ނަފްހާ ޕްރެޒެންޓާ އޮފްދަ ވީކް ޓްރޮފީއާއެކު: ފޮޓޯ/ ދިވެހިރާއްޖޭގެ އަޑު
ރިޕޯޓް
15 Jun 2026 | 09:02
ބީއާރްޕީގެ ނިމުނު ހަފްތާގެ ޕްރެޒެންޓާ އޮފް ދަ ވީކް ނަފްހާއަށް؛ އުއްމީދަކީ މުބާރާތުގެ އެންމެ އުހަށް ދިޔުން

ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައިވެސް އޮންނާނީ އުންމީދުން ފުރިގެންވާ ހުވަފެންތަކެކެވެ. މީގެ އަހަރުތަކެއް ކުރިން، ކުޑަ އަންހެން ކުއްޖަކު އޭނާގެ ބައްޕަގެ ގަމީސްލައި، ޓައީ އަޅައިގެން ލޯގަނޑު ކުރިމަތީގައި ހުރެ ޚަބަރު ކިޔަން ދަސްކުރި ހިނދު، އެއީ މިއަދު ދިވެހިރާއްޖޭގެ ރޭޑިއޯގެ އުދަރެހުން ފެންނަން އޮތް ފާހަގަކޮށްލެވޭ ތަރިއަކަށް ވެދާނެ ކަމަކަށް އެކަކުވެސް ހީއެއް ނުކުރާނެއެވެ. ނަމަވެސް، އެ ކުޑަކުޑަ ކޮޓަރީގެ ތެރެއިން ފެށުނު އުންމީދުގެ ދަތުރު، މިއަދު މިވަނީ ރާއްޖޭގެ އެންމެ ބޮޑު ރޭޑިއޯ ޕްރެޒެންޓިންގ މުބާރާތުގެ ގަދަ އަށް ބައިވެރިންގެ ތެރެއަށް އައިސްފައެވެ.

ބީއާރްޕީ ސީޒަން 7 ގެ ތެރެއިން: ފޮޓޯ/ ދިވެހިރާއްޖޭގެއަޑު

އެ ކުޑަ ކޮޓަރީގައި އެ ހުވަފެން ދެކެމުންއައި ކުއްޖާއަކީ މިއަދު ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ދިވެހިރާއްޖޭގެ އަޑުން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަން" (ބީއާރްޕީ)ގެ އެއް ބައިވެރިއެއް ކަމަށްވާ، ރ. ފައިނަށް އުފަން ނަފްހާ ނަސީމެވެ. 

ރޭޑިއޯ ޕްރޮގްރާމް ހުށަހެޅުމުގެ ދާއިރާއަށް ޝައުޤުވެރިވާ ޒުވާނުންނަށް ޚާއްޞަކޮށްގެން ބާއްވާ މި ރިއަލިޓީ ޝޯވއަކީ، މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ފަހިކޮށްދީ، ހުނަރު ތަރައްޤީ ކޮށްދިނުމުގެ މަޤްޞަދުގައި ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު މުބާރާތެވެ.

މީހާރު ކުރިއަށްދަނީ މުބާރާތުގެ 7 ވަނަ ސީޒަނެވެ. މި ސީޒަންފެށި، ފޯރި ގަދަވެފައިވާއިރު، މިހާރު މުބާރާތުގައި ތިބީ ގަދަ 8 ބައިވެރިންނެވެ. ނަފްޙާ އަކީ އެތަނުން އެއް ބައިވެރިއެވެ. 

ބީއާރްޕީ ސީޒަން 7 ގެ ތެރެއިން: ފޮޓޯ/ ދިވެހިރާއްޖޭގެއަޑު

ކުޑަކުޑަ ހުވަފެނަކުން ފެށިގެން ގަދަ އަށަކާ ހަމައަށް

ނަފްޙާއަކީ ކުޑައިރުއްސުރެ ޕްރެޒެންޓް ކުރުމަށް ނުހަނު ލޯބިކުރި ކުއްޖެކެވެ. އޭނާ ކިޔައިދިން ގޮތުގައި، ކުޑައިރު ބައްޕަގެ ގަމީސް ލައިގެން، ޓައީ އަޅައިގެން ޚަބަރު ކިޔަން އުޅުނު ހަނދާންތަކަކީ މިއަދު މި ދާއިރާއަށް އޭނާ ނުކުތުމުގެ އަސްލެވެ.

 "މި ދާއިރާއަށް ޝައުޤުވެރިވަނީ މިއީ އެކި ކަހަލަ އާ ކަންކަން ތަޖުރިބާ ކުރެވޭނެ ދާއިރާއަކަށް ވީމާ. އަޅުގަނޑަކީ އަބަދުވެސް އާ ކަންކަން ތަޖުރިބާ ކުރަން ބޭނުންވާ މީހެއް،" ނަފްޙާ ބުންޏެވެ.

މިދިޔަ އަހަރުގެ މުބާރާތުގައިވެސް ނަފްޙާ ބައިވެރިވިއެވެ. ނަމަވެސް އެފަހަރު އޮޑިޝަނުންވެސް އޭނާ ހޮވިފައެއް ނުވެއެވެ. އެހެންކަމުން، މިއަހަރު މުބާރާތުގެ ގަދަ 8 ބައިވެރިންގެ ތެރޭގައި ހިމެނިގެން ދިޔުމަކީ ބޮޑު ކާމިޔާބީއެކެވެ. ޚާއްސަކޮށް މިދިޔަ ހަފްތާގައި، ކުރިއަށްދިޔަ އިންޓަވިޔު ރައުންޑުން އެންމެ  މޮޅު ޕްރެޒެންޓަރުގެ މަޤާމު ހޯދައި، 'ޕްރެޒެންޓާ އޮފް ދަ ވީކް' ގެ އެވޯޑް ލިބުމަކީ އޭނާއަށް ލިބުނު ބޮޑު ހިތްވަރެކެވެ. 

ބީއާރްޕީ ސީޒަން 7 ގެ ތެރެއިން: ފޮޓޯ/ ދިވެހިރާއްޖޭގެއަޑު

އުއްމީދަކީ ކާމިޔާބީ ހާސިލުކުރުން

ނަފްޙާގެ މިހާރުގެ އަމާޒަކީ މުބާރާތުގެ އެންމެ އުހަށް ދިއުމެވެ. މިއީ ކުރިން ހަމައެކަނި އޭނާގެ އަމިއްލަ ހުވަފެނަކަށް ވީނަމަވެސް، މިއަދު މިއީ އޭނާއަށް ސަޕޯޓްކުރާ ހުރިހާ އެންމެންގެވެސް ހުވަފެނެކެވެ. އެހެންކަމުން އެ އެންމެންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދިނުމަކީ ނަފްޙާގެ ވަރަށް ބޮޑު އެދުމެކެވެ. އޭނާ މިހާރު ހުރީ އެ ޢަޒުމުގައެވެ. ވަރުބަލިކަމެއް ނެތި ރެއާއި ދުވާލު މަސައްކަތް ކުރަމުންދަނީ އެކަމަށްޓަކައެވެ. އުއްމީދަކީ މުސްތަޤުބަލުގައި ޓީވީ ނުވަތަ ރޭޑިއޯގެ ކޮންމެވެސް ޕްރޮގްރާމަކުން އޭނާގެ އަޑު އިވިގެންދިއުމެވެ.

ބީއާރްޕީ ސީޒަން 7 ގެ ތެރެއިން: ފޮޓޯ/ ދިވެހިރާއްޖޭގެއަޑު

ޝުކުރުގެ ލިސްޓު ދިގު

ނަފްޙާގެ މި ދަތުރުގައި، ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، ހުރަސްތައް ގިރާކޮށް ކުރިއަށް ދިޔުމަށް ހިތްވަރު ލިބެނީ އެތައް ބައެއްގެ އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުންނެވެ. އެގޮތުން އެންމެ ފުރަތަމަވެސް އޭނާ ފާހަގަކުރީ މަންމަ އާއި ބައްޕައަށް، އަދި ދެފަރާތުގެ އާއިލާއެވެ.

"އަޅުގަނޑަށް އެ ދޭ ހިތްވަރަށާއި ވޯޓު ހޯދައިދޭން ކުރާ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ފައިނު ކައުންސިލަށާއި ހުރިހާ ރައްޔިތުންނަށް، އަދި ރ. އަތޮޅުގެ ހުރިހާ ރައްޔިތުންނަށްވެސް ޝުކުރު އަދާކުރަން،" ނަފްޙާ ފާހަގަކުރިއެވެ.

ބީއާރްޕީ ސީޒަން 7 ގެ ތެރެއިން: ފޮޓޯ/ ދިވެހިރާއްޖޭގެއަޑު

މީގެ އިތުރުން، ނުދަންނަ އެތައް ބަޔަކު މެސެޖުކޮށް ހިތްވަރުދީ، ވޯޓުލާކަންވެސް އޭނާ ޝުކުރުވެރިކަމާއެކު ފާހަގަކުރިއެވެ. 

އަދި ހަމައެހެންމެ އޭނާގެ ހުނަރު ތަރައްޤީކޮށްދިނުމަށް ބީއާރްޕީގެ ކޯޗުންގެ ފަރާތުން ލިބޭ ނަސޭހަތާއި، ކޮންމެ ވަގުތެއްގައިވެސް ޕްރެކްޓިސްތައް ބާއްވައިދީ ދޭ އެއްބާރުލުމަށް ނަފްޙާ ހިތުގެ އަޑިން ޝުކުރު އަދާކުރެއެވެ.

ބީއާރްޕީ ސީޒަން 7 ގެ ތެރެއިން: ފޮޓޯ/ ދިވެހިރާއްޖޭގެއަޑު

މިއަހަރުގެ ބީއާރްޕީ ސީޒަން 7 ގެ ޓައިޓަލް ކާމިޔާބު ކުރާ ފަރާތަކަށް 50,000 ރުފިޔާގެ ފައިސާގެ އިނާމާއި، އުމްރާ ދަތުރަކާއި، އެއްއަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ނަފްޙާ މިހާރު ހުރީ މި ޝަރަފުވެރި ވަނަ ހާސިލުކުރުމުގެ ވަރުގަދަ އަޒުމުގައެވެ.

މުބާރާތުގައި ވޯޓުލާނެ ގޮތް

އެކަމަށްޓަކައި ބެލުންތެރިންގެ އެއްބާރުލުންވެސް ވަރަށް ބޭނުންވެއެވެ. އެހެންކަމުން ނަފްޙާ އެދެނީ އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް އެންމެހާ ފަރާތްތަކުން ވޯޓު ދިނުމަށެވެ. މިހާތަނަށްވެސް ދިން އެއްބާރުލުން މުބާރާތުގެ އެންމެ ފަހުވަގުތާ ޖެހެންދެންވެސް ދިނުމެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
30 Aug 2026
އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީ ލިބޭ ފަރާތްތަކުން އަލުން ރަޖިސްޓަރީވާން އެދިއްޖެ
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ދެމުންގެންދާ އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީ ލިބެމުންދާ ފަރާތްތަކުގެ ތެރެއިން އެހީ ކުރިއަށް ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން އަލުން ފޯމު ހުށަހެޅުމަށް (ރީ-ރަޖިސްޓަރީ ވުމަށް) އެ އެޖެންސީން ހުޅުވާލައިފިއެވެ.
30 Aug 2026
އެމްއޭސީއެލުން އެއާޕޯޓުގެ ފަންނީ ދާއިރާތައް ކުދިންނަށް ދައްކާލައިފި
އިންޖިނިއަރުންގެ ދުވަހާ ގުޅުވައިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލުން ހަތް ދާއިރާއެއްގެ ފަންނީ މަސައްކަތް ދައްކާލައި، އިންޖިނިއަރިންއަށް ކުދިންގެ ޝައުޤު އުފެއްދުމަށް މަސައްކަތްކޮށްފައިވެއެވެ.
30 Aug 2026
ސިނަމާލެ ބްރިޖަކީ ދެ ޤައުމުގެ އިތުބާރާއި އެކުވެރިކަމުގެ ދެމިއޮންނާނެ ރަމްޒެއް
މާލެ އާއި ހުޅުމާލެ އަދި ހުޅުލެ ގުޅުވައިދޭ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް (ސިނަމާލެ ބްރިޖް) އަކީ ހަމައެކަނި އުމްރާނީ ބިނާއެއް ނޫން ކަމަށާއި، އެއީ ދެ ޤައުމުގެ ދެމެދުގައިވާ އިތުބާރާއި އެކުވެރިކަމުގެ ތެރެއިން ހާސިލުކުރެވޭނެ ކަންކަމުގެ ދެމިއޮންނާނެ ރަމްޒެއް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވެއްޖެއެވެ.
30 Aug 2026
ސިނަމާލެ ބްރިޖަށް 8 އަހަރު؛ މި ބްރިޖަކީ އިތުބާރާއި އުންމީދުތަކުގެ ރަމްޒެއް
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ދާއިމީ ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެޤައުމުގެ މެދުގައި އޮތް ބައިވެރިވުން އިތުރަށް ވަރުގަދަކުރުމުގައި ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
30 Aug 2026
ފުރަތަމަ ދެ މެޗުގައި ރޯޑްއެސްއެސްއޭ އާއި ސްޓެލްކޯ ކޭ-38އަށް މޮޅެއް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ސްޓެލްކޯ މަހިބަދޫ އިންޖީނުގޭގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "ސްޓެލްކޯ މަހިބަދޫ އިންޓަ-އޮފީސް ވޮލީބޯޅަ މުބާރާތް" ފޯރިއާއެކު ފަށައިފިއެވެ.
30 Aug 2026
ހުރިހާވެސް މައްސަލައަކީ މަގުމަތީގެ ޤަވާއިދުތަކަށް އިހުމާލު ވުމެވެ
މަގުތައް މަތީ ކިތަންމެ ވަރަކަށްވެސް ސްޕީޑް ބްރޭކަރު ހަރުކުރެވިދާނެއެވެ. އަދި ކެމެރާތަކާއި ފުލުހުންވެސް މަގުތަކަށް ނެރެވިދާނެއެވެ. އެކަމު ހަގީގީ މާނާގައި މަގުމަތީގެ އަމާންކަން ގާއިމްކުރުމުގެ ބާރު އޮތީ އަޅުގަނޑުމެންގެ އަމިއްލަ އަތްމަތީގައެވެ
29 Aug 2026
ކާރަކުން ސައިކަލެއްގައި ޖައްސައި އެކްސިޑެންޓްކޮށްލުން: ދެ މީހަކަށް އަނިޔާ، ޑްރައިވަރު ހުރީ މަސްތުވެގެން
29 Aug 2026
މިރޭ ހިނގި އެކްސިޑެންޓް: އަނިޔާވީ ނުވަ އަހަރުގެ ކުއްޖަކަށް، ހާލު ސީރިއަސް
ހުޅުމާލެ ވިނަރެސް ޓަވަރުތައް ހުންނަ ސަރަހައްދުގައި މިރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވީ ނުވަ އަހަރުގެ އަންހެން ކުއްޖަކަށެވެ.