ނިރޮޅުމަގު ބަސްޓޮޕްކައިރިއަށް ގަހެއްގެ ގޮފިގަނޑެއް އިރައިގެންގޮސް ވެއްޓިފައި... ފޮޓޯ: އަލީ ސުލައިމާން
ހަބަރު
15 Jun 2025 | 20:34
މިރޭ ހުޅުމާލެއަށް އާދަޔާހިލާފަށް ވައިގަދަވެއްޖެ

ހުޅުމާލެއަށް މިރޭ އާދަޔާހިލާފު ބާރުމިނެއްގައި ވައިގަދަވެ އެކިވަރުގެ ގެއްލުންތައް ލިބިއްޖެއެވެ.

އިރުއޮއްސުނު ފަހުން ޖެހުނު ގަދަ ވަޔާއެކު ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ މަގުގެ އެއްފަރާތުގައި ހުރި ބައެއް ގަސްގަހުގެ ގޮފިތައް އިރައިގެންގޮސް މަގުތަކަށް ވެއްޓުނުއިރު، ބައެއް ގަސްތައް ވަނީ ލުހިގެން މަގުމައްޗަށް ވެއްޓިފައެވެ. އެގޮތުން ނިރޮޅުމަގުގައި ހުރި ގަހެއްގެ ގޮފިގަނޑު އިރައިގެންގޮސް މަގުމައްޗަށް ވެއްޓި އާއްމު ދަތުރުފަތުރަށް ބުރޫއެރިއިރު، ފިތުރޯނުމަގުގައި ހުރި ގަހެއްވެސް ވަނީ ވެއްޓިފައެވެ. މި ދެ ހާދިސާގައި މީހަކަށް ގެއްލުންވިކަމެއް އެނގިފައެއް ނުވެއެވެ.

މީގެ އިތުރުން ޖެހުނު ގަދަވަޔާއެކު ހިޔާ ފްލެޓްގެ ބައެއް ގޭގެ ބެލްކަނިތަކުގައި ބަހައްޓާފައިހުރި ގަސްމުށިތަކެއް މަގުމައްޗަށާއި ޖެހިގެންހުރި ގޭގެ ބެލްކަންޏަށް ވެއްޓުނުންފަދަ ހާދިސާތައް ހިނގާފައިވާކަން ސޯޝަލް މީޑިއާގެ ބަލާލުމުން އެނގެއެވެ. މި ދުަވސްވަރަކީ މޫސުން ގޯސް އަދި ވައިގަދަ ދުވަސްވަރަކަށްވާތީވެ، މަގުމައްޗަށް ވެއްޓޭނޭހެން ގޭގެ ބެލްކަނިތަކުގައި ގަސްމުށިފަދަ ތަކެތި ނުބެހެއްޓުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ހުޅުމާލެއަށް މިރޭ ޖެހުނު ގަދަ ވައިގައި މަގުމައްޗަށް ގަހެއްގެ ބައެއް ވެއްޓިފައި

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރާނޭކަމަށެވެ. އެގޮތުން މެޓް އޮފީހުން މިރޭ ވަނީ ރާއްޖޭގެ އިތުރަށް ހުދު ސަމާލުވެސް ނެރެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.