އައިޖީއެމްއެލްގެ ލެބެއް.. ފޮޓޯ: އައިޖީއެމްއެޗް
ހަބަރު
05 Jul 2026 | 21:05
ކެންސަރު ބޭހެއްގެ ފޭކް އިންޖެކްޝަންތަކެއް ދައުރުވާކަން ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް ގެނައީ ރާއްޖެއިން

ކެންސަރުބައްޔަށް ފަރުވާދިނުމަށް ބޭނުންކުރާ "ޑާޒަލެކްސް" ގެ ފޭކް އިންޖެކްޝަންތަކެއް ބައިނަލްއަޤްވާމީ މާކެޓްގައި ދައުރުވަމުންދާތީވެ އެކަން ރާއްޖެއިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސަމާލުކަމަށް ގެނެސްފިއެވެ.

ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި "ޑާޒަލެކްސް" ގެ ފޭކް އުފެއްދުންތަކެއް ރާއްޖޭގައި ދައުރުވަމުންދާކަމަށް އެނގިފައިވަނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކުރި ރެންޑަމް އިންސްޕެކްޝަނަކުންނެވެ. ފޭކް އިންޖެކްޝަންތައް ދައުރުވަމުންދާކަން ފާަހަގަވުމާ ގުޅިގެން ރާއްޖެއިން ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް ގެނެސްފައިވާއިރު، ހަމަ މިބާވަތުގެ އިންޖެކްޝަން ވަނީ މެކްސިކޯއިންވެސް ފެނިފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިހާރު ވަނީ އެކަމަށް ސަމާލުވުމަށް އެދި ނޯޓިސް ނެރެފައެވެ. މިކަމާ ގުޅިގެން ޑަބްލިއުއެޗްއޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖެއާއި މެކްސިކޯއިން ފެނިފައިވާ "ޑާޒަލެކްސް" (DARZALEX - daratumumab) އިންޖެކްޝަންގެ ދެ ބެޗެއްގެ ބޭހަކީ ނަކަލު ބޭސްތަކެއް ކަމަށް ފާހަގަކުރެވިފައިވާކަމަށެވެ. 

ސިއްހީ ހިދުމަތްތެރިންނާއި، ބޭސްފަރުވާއާ ގުޅޭ ކަންކަން ރެގިއުލޭޓްކުރާ އިދާރާތަކުގެ އިތުރުން އާންމު ރައްޔިތުންނަށް ނެރުނު މި އިންޒާރުގައި ޑަބްލިއުއެޗްއޯއިން އިތުރަށް ބުނެފައިވަނީ، މި މައްސަލަ ރާއްޖެ އާއި މެކްސިކޯއިން ރިޕޯޓްކޮށްފައިވަނީ، މިއަހަރުގެ މެއި އަދި ޖޫންމަހުގައިކަމަށެވެ. 

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވަނީ މި ފޭކް އުފެއްދުންތައް ބާޒާރަށް ނެރެފައިވަނީ، ރަސްމީ ހުއްދަ ނެތް ފަރާތްތަކުންކަމަށެވެ. އެގޮތުން އެ އުފެއްދުންތައް ބައެއް ހޮސްޕިޓަލްތަކަށް ވެސް ލިބިފައިވާކަން ފާހަގަކުރެވިފައިވާކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އެއީ ރާއްޖެ ނުވަތަ މެކްސިކޯއިން ކަމެއް ފާހަގަކޮށްފައެއް ނުވެއެވެ.

ޑާޒަލެކްސް އަކީ ލޭގެ މަދު ބަލިތަކާއި، ކަށީގެ މަދަށް ޖެހޭ ކެންސަރުގެ ބާވަތްތައް ކަމަށްވާ "މަލްޓިޕަލް މައިލޯމާ" އަދި "އެމިލޮއިޑް ލައިޓް-ޗެއިން (AL) އެމިލޮއިޑޯސިސް" އަށް ފަރުވާ ދިނުމަށް ބޭނުންކުރާ މޮނޯކްލޯނަލް އެންޓިބޮޑީއެއްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެއެވެ. މި ފޭކް އުފެއްދުންތަކަކީ އޭގެ އަސްލު އޮޅުވާލައިގެން، އަދި އުފެއްދި ފަރާތާ ބެހޭ ދޮގު މައުލޫމާތު ހިމަނައިގެން ގަސްތުގައި ތައްޔާރުކޮށްފައިވާ އުފެއްދުމެއްކަމަށްވެސް ވަނީ ބުނެފައެވެ. 

ޑަބްލިއުއެޗްއޯއިން ވަނީ އެ އުފެއްދުންތައް ބޭނުންނުކުރުމަށް އިންޒާރުދީފައެވެ. ފޭކް ބޭސްތަކުގައި ހިމެނޭ ބެޗް ނަމްބަރަކީ MYS7381 އަދި STV1K01 އެވެ. އެހެންކަމުން، މި ބެޗް ނަންބަރުތައް ހުރި އެއްވެސް ޑާޒަލެކްސް އުފެއްދުމެއް ނަކަލު ބޭހެއްގެ ގޮތުގައި ބަލައި، ބޭނުން ނުކުރުމަށް ވަނީ އިންޒާރުދީފައެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކެންސަރުބައްޔަށް ފަރުވާދިނުމަށް ބޭނުންކުރާ "ޑާޒަލެކްސް" ގެ ފޭކް އިންޖެކްޝަންތަކެއް ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް ގެނެސްފައިވާއިރު، މިކަމަކީ ރާއްޖޭގެ ސިއްހީދާއިރާގެ ރެގިއުލޭޓްކުރާ ފަރާތްތަކުގެ އިތުބާރު ބައިނަލްއަޤްވާމީ މުޖުތަމައުގައި ބޮޑުވެގެންދާނޭކަމެކެވެ. އެގޮތުން މިކަމުގެ ސަބަބުން ރާއްޖޭގެ ލެބޯޓްރީތަކާއި ތަހްލީލްކުރުމުގައި ގެންގުޅޭ މިންގަނޑުތަކާމެދު ބޮޑު ޔަގީންކަމެއް ލިބިގެންދާނޭކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.