ސްޓެލްކޯގެ މައި އިދާރާ. ފޮޓޯ/ ވޮއިސް
ހަބަރު
16 Jun 2025 | 09:50
މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ: ސްޓެލްކޯ

ސްޓެލްކޯއިން މާލޭގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުންދާތީ މިއަދު ހެނދުނާއި މެންދުރުފަހުގެ ވަގުތުތަކުގައި މާލޭ ސިޓީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުން އެކަށީގެންވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސްޓެލްކޯއިން މިކަން ހާމަކޮށް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެކުންފުނިން މާލޭގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުންދާތީ މިއަދު ހެނދުނު 09:30 އާއި 11:30 އަށް މާލެ ސިޓީގެ ދަނބުރުއް މަގާއި، އަނޯނާ ގޯޅީގެ އިތުރުން ކުދިމާ ގޯޅި ހިމެނޭ ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެކަމަށެވެ. 

އަދިހަމައެހެންމެ، މިއަދު މެންދުރުފަހު 14:00 އިން 16:00 އާއި ހަމައަށް މާލެ ސިޓީގެ ބޮޑު ރަސްގެފާނު މަގާއި އެމަގު ހަނި ގޯޅި ހިމެނޭ ސަރަހައްދުން ރަންޓުގެ ހިދުމަތް މެދުކެނޑިދާނެކަމަށް އެކުންފުނިން އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ވަނީ ބުނެފައެވެ.

ކަރަންޓުގެ ހިދުމަތް މެދުކެނޑިގެން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Jun 2026
ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖް އަތުލައިގަނެފި
ކަސްޓަމްސްއިން ބުނި ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާއި ގަވާއިދާ ޚިލާފު ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިއްޔެ މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.
18 Jun 2026
ސާޖަންޓް ޙުސައިން ޢަބްދުއްރަޙުމާން ކުއްލި ގޮތަކަށް ނިޔާވެއްޖެ
ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާނަކީ ދިވެހި ސިފައިންގެ ޚިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ޤައުމީ ދިފާޢީ ބާރުގައި 21 އަހަރާއި 7 މަހާއި 16 ދުވަހު ޚިދުމަތް ކުރައްވާފައެވެ.
18 Jun 2026
ނޫސްވެރިންގެ ދިފާޢުގައި ފެށި މަސައްކަތް ޕާކުކޮށްފައި ނުބާއްވަން
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބް އަބްދުالله ވިދާޅުވީ، ނޫސްވެރިންގެ ދިފާޢުގައި އެންމެ ބޮޑަށް މަސައްކަތްކުރާ ޕާޓީއަކީ އެމްޑީޕީ ކަމަށެވެ. އަދި އެމްޑީޕީ އުފެދިގެން އައީ ނޫސްވެރިކަމުގެ ތެރެއިން ކަމަށެވެ.
18 Jun 2026
ސުލްހައިގެ އެއްބަސްވުމާ އެކު ތެލުގެ އަގު ދެ އިންސައްތަ ދަށަށް
ބްރެންޓް ކްރޫޑް ފީފާއެއް 1.64 ޑޮލަރު (2.06 ޕަސެންޓް) ދަށަށް ގޮސް 77.91 ޑޮލަރަށް ވަނީ ވެއްޓިފައެވެ. އަދި ޔޫ.އެސް. ވެސްޓް ޓެކްސަސް އިންޓަމީޑިއެޓް 1.80 ޑޮލަރު (2.34 ޕަސެންޓް) ދަށަށް ގޮސް ފީފާއެއް ވަނީ 74.99 ޑޮލަރަށް ވެއްޓިފައެވެ.
18 Jun 2026
ފެރިދޫއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ޖޫން 11 ވަނަ ދުވަހު ފެރިދޫ ޕޮލިހާއި މާޅޮހު ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ އއ. ހިމަންދޫ / ހިރުދުގަސްދޮށުގެ، ޙަސަން ޢަރީބް (23އ) އެވެ.
18 Jun 2026
މިއީ އުއްމީދު ކުރި ފެށުމެއް ނޫން؛ އެކަމަކު ނިމެން އަދި ގާތްވެސް ނުވޭ: ރޮނަލްޑޯ
އެމެރިކާގެ ހިއުސްޓަންގައި ކުޅުނު މި މެޗަށްފަހު ރޮނަލްޑޯގެ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއީ އެ ޓީމުން އުއްމީދު ކުރި ފަދަ ފެށުމެއް ނޫން ނަމަވެސް، މުބާރާތް އަދި ނިމުމާ ގާތްވެސް ނުވާ ކަމަށެވެ. އަދި ހިތްވަރާއެކު، ދެން އޮތް މެޗަށް ފޯކަސް ކުރުމަށް އޭނާ ވަނީ އެދިފައެވެ.
18 Jun 2026
ރާއްޖެ ދަރަނިވެރި ކުރުވީ ކޮންބައެއްތޯ ބެލުމަކީ މިވަގުތު މުހިންމުކަމެއް ނޫން
ދިވެހިރާއްޖެ ދަރަނިވެރިކުރުވީ ކޮން ވެރިކަމެއްގައި، ކޮން ބައެއްތޯ ބެލުމަކީ މިވަގުތު މުހިންމު ކަމެއް ނޫން ކަމަށާ، މުހިންމީ އެކަމަށް ހައްލެއް ހޯދުން ކަމަށް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
18 Jun 2026
އެމެރިކާއާއި އީރާނުން ސުލްހައިގެ އެއްބަސްވުމުގައި ސޮއިކޮށްފި
ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އީރާނުން ވަނީ 'ސްޓްރެއިޓް އޮފް ހޯރްމޫޒް' ވަގުތުން ހުޅުވާލުމަށް އެއްބަސްވެފައެވެ. އޭގެ ބަދަލެއްގެ ގޮތުން އެމެރިކާ އިން ވަނީ އީރާނަށް ކުރިމަތިކޮށްފައިވާ ކަނޑުގެ ބްލޮކޭޑް ނުވަތަ ހުރަސްތައް ވަގުތުން އުވާލުމަށް ނިންމާފައެވެ.