އަހުމީޒް ސަޢީދު-
ރިޕޯޓް
19 Jun 2026 | 13:55
ޕީއެންސީ ހުޅުމާލެ ދެކުނު ދާއިރާގެ ޒުވާނުންގެ ރައީސްކަމަށް އަހުމީޒު: ޤާބިލު، ކެރޭ ޒުވާނެއް

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ވެރިކަންކުރާ ޕީއެންސީގެ ސަފުތައް ރުކުރުވާލައި، ޕާޓީގެ ހަރަކާތްތައް އާޖޯޝަކާއި އެކު ފެށުމުގެ ތައްޔާރީތައް މިހާރު ވަނީ ފަށާފައެވެ. އެކަމަށްޓަކައި ފަށާފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީ ކުރިއަށް އޮތް ޕާޓީގެ އެތެރޭގެ އިންތިޚާބެވެ.

ރައީސް މުޢިއްޒު އަހުމީޒުއާ ސަލާމް ކުރައްވަނީ- 

އެ އިންތިޚާބުގައި އެކި ދާއިރާތުން ޕާޓީ ހިންގުމަށް މީހުން ހޮވާއިރު، ހުޅުމާލެ ދެކުނު ދާއިރާގެ ޒުވާނުންގެ ހަރަކާތްތައް ހިންގާލުމުގެ އުއްމީދުގައި އެ ދާއިރާގެ ރައީސްކަމަށް ކުރިމަތިލައިގެން ހުރި އަހުމީޒު ސައީދަކީ ތަފާތު ޝަޚުސިއްޔަތެކެވެ.

އަހުމީޒު އެޗްޑީސީ މުވައްޒިފުންނާއެކު

އަހުމީޒު ޒުވާނުންނާއެކު

ހިންގުންތެރި ޒުވާނެއް

އަހުމީޒު ސައީދަކީ ތައުލީމީ ގޮތުން ގާބިލު، އަދި ހިންގުންތެރިކަމުގެ ރޮނގުން ފާހަގަކޮށްލެވޭ ޒުވާނެކެވެ. ކަންކަމުގައި އިސްނަގައިގެން މަސައްކަތް ކުރާ ހީވާގި މީހެކެވެ. ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ކައުންސިލް އިންތިޚާބުގައިވެސް ޕާޓީ ކެންޑިޑޭޓުންގެ ކެންޕެއިންގެ އިސް ސަފުގައި އޭނާ ހަރަކާތްތެރިވިއެވެ.

އަހުމީޒް އެޗްޑީސީ މުވައްޒަފުންނާއެކު

އޭނާ ފާހަގަކޮށްލެވެނީ ހަމައެކަނި ސިޔާސީ މައިދާނުގައި ކުރާ މަސައްކަތްތަކަކުން ނޫނެވެ. އޭގެ ބަދަލުގައި، އިޖުތިމާއީ އަދި ދީނީ ކަންކަމުގައިވެސް އޭނާއަކީ ނަމޫނާ ދައްކަމުންދާ ފަރާތެކެވެ. އެގޮތުން އެޗްޑީސީގައި ވަޒީފާ އަދާކުރަމުން، ހުޅުމާލޭގައި އެކުންފުނީގެ ޒިންމާގެ ދަށުން ހިންގާ ހުރިހާ ދީނީ ހަރަކާތެއް ރާވައި ހިންގަނީ އަހުމީޒުގެ މޭސްތިރިކަމުގެ ދަށުންނެވެ.

އަހުމީޒު ޝެއިޚް އިބްރާހިމް މެންކް އާއެކު

މީގެ އިތުރުން ހުޅުމާލޭގައި ޢީދު ހަރަކާތްތައް ރާވައި ހިންގުމުގައި އަހުމީޒުގެ އިސްދައުރެއް އޮންނައިރު ހުޅުމާލެ ސާފު ކުރުމާއި، ހުޅުމާލޭގައި ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތައްވެސް އިންތިޒާމް ކުރުމުގައި ޢަމަލީގޮތުން އޭނާ ބައިވެރިވެ އެހީތެރިވެދެއެވެ. 

ހުޅުމާލޭގައި ޢީދު ފާހަގަކުރުން

އަހުމީޒު ކުޅުންތެރިއަކާ ޓްރޮފީ ހަވާލުކުރަނީ

އެންމެނާވެސް ގުޅޭ އެކުވެރިއެއް

އަހުމީޒުގެ އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް ސިފައަކީ އޭނާގެ ހިތްހެޔޮކަމާއި އެންމެނާ ގުޅޭ މިޒާޖެވެ. ކުޑައެއް ބޮޑެއް ނުބަލައި، ކޮންމެ މީހަކާވެސް ހިނިތުންވުމާއެކު ބައްދަލުކޮށް، މީހުންގެ ޝަކުވާތަކާއި ޚިޔާލުތައް އަޑުއަހައެވެ. އަދި އެ އަޑު އިއްވައިދިނުމަށް މަސައްކަތް ކުރެއެވެ.

އަހުމީޒު ކެންޕެއިން އެއްގެ ތެރެއިން

އަހުމީޒު ކަލަކުވޭ ދަރުސް އިންތިޒާމް ކުރުމުގެ ތެރެއިން

އަހުމީޒުގެ އުއްމީދަކީ ކުރިއަށް އޮތްތަނުގައިވެސް ހުޅުމާލެ ދެކުނު ދާއިރާގެ ޒުވާނުންގެ އަޑު އުފުލައި، އެ ޒުވާނުންގެ ކުރިއެރުމަށް އަމަލީ ގޮތުން މަސައްކަތްކުރުމެވެ. އެކަމަށްޓަކައި އޭނާ ބޭނުންވަނީ ދާއިރާ މެންބަރުންގެ އެއްބާރުލުމެވެ.

އަހުމީޒު ޑރ ހައިދަރު އަދި ޝިޔާމް އާއެކު

ޕީ.އެން.ސީގެ އެތެރޭގެ އިންތިޚާބު އޮންނާނީ ކުރިއަށް އޮތް ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.
24 Aug 2026
ބޭރުފައިސާ މާރުކުރާ މިންވަރު ދެ ގުނަ އިތުރުކުރުމަކީ ތަހައްމަލުކުރެވޭނެ ކަމެއް ނޫން: މަޓީ
މަޓީން ބުނީ ކަޅު ބާޒާރަށް އޮތް ޕްރެޝަރަކީ ހަމައެކަނި ރިސޯޓް އޮޕަރޭޓަރުންގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފު ބޭއިންސާފެއް ކަމަށެވެ