލެންޑް އޭވިއޭޝަނުގެ މާލީހިސާބުތަކަށް ބަލާއިރު، ކުރެވުނު ވިޔަފާރިން ލިބެންހުރި އަދަދުތަކަށްވުރެ އެހެން ފަރާތްތަކަށް ދޭންޖެހޭ ފައިސާގެ އަދަދު އިތުރެވެ. މިދިޔަ އަހަރު ނިމުނުއިރު އައިލެންޑް އޭވިއޭޝަނަށް ލިބެންޖެހޭ ފައިސާގެ އަދަދަކީ، 758.8 މިލިއަން ރުފިޔާއެވެ. އަދި އެކުންފުނިން އެހެން ފަރާތްތަކަށް ދައްކަންޖެހޭ އަދަދު 1 ބިލިއަން ރުފިޔާއަށްވުރެ ގިނަ އެވެ. މީގެ އިތުރުން މިހާރުވެސް އެހެންފަރާތްތަކަށް ދައްކަންޖެހި ނުދައްކާ އިތް އަދަދު 1.3 ބިލިއަން ރުފިޔާއަށް އަރައެވެ.

އައިލެންޑް އޭވިއޭޝަނަށް އެންމެގިނައިން ފައިސާ ދައްކަންޖެހެނީ އާސަންދަ ކުންފުންޏެވެ. އާސަންދަ ކުންފުނިން ދަތުރުތައްކޮށް އައިލެންޑް އޭވިއޭޝަނަށް 149 މިލިއަނަށްވުރެ ގިނަ ރުފިޔާ އޮތްއިރު، ރައީސްަ އޮފީހާއި، ފުލުހުންނާއި، އެމްއެންޑީއެފުންވެސް އެކުންފުންޏަށް ދައްކަންޖެހޭ ފައިސާ މިލިއަން ރުފިޔާއިން ގުނާލެވެއވެެ.

އައިލެންޑް އޭވިއޭޝަނުން އެންމެ ގިނައިން ފައިސާ ދައްކަންޖެހެނީ އެއާޕޯޓްތައް ހިންގާ ކުންފުނިތަކަށެވެ. މީގެ ތެރޭގައި މުޅިންވެސް ހިމެނެނީ ރައްޖޭގެ އެއާޕޯޓްތައް ހިންގާ ކުންފުނިތަކެވެ. އައިލެންޑް އޭވިއޭޝަނުން އެންމެގިނައިން ފައިސާ ދައްކަންޖެހެނީ  އެމްއޭސީއެލްއަށެވެ. އެކުންފުންޏަށް ދައްކަންޖެހޭ ފައިސާގެ އަދަދު 1.1 ބިލިއަން ރުފިޔާއަށް އަރާއިރު، ރީޖަނަލްއެއާޕޯޓް ކުންފުންޏަށް 115 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަންޖެހެއެވެ. 

ކޮމެންޓް
ޫމަރު
ރައްޔިތުމީހާއަތުން ނުހައްގުން ފައިސާ ނަގާ ތަނެއްތީ، ބަރަކާތްގެއްލިފައިވާ ކުންފުންޏެއް، އެހެންވީމާ ވާނީ ގެއްލުން
14 Jun 2025
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.