ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް
ހަބަރު
08 Apr 2026 | 21:21
ކުރިއަށްއޮތް ހައްޖު މޫސުމަށް ރާއްޖެއިން ހަމަޖައްސަންޖެހޭ އިންތިޒާމުތައް ނިންމައިފި

ކުރިއަށްއޮތް ހައްޖު މޫސުމަށް ރާއްޖެއިން ހަމަޖައްސަންޖެހޭ އެންމެހައި ކަންކަން ހަމަޖައްސައި ނިންމައިފިއެވެ.

ރާއްޖެއިން ހައްޖަށްދާ ދިވެހިންގެ ބަލަދުވެރި ފަރާތަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނެވެ. ހައްޖުގެ އިންތިޒާމުތައް ހަމަޖެއްސުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ކުރަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، ރާއްޖެއިން މިފަހަރު ހައްޖަށްދާ މީހުންނަށް ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމްތައް ހަމަޖައްސައި ނިމިފައިވާކަމަށެވެ.

ޝަކީލް ވިދާޅުވީ، ރާއްޖެއިން މިފަހަރު ހައްޖަށްދާ 1،000 ހައްޖުވެރިންގެ ވިސާގެ ކަންތައްވެސް ނިމިފައިވާ ކަމަށާއި، ހައްޖުވެރިްނ މައްކާގައި ތިބުމަށް ހަމަޖެހިފައިވާ ހޮޓާތައްވެސް ހަމަޖެހި ނިމިފައިވާކަމަށެވެ. މިހާރު ކުރިއަށްދަނީ ހޮޓަލުގެ ހުރި ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތްކަމަށް ޝަކީލް ވިދާޅުވިއެވެ. މި މަސައްކަތަކީ މިފަހަރުގެ ރޯދަމަހު އުމްރާއަށްދިޔައިރު ފުރިހަމަ ކުރުމަށް ފާހަގަކުރެވުނު ކަންކަން ކަމަށް ޝަކީލް ފާހަގަކުރެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރާއްޖެއިން ހައްޖަށްދާ މީހުންގެ ކަންކަން ވީހާވެސް ރަނގަޅަށް ލުއިފަސޭހަވާނޭގޮތަށް އިންތިޒާމްކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުވެސް އެދިވަޑައިގަންނަވާފައި ވާަކަމަށެވެ. 

އެންމެފަހުގެ ހައްޖު ދަތުރުގައި ލިބުނު ހިޔާލްތަކަށް ބަލައި އަޅުގަނޑުމެން މިދަނީ އެކަންކަން އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތްކުރަމުން. އެގޮތުން މިދިޔަ ފަހަރު މައިގަނޑު ގޮތެއްގައި ލިބުނު އެއް ފީޑްބެކަކީ މިނާގައި ފާހާނާ މަދުކަން. މިކަމާ ގުޅިގެން ސައުދީ ސަރުކާރުގެ ކަމާގުޅޭ މުައައްސަސާތަކާ ވާހަކަދައްކައި އެފަރާތުން ވަނީ އަޅުގަނޑުމެން އެދުނު ގޮތަށް މީގެ ކުރިން ހުރިވަރަށްވުރެ ފަސްގުނަ އިތުރުކޮށްފައި

ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް

މިފަހަރު ރާއްޖެއިން ހައްޖަށް ދިއުމަށްޓަކައި ފުރާ އެޑްވާންސްޓީމް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މެއިމަހުގެ 4 ވަނަ ދުވަހެވެ. އެއަށްފަހު ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް މެއިމަހުގެ 15 ވަނަ ދުވަހު ފުރުމަށް ޝެޑިއުލް ކޮށްފައިވާއިރު، ދެން ފްލައިޓްތައް ޝެޑިއުލްކޮށްފައިވަނީ މެއި. 17، 18 އަދި 19 ވަނަ ދުވަހުއެވެ.

ރާއްޖެއިން މިފަހަރު ހައްޖަށް މީޙުން ގެންދިއުމަސް ހަމަޖެހިފައިވަނީ ޤައުމީ އެއާލައިން މޯލްޑިވިއަންގެ އިތުރުން ސައުދީއާ އެއާލައިން ގައެވެ. 

ރާއްޖެއިން ހައްޖަށްދާ މީހުންނަށް އެންމެ ފަސޭހަކަމެއްގެ ގޮތުގައި އޮންނާނީ މައްކާ ރޫޓުގެ ދަށުން ހައްޖަށް ދިއުމެވެ. މައްކާ ރޫޓަކީ ހައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން، ދެ ޤައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ޤައުމުގެ އެއަރޕޯޓްގައި ތިބެ ނިންމައިގެން ފުރުމެވެ. ނަތީޖާއަކީ ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ޙައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ދެވޭގޮތަށް ކަންކަން އިންތިޒާމް ވެގެން ދިއުމެވެ. އެގޮތުން ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ ހޮޓަލަށެވެ.

ހައްޖު ކޯޕަރޭޝަނުން ހައްޖުގެ ކަންކަން އިންތިޒާމުކޮށް ނިންމިއިރު، މިއީ މިހާ އަވަހަށް ހައްޖުގެ އިންތިޒާމުތައް ނިންމި ފުރަތަމަ ފަހަރެވެ. ހައްޖު ކޯޕަރޭޝަނާ ހައްޖުގެ ކަންކަން ހަވާލުވުމަށްފަހު އެ ކުންފުނިން ގެންދަނީ އަހަރަކަށް ވުރެ އަހަރެއް ހައްޖާޖީންނަށް ދެމުންދާ ހިދުމަތްތައް ފުރިހަމަ ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.