އިހްސާން ފިހާރަ އަހަރީ ޕްރޮމޯޝަނުގައި ދޫކޮށްލާ ސައިކަލް
ވިޔަފާރި
12 Nov 2025 | 16:10
އިހްސާން ފިހާރައިން ވިޔަފާރި ކޮށްގެން ސައިކަލެއް ހޯދުމުގެ ރަނުގެ ފުރުސަތެއް

އާއްމުންގެ މެދުގައި ވަރަށްބޮޑު މަގްބޫލުކަމެއް ލިބިފައިވާ އިހްސާން ފިހާރައިގެ އަހަރީ ޕްރޮމޯޝަން މެދުވެރިކޮށް ޝީޝާއިން ސައިކަލެއް ހަދިޔާކުރުމަށް ނިންމައިފިއެވެ.

ދިވެހީންގެ މެދުގައި އެންމެ މަގްބޫލު އެއް ބްރޭންޑް ކަމުގައިވާ ހޮންޑާގެ އެއަރ ބެލެޑްގެ ފަހުގެ ސައިކަލެއް ހޯދުމުގެ ފުރުސަތު ޝީޝާއާއި އިހްސާން ފިހާރަ ގުޅިގެން ފަހި ކޮށްދީފައިވާއިރު، ޝީޝާ އަކީ ހޮންޑާ ސައިކަލު އަދި ޕަވަރ ޕްރޮޑަކްސްގެ ރާއްޖޭގައި ހުރި ހަމައެކަނި އޮތަރައިޒްޑް ޑިސްޓިބިއުޓަރ އެވެ.

އިހްސާން ފިހާރައިން ބުނީ ޕްރޮމޯޝަނުގެ ދަށުން ކޮންމެ 200 ރުފިޔާއިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެންދާނޭކަމަށެވެ. މި ޕްރޮމޯޝަން އަންނަ ޖެނުއަރީމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. ޕްރޮމޯޝަންގައި ދޫކޮށްލާ ސައިކަލު، އާންމުކޮށް ފެންނާނެހެން ހުޅުމާލޭ ފޭސް 2 ގައި ހުންނަ އިހްސާން ފިހާރަ 3 ގައި މިހާރު ބަހައްޓާފައި ވާއިރު، އިހްސާން ފިހާރައިގެ ކޮންމެ އައުޓްލެޓަކުން ވިޔަފާރި ކޮށްގެންވެސް މި ޕްރޮމޯޝަން ބައިވެރިވެވޭނެއެވެ.

އިހްސާން ފިހާރަ..

މި ޕްރޮމޯޝަނުގައި ޝީޝާއިން ދޫކޮށްލާ ސައިކަލު ހިމަނައިގެން އުފައްދާ ޓިކްޓޮކް ޗެލެންޖެއްވެސް ހިމެނެއެވެ.

ޕްރޮމޯޝަންގަ ސައިކަލުގެ އިތުރުން އަގުހުރި ފައިސާގެ އިނާމު ތަކެއްވެސް ވަނީ ދިނުމަށް ނިންމާފައެވެ. އެގޮތުން އިހްސާން ފިހާރައިން ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކާއި ގުޅިގެން 100،000 ރުފިޔާގެ ފައިސާގެ އިނާމެއްވެސް ދިނުމަށް ނިންމާފައެވެ. މި ޕްރޮމޯޝަނުގެ ދަށުން ގުރުއަތުން ހޮވޭ 20 ފަރާތަކަށް 5000 ރުފިޔާ އިސްލާމިކް ބޭންކު މެދުވެރިކޮށް ދިނުމަށް ވަނީ ނިންމާފައެވެ.

މިޗެލެންޖްގައި ބައިވެރިވުމަށް 1 މިނެޓަށްވުރެ ދިގު ނުވާނެހެން ޓިކްޓޮކް އެއް އުފައްދައި 9996089 ނަންބަރަށް ވައިބަރ ކުރުމުން ވެރިފައި ކޮށް، އިހްސާން ފިހާރަ 3 ޓިކްޓޮކް އަށް އަޕްލޯޑް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އިހްސާން ފިހާރައިން ވަނީ އަންނަ އަހަރުގެ ޖެނުއަރީމަހުގެ 11 ވަނަ ދުވަހުގެ ކުރިން  އެންމެ ގިނަ ލައިކްސް ލިބޭ ޓިކްޓޮކް އުފެއްދުންތެރިޔަކަށް 10،000 ރުފިޔާ ދިނުމަށް ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.