ދޯންޏަކަށް ގެންދިޔަ ފެންކޭސްތަކެއް ހާމަޔަށް އަވީގައި ބަހައްޓާފައި.. ފޮޓޯ: ވޮއިސް
ހަބަރު
30 Mar 2026 | 10:15
ފުޅީގައި ބަންދުކުރި ފެން އެއްތަނުން އަނެއްތަނަށް އުފުލާ ހަދާގޮތެއް ނުބަލަން: އެމްއެފްޑީއޭ

ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުން ގެންގުޅޭ ފެން ގުދަންތައް ޤަވާއިދުން ބަލާފާސްކުރަމުން ނުދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އަމިއްލަ ފަރާތަކުން ހުށަހެޅި ސުވާލުތަކަކާ ގުޅިގެން އެމްއެފްޑީއޭއިން ދިން މައުލޫމާތުގައި ބުނެފައިވަނީ، ރީޓެއިލް އަދި ހޯލްސޭލް ލެވެލްގައި ބަންދުކުރި ފެން ހިފާގެން ގެންގުޅުމާއި އެއްތަނުން އަނެއްތަނަށް އުފުލާ ގުދަންކުރުމުގެ މަސައްކަތާއި ވިއްކުމަށް ބަހައްޓާ ފިހާރަތައް ޤަވާއިދުން ބަލާފާސްކުރަމުން ނުދާކަމަށެވެ. އެތަންތަން ބަލާފާސްކުރަން ދަނީ ޝަކުވާއެއް ހުށަހެޅުމުންނެވެ.

އެމްއެފްޑީއޭއިން ބުނީ، އެ އޮތޯރިޓީން ޤަވާއިދުން އިންސްޕެކްޓްކޮށް ހުއްދަ ދޫކުރަމުންދަނީ ފުޅީގައި ބަންދުކުރި ފެން އުފައްދާ ކާރުހާނާތައް އެކަނިކަމަށެވެ.

އެމްއެފްޑީއޭއިން ބުނީ މިދިޔަ އަހަރުން ފެށިގެން މިއަހަރުގެ ފެބުރުއަރީމަހުގެ ނިޔަލަށް އެގޮތަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން ފިހާރައެއް ބަލައި ފާސްކުރިއިރު މިންގަނޑަށް ނުފެތޭތީ އިސްލާހްކުރަން އަންގާފައިވާކަމަށެވެ. 

މި މުއްދަތުގެ ތެރޭގައި ފެން އުފައްދާ ފަރާތްތަކުގެ 14 ތަނެއް ބަލާފާސްކޮށް 9 ތަނަކަށް ވަނީ ހުއްދަ ދޫކޮށްފައެވެ. މީގެ ތެރެއިން މާލެ ސަރަހައްދަށް ފެން ފޯރުކޮށްދޭ ތަންތަނުގެ ގޮތުގައި 6 ތަނެއް ބަލާފާސްކޮށް 5 ތަނަކަށް ވަނީ ހުއްދަ ދޫކޮށްފައެވެ.

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހިންގުމުގެ ޤަވައިދާ އެއްގޮތަށް ކާބޯތަކެއްޗާއި ފެން ފިނި އަދި ހިޔާލިބޭ ތަނެއްގައި ރައްކާކުރުމަށް އޮންނަ އުސޫލާ ހިލާފަށް ކިހާފަރާތަކުން އަމަލުކޮށްފައިވޭތޯ ކުރި ސުވާލުގެ ޖަވާބުގައި އެމްއެފްޑީއޭއިން ބުނެފައިވަނީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ލާޒިމްކޮށް އެޅޭނޭ ފިޔަވަޅުތައް ބަޔާންކޮށްފައި ވީނަމަވެސް، މި ޤާނޫނުގެ ދަށުން ތަންފީޒުކުރަންޖެހޭ ޤަވާއިދުތައް ފާސްކުރުމުގެ މަރުހަލާ ކުރިއަށްދާތީވެ، އެފަދަ ކަންތައްތަކަށް ފިޔަވަޅުއެޅުމަށް ގޮންޖެހުންތަކެއް ހުރިކަމަށެވެ. 

ނަމަވެސް ޤަވާއިދުތައް ފާސްވާ ހިސާބުން ފެށިގެން އެފަދަ ހުރިހާ މައްސަލަތަކަށް ފިޔަވަޅު އެޅިގެންދާނޭކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ބުނެފައެވެ.

މާލެ ސަރަހައްދުގައި ރައްކާތެރި ނޫންގޮތުގައި ކާބޯތަކެތި ވިއްކަމުންދިއުމަކީ ވަރަށް އާއްމު ކަމެއްގެ ގޮތުގައި ވަރަށް ގިނަ ފަރާތްތަކަކުން ފާހަގަކުރާ މައްސަލައެކެވެ. އެގޮތުން ރަތްދައްކާ އަވީގައި ހިޔާނުކޮށް ޕިކަޕްތަކަށް ލައިގެން ބިދޭސީން ފެން ސަޕްލައި ކުރުމާއި ފިހާރަތަކަށް ވިއްކަން ގެނެސްފައި ހުންނަ ފެންކޭސްތައް އަވީގައި ބަހައްޓާ މައްސަލަ ބޮޑުކަން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
އިޓަލީގެ ސްކޫލްތަކުގައި ނިޤާބު މަނާކުރަން ހުށަހަޅަނީ
އިޓަލީގެ ބޮޑުވަޒީރު މެލޯނީ ސްކޫލްތަކުގައި ނިޤާބު މަނާކޮށް ބިދޭސީ ދަރިވަރުންގެ ޢަދަދު ކޮންޓްރޯލްކުރުމުގެ ފިޔަވަޅު އަޅަނީ
21 Sep 2026
ފަލަސްޠީނާ އެއްބައިވާ ދަރިވަރެއްގެ ގެ ފުލުހުން ފާސްކޮށްފި
މުމްބާއީގައި ފަލަސްޠީނަށް ތާއީދުކޮށް ގުޑި އެރުވުމުގެ ކެމްޕެއިނެއްގައި ބައިވެރިވި ދަރިވަރެއްގެ ގެ ވޮރެންޓަކާ ނުލައި ނުވަ ގަޑިއިރަށް ވުރެ ގިނައިރު ޓެރަރިޒަމާ ދެކޮޅު ޔުނިޓުން ބަލައި ފާސްކުރި ކަމަށް އެ ދަރިވަރު ތުހުމަތުކޮށްފިއެވެ.
21 Sep 2026
ސަންޑަރލޭންޑް ބަލިކޮށް މެންޗެސްޓަރ ސިޓީ ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިފި
ބައިނަލްއަގުވާމީ މެޗުތަކަށް ލީގު މެދުކަނޑާލުމުގެ ކުރިން ސިޓީން ހޯދި މި މޮޅަކީ، ވާދަވެރި އާސެނަލް އަށް ލިބުނު ނާކާމިޔާބީގެ ފައިދާ ނަގައި ތާވަލުގެ ކުރީގައި ފަރަގު ބޮޑުކުރުމަށް ލިބުނު މުހިންމު ފުރުސަތެއް
21 Sep 2026
ދުނިޔޭގެ ކުލަ ގެއްލެނީތަ؟
ކުޑައިރު ސްކޫލް ގޯތިތެރޭގައި ކުޅެ ނިމިގެން ގެއަށް ދާއިރު ފެންނަ ގަދަ ނޫ އުޑާއި މަގުމަތީގައި ދުއްވާ ރީނދުލާއި ރަތް ކާރުތަކާއި ގޭގެ ސިޓިންރޫމުގެ ކުލަގަދަ ފާރާއި ސޯފާތައް ހަނދާން އެބަހުރި ހެއްޔެވެ؟ ނަމަވެސް، މިހާރު ބޭރަށް ނުކުމެ ބަލައިލީމާ ފެންނަ މަންޒަރު ތަފާތެއް ނޫން ހެއްޔެވެ؟ މި ތަފާތު އިޙްސާސް ކުރެވެނީ ހަމައެކަނި ތިބާއަކަށް ނޫނެވެ. ދިރާސާތައް ދައްކާ ގޮތުގައި ޙަޤީޤަތުގައިވެސް ދުނިޔޭގެ ކުލަ ދަނީ "ގެއްލެމުން" ނެވެ.
21 Sep 2026
އެއް ސައިކަލު ދުއްވަން އިން ޒުވާނާގެ ލައިސެންސްއެއް ނެތް: ފުލުހުން
މާލޭގެ ސޯސަންމަގުގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވަން އިން މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.