އެމް.ޑަބްލިޔު.އެސް.ސީ އިން ގދ. ވާދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ނިންމާލުން. ފޮޓޯ/ އެމް.ޑަބްލިޔު.އެސް.ސީ
ހަބަރު
15 Jun 2025 | 10:55
ގދ.ވާދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމައި ހިދުމަތްދޭން ފަށައިފި

އެމްޑަބްޕިއުއެސްސީން ގދ. ވާދޫގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ނިންމައި ހިދުމަތްދޭން ފަށައިފިއެވެ.

ގދ. ވާދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ނިންމައި ރަސްމީކޮށް ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ، ފެނަކަ އަދި އެމް.ޑަބްލިޔު.އެސް.ސީގެ ބޭފުޅުން ވާދޫ އަށް ވަޑައިގެންނެވެ.

ވާދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން، އެރަށުގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ގާއިމުކޮށް، ފެނުގެ މައި ނެޓްވޯކް އަޅަދިނުމުގެ އިތުރުން ގޭގެޔަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ. އަދި ހަމައެހެންމެ، ފެން އުފެއްދުމަށްޓަކައި ފެން ޕްލާންޓް ބަހައްޓައި، ބޯހޯލް ތޮރުފައި ރިޖެކްޓް ލައިން އެޅުމުގެ އިތުރުން ފެން ރައްކާ ކުރުމަށްޓަކައި ފެންތާންގީ ވެސް ވަނީ ބަހައްޓާފައެވެ.

މީގެ އިތުރުން ވާދޫގެ ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައިނެޓްވޯކާއި ޕަމްޕިންގ ލައިން އަޅައި، ޕަމްޕިންގ ސްޓޭޝަންތަށް ގާއިމުކޮށް ސީ އައުޓް ފޯލް ވަނީ އަޅާފައެވެ. އަދި ހަމައެހެންމެ، ގޭގޭގައި ޖަންކްޝަން ބަހައްޓާއި ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިދެވިފައެވެ.  

މި މަޝްރޫޢުގެ ދަށުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނުގެ އިތުރުން ނަރުދަމާގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ އުޅަނދުފަހަރު ފޯރުކޮށްދެވިގެން ދާނޭކަމަށް ފެންކުންފުނިން ބުނެއެވެ.

ގދ. ވާދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދިއަ މަޝްރޫޢުއެކެވެ. މިމަޝްރޫއުގެ ޖުމްލަ އަގަކީ 60.99 މިލިއަން ދިވެހި ރުފިޔާއެވެ. މިމަޝްރޫއުގެ ސަބަބުން ވާދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެން ދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.