ޝަކީލް
ހަބަރު
28 Apr 2026 | 16:43
ނޫސްވެރިކަން ނަހަމަގޮތުގައި ބޭނުންކުރާ މީހުންނާދެކޮޅަށް ފިޔަވަޅު އެޅެންޖެހޭ: ޝަކީލް

ނޫސްވެރިކަން ނަހަމަގޮތުގައި ބޭނުންކުރާ މީހުންނާދެކޮޅަށް ފިޔަވަޅު އަޅައި ހައްޤު އަދަބު ދެވެންޖެހޭކަމަށް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޝަކީލް ވިދާޅުވީ، ހަގީގީ ނޫސްވެރިކަން ކުރާ ނޫސްވެރިންނަށް ދޭންޖެހޭ އިހުތިރާމަށްޓަކާވެސް ނޫސްވެރިކަމުގެ މިނިވަންކަން ނަހަމަގޮތުގައި ބޭނުންހިފާ މީހުންނަށް ފިޔަވަޅު އެޅެންޖެހޭަކަމަށެވެ.

ޝަކީލް ވިދާޅުވީ، މިއަދުގެ މުޖުތަމައުގައި ނޫސްވެރިންގެ ފާހުގެ ނިވަލުގައި ތިބެގެން ގައުމު ފަސާދަކުރަމުންދާ ބަޔަކު މަދުން ނަމަވެސް އުޅޭ ކަމީ، އަޅުގަނޑުމެން ގަބޫލު ކުރަންޖެހޭ ހަގީގަތެއްކަމަށެވެ

ނޫސްވެރިކަމުގެ ނަމުގައި ގައުމުގެ ރައީސުލްޖުމްހޫރިއްޔާ އާ ދެކޮޅަށް ޒާތީވަމުންގޮސް އަމިއްލަ ނަފްސު ކޮންޓްރޯލުން ނެއްޓި މުޅި ދުނިޔެ ކުރިމަތީގައި އަމިއްލައަށް ހޭވި ހަޑިއަށްފަހު ވި އިއުތިރާފަށް ނޫސްވެރިކަމެކޭ ނުކިޔޭނެ

ހައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލް

.

މިނިވަން ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ، އިސްލާމްދީނާއި ޤާނޫނުގެ ޙުދޫދުތަކުގެ ތެރެއިން ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުވެސް ވަނީ, އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައެވެ.

މީޑިއާގެ މިނިވަންކަން ޒިންމާދާރުގޮތުގައި ހުދޫދުން ބޭރުނުވާގޮތަށް ހިފުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާއަށް ބޮޑެތި ތުހުމަތެއް ކޮށް ޑޮކިއުމަންޓްރީއެއް ހެދި މައްސަލާގައި ރޭގެ ވަގުތެއްގައި ފުލުހުން ވަނީ ކޯޓުއަމުރެއްގެ ދަށުން އޮންލަިއން ނޫސް، އަދަދުނޫސް ބަލާފާސްކޮށްފައެވެ. އެތަން ބަލާ ފާސްކޮށް ބައެއް ތަކެތި ފުލުހުން ވަނީ ގެންގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.