މުހުތާޒާއި ނިހާންގެ އިތުރު ދައުވާތަކަށް ހުކުމް އިއްވުން އަންނަ އާދީއްތަ ދުވަހު

15 Oct 2018 | 07:34

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާއި އދ. މާމިގިލި ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާންގެ މައްޗަށް ކުރި އިތުރު ދައުވާތަކަށް ހުކުމް އިއްވުން އަންނަ އާދީއްތަ ދުވަހަށް ކްރިމިނަލް ކޯޓުންތާވަލް ކޮއްފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނެ ކްރިމިނަލް ކޯޓުން 2016 ވަނަ އަހަރު މުހުތާޒް ނިހާންގެ މައްޗައް ކުރި 17 އަހަރުގެ ޖަލުހުކުމެއް އިއްވިއެވެ. 

މީގެ އިތުރުން ނިހާންގެ މައްޗައް  ތިން ދައުވާ އަދި މުހްތާޒްގެ މައްޗައްް ދެ  ދައުވާއުފުލާފައިވެއެވެ. 

ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި ދައުލަތުން ވަނީ ގާޒީ ނިހާންގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފަ އެެވެ.

އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އާއި، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ދައުވާ އާއި، ފޭކް ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. 

މުހުތާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އިތުރު ދައުވާތަކަކީ ވަކި އަސްލެއް އޮތް އެއްޗެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމަށް ލިޔުމެއް އުފެއްދުމުގެ ދައުވާއާއި ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމުގެ ދައުވާއެވެ.

Advertisement

ކޮމެންޓް