ތިޔަ ބޭފުޅުންނާ އެކު ދެވަނަ ފަހަރަށް އިންސާފުވެރި އިންތިޚާބަކަށް ދާނަން: އަދުރޭ

15 Oct 2018 | 23:05

ޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ޕީޕީއެމްގެ "އޮޅުވާލި ވޯޓް" އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ޖެހިވަޑައިގަންނަވާނީ ކުޑަކަކޫ ޖެއްސަން ކަމަށާއި އިންސާފުވެރި ރިޔާސީ އިންތިޚާބެއް ބާއްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

"ޝަރީފަށް ޖެހޭނީ ކުޑަކަކޫ ޖެހެން މި މައްސަލައިގައި. އަޅުގަނޑުމެންގެ މައްސަލަ އަޅުގަނޑުމެންނާ އެއްކޮޅަށް ކާމިޔާބުކޮށްގެން ނުކުމެ، ތިޔަ ބޭފުޅުންނާ އެކީގައި ދެވަނަ ފަހަރަށް އިންސާފުވެރި އިންތިޚާބަކަށް ދާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށް ދާ ރައީސް ޔާމިން ހުށައަޅުއްވާފައިވާ އިންތިހާބް ބާތިލްް ކުރުމުގެ މައްސަލައަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔުންތަކެއް އަމާޒުވަމުންދާތީ އެކަމަށް ރައްދު ދެއްވަމުން މެމްބަރު އަބްދުއްރަހީމް ވިދާޅުވީ ހުށައަޅުއަަވައިފާވަނީ ވަރަށް މުހިންމު މައްސަލައެއްކަމަށާއި ކޯޓުގައި ހިނގަމުން ދާ މައްސަލައަކަށް ވަތީ އެންމެ ފުރިހަމަ މައުލޫމާތު ހިއްސާކުރެވެން ނެއްކަމު އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުންދަނީ ރައީސް ޔާމިން ހުށަހެޅުއްވި މައްސަލަ އަކީ ފުލޯކް ވާހަކަ ތަކެއްކަމަށް ތުހުމަތު ކުރަމުންނެވެ.

ހެންވޭރުކޮޅު ޕީޕީއމް އޮފީސް ކުރިމަތީގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ނައިބް ރައީސް ކަންވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ އިންތިޚާބު އޮތް ދުވަހުގެ ރޭ ކޮމްޕްލެއިންޓްސް ބިއުރޯ އަށް ޕީޕީއެމުން މައްސަލަ ހުށަހަޅަން މަސައްކަތް ކުރިކަމަށާއި ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ގަސްދުގައި ހުރަސް އެޅުއްވި ކަމަށާ ސުޕްރީމް ކޯޓުގައި މިކަން ސާބިތު ކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

މެމްބަރު އަބްދުއްރަހީމް ރައީސް ޔާމީން ހުންނެވީ ދިވެހިންނާ އެކުގައި ކަމަށާއި، ބިރުފުޅު ގަނެގެން ފިލާ ގޭގައި އޮންނަވާނެ ފިޑި ބޭފުޅެއް ނޫން ކަމަށާއި، ރާއްޖެ ދޫކުރައްވާ ވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން އޮތްކަމުގައި އޭނާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް