އުތުރުތިލަފަޅު ޔޫނިއަންގެ މެންބަރުން. ފޮޓޯ/ އުތުރުތިލަފަޅު ޔޫނިއަން---
ހަބަރު
29 Jun 2025 | 15:31
އުތުރު ތިލަފަޅުން ގޯތި ނުދީ އެހެން ކަންކަން ކުރާތީ ތިލަފަޅު ޔޫނިއަނުން ކަންބޮޑުވެއްޖެ

މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ގޯތި ދިނުމަށް މިދިޔަ ސަރުކާރުން ހިންގި ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން އުތުރު ތިލަފަޅު ހިއްކައި އެތަނުން ގޯތި ދިނުމަށް އުތުރު ތިލަފަޅު ޔޫނިއަނުން ގޮވާލައިފިއެވެ.

ތިލަފަޅު ޔޫނިއަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، ގޯއްޗަށް ހުށަހަޅާފައިވާ ފޯމުތަށް އިވަލުއޭޓް ނުކުރުމާއި، އުތުރު ތިލަފަޅުގައި ތަފާތު އެކި މަޝްރޫއުތައް ހިންގަން ސަރުކާރުން ހާމަކޮށްފައިވާތީ އާއި ގޯތި ދިނުމަށް ސަރުކާރުން އުޒުރުވެރިވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

އުތުރު ތިލަފަޅު ޔޫނިއަން އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ މިދިޔަ ސަރުކާރުން އުތުރު ތިލަފަޅުގެ ބިން ހިއްކީ އެ ސަރަހައްދުގައި ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. 

އުތުރުތިލަފަޅުން ބިން ހިއްކަން ފެށި މަގުސަދާއި ހިލާފަށް އެތަނުގައި ހޯޕް އައިލެންޑާއި މަރުކަޒީ ޖަލު ތަރައްގީކުރުމަށް ސަރުކާރުން ނިންމާފައިވާތީ އުތުރު ތިލަފަޅު ޔޫނިއަން އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެންމެ 300 އެއްހާ ކުދިން ރިހިބިލިޓޭޓް ކުރުމަށް 19،000 އާއިލާގެ އުންމީދު ގެއްލުވާލައިގެން ނުވާނެކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. 

އުތުރުތިލަފަޅުގައި 200 ހެކްޓަރުގެ ބިން ހިއްކައި، އެތަނުގައި ދަނޑުވެރިކަން ކުރާ ޒޯނެއް ތަރައްގީކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައިވެއެވެ. މިކަމަށް އިޝާރަތްކުރައްވާ އަލީ ހުސައިން ވިދާޅުވީ އުތުރު ތިލަފަޅުގައި ދަނޑުވެރިކަމުގެ މަސައްކަތް ފެށުމަށް ނިންމުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމް އަކީ މާލޭގެ ރައްޔިތުންނާއި، ދަފްތަރުގައި ތިބި ރައްޔިތުންނާއި، 20 އަހަރަށް ވުރެ ގިނަ ދުވަހު މާލޭގައި ދިރިއުޅެފައިވާ އެހެން ރަށްރަށުގެ ރައްޔިތުންނަށް ކުރިމަތިލެވޭނޭހެން ހުޅުވާލި ސްކީމެކެވެ. މި ސްކީމްގެ ދަށުން ފްލެޓް އަދި ގޯތި ހޯދުމަށް 40،000 އަށްވުރެ ގިނަ މީހުން ވަނީ ކުރިމަތިލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.