ޝަކީލް
ހަބަރު
02 May 2026 | 18:17
ދައުލަތުގެ ބަޖެޓާ ގުޅޭ އެއްވެސް ވާހަކައެއް ދައްކަން އެމްޑީޕީ ލަދުގަންނަން ޖެހޭނެ: ޝަކީލް

ދައުލަތުގެ ބަޖެޓާ ގުޅޭ އެއްވެސް ވާހަކައެއްދައްކަން އިދިކޮޅު އެމްޑީޕީން ލަދުގަންނަން ޖެހޭނޭކަމަށް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމްގައި ހުންނެވި މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމުގެ މަގާމުގައި ހުންނެވި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޢަފޫރު މޫސާ ވަނީ، އެމްޑީޕީގެ ޗެއާޕާސަން ހޮވާ އިންތިހާބާއި، ގައުމީ މަޖިލީހުގެ އިންތިހާބު ބާއްވަން ޕާޓީގައި ފައިސާނެތްކަމަށް ވިދާޅުވެފައެވެ. އެކަން އެހެންވީ ދައުލަތުގެ ބަޖެޓުން މިއަހަރަށް ދޭންބުނި ފައިސާ އަދިވެސް ލިބިފައިނުވާތީކަމަށް ގަޕޯ ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަކީލް ވަނީ، އެބާވަތުގެ ވާހަކަތަކަކީ ބަޖެޓަށް ވޯޓު ނުދޭ މީހުން ދައްކަން ޖެހޭ ވާހަކަތަކެއް ނޫންކަން ފާހަގަކުރައްވައި ގަޕޯގެ އެވާހަކަތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން ޝަކީލް ވަނީ ގަޕޯ އެ ވިދާޅުވީ ދައުލަތުގެ ބަޖެޓުން އެމްޑީޕީއަށް ލިބެންޖެހޭ ކޮން ފައިސާއެއްގެ ވާހަކައެއްތޯ ސުވާލުކުރައްވާފައެވެ.

ދައުލަތުގެ ބަޖެޓު ފާސްކުރަން ގަޕޯ އަދި އެމްޑީޕީގެ އެއްވެސް މަޖިލިސް މެންބަރަކު ވޭތުވެދިޔަ ތިން އަހަރު ވޯޓެއް ދިނިންތޯ ސުވާލުކުރައްވަމުން ޝަކީލް ވަނީ ބަޖެޓްގެ ވާހަކަދައްކަން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުން ލަދުގަންނަން ޖެހޭނޭކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ ތެރެއިން ކުރީގެ ރައީސް ނަޝީދުގެ ފިކުރުގެ ބޭފުޅުން ވަނީ، ޕާޓީގެ އެތެރޭގެ އިންތިހާބު ބޭއްވުން އަވަސްކުރުމަށް ގޮވާލާފައެވެ. އެގޮތުން އެ ފެކްޝަނުން ވަނީ އިންތިހާބު އެމްޑީޕީއަށް ބޭނުންވާ ފަންޑް ހޯދުމުގެ މަސައްކަތް ފަށާފައެވެ.

ނަޝީދުގެ ފެކްޝަނުން ބުނެފައިވަނީ އިންތިހާބު ފަސްކުރަން ހުށެހެޅީ، ނަޝީދު އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ހޮވިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން މީކާއިލް ނަސީމް އާއި ރައީސް ސާލިހް އަށް އޮތުމުންނެވެ. އަދި އެ ބޭފުޅުން ފާހަގަކުރާ ގޮތުގައި، މި ނިންމެވުމަކީ ވަކި ބަޔަކަށް ފައިދާކުރާނެ ނިންމުމެކެވެ. އެގޮތުން، އިންތިހާބު ލަސްނުކޮށް ބޭއްވުމަށްޓަކައި އެ ބޭފުޅުން ވަނީ އިންތިހާބަށް ބޭނުންވާނެ ފައިސާ ހޯދުމަށްޓަކައި ރުފިޔާ އެއްކުރުމުގެ މަސައްކަތް ފަށާފައެ

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.