ބ. ފުޅަދޫ -- ފޮޓޯ: މޯލްޑިވްސް އިންޑެޕެންޑެންޓް
ހަބަރު
04 Mar 2026 | 12:31
ފުޅަދޫގައި މިންގަނޑާ ހިލާފަށް ހެދުން އަޅާ ފަތުރުވެރިން ނިސްބަތްވާ ގެސްޓްހައުސްތައް ޖޫރިމަނާ ކުރަނީ

ބ. ފުޅަދޫގެ އާންމު ސަރަހައްދުތަކުގައި އިސްލާމް ދީނާއި ރާއްޖޭގެ އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް، ބިކިނީ ފަދަ ކުރު ހެދުން އަޅައިގެން އުޅޭ ފަތުރުވެރިން ނިސްބަތްވާ ގެސްޓްހައުސްތައް ޖޫރިމަނާކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

ފުޅަދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ރަށުގެ އާންމު ސަރަހައްދުތަކުގައި ފަތުރުވެރިން މިންގަނޑާ ހިލާފަށް ހެދުން އަޅައިގެން އުޅޭ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ތަކުރާރުކޮށް ލިބެމުންދާ ކަމަށެވެ.

މި މައްސަލަ ހައްލުކުރުމަށް ކައުންސިލުން މީގެ ކުރިން މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް، މިއަދާ ހަމައަށްވެސް މިކަން ތަކުރާރުވަމުންދާތީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ބުނެފައިވެއެވެ.

މިކަމާ ގުޅޭގޮތުން ކައުންސިލްގެ 4 ވަނަ ދައުރުގެ 142 ވަނަ ޖަލްސާގައި މަޝްވަރާކުރުމަށްފަހު، ދީނީ އަދި އިޖުތިމާއީ މިންގަނޑާ ހިލާފަށް ހެދުން އަޅައިގެން އުޅޭ ފަތުރުވެރިން ތިބޭ ގެސްޓްހައުސްތައް ބަލައި، އެ ތަންތަން 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމާފައިވާ ކަމަށްވެސް އިއުލާނުގައިވެއެވެ.

ފުޅަދޫ ކައުންސިލުން ހާމަކުރި ގޮތުގައި، މި ނިންމުމަށް އަމަލުކުރަން ފަށާނީ އިއުލާން އާންމުކުރާ ވަގުތުން ފެށިގެންނެވެ.

ލޯކަލް ޓޫރިޒަމް ރަށްރަށަށް ތަޢާރަފްވެ، ފައްކާވާން ފެށިފަށުން ފަތުރުވެރިން އާއްމު ތަންތަނުގައި ބިކިނީގައި އުޅޭ މައްސަލަ އަކީ ވަރަށް ގިނައިން ފެންމަތިވަމުން އަންނަ ކަމެކެވެ. އެކަމާ ގުޅިގެން ރައްޔިތުން ކަންބޮޑުވުންފާޅުކުރި ނަމަވެސް އެދެވޭ ހައްލެއް މިހާތަނަށްވެސް ލިބިފައި ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.