މަޝްހޫރު ބްރަޔަން ޖޯންސަން --
ރިޕޯޓް
07 Jul 2026 | 07:01
މަރުވުމުން ސަލާމަތްވެ އަބަދަށް ދިރިހުރުމަށް މަސައްކަތްކުރި މީހާއަށް ނާދިރު ބައްޔެއް; އިބްރަތަކަށް ފުދޭ

ދިގު އުމުރަކަށް އެދި އަދި މަރުވުމުން ސަލާމަތްވެ އަބަދަށް ދިރިހުރުމުގެ އުއްމީދުގައި، އޭނާގެ ސިއްހަތަށްޓަކައި މިލިއަނުން ހަރަދުކުރަމުންދާ މަޝްހޫރު ބްރަޔަން ޖޯންސަންގެ ވާހަކައަށް މުޅި ދުނިޔޭގެ ސަމާލުކަމަށް ހުއްޓިފައި ވާތާ އަހަރުތަކެއްވީ އެވެ.

ނަމަވެސް މިއަދު އޭނާއާ ބެހޭ ގޮތުން ދައްކަނީ އެކަމަށް އޭނާ ކުރަމުންދާ ކާމިޔާބު މަސައްކަތުގެ ވާހަކަ އެއް ނޫނެވެ. މިއަދުގެ ހޫނު ހަބަރަކީ އޭނާގެ އެ މަސައްކަތުގެ އަގެއް ނެތް ކަމުގެ ވާހަކަ އެވެ. އެއީ އެއްވެސް ފައިދާއެއް ނެތް މަސައްކަތެއް ކަމުގެ ވާހަކަ އެވެ. އަދި ފިތުރާ މުޅިން ދެކޮޅު, އެއްވެސް އަސާސެއް ނެތް ކަމެއް ކަމުގެ ވާހަކަ އެވެ.

މި ވާހަކަތައް އަޅުގަނޑުމެންގެ ދިވެހީންނަށް ހަނދާންކޮށްދިނީ ފޭސްބުކުގައި ތަފާތު އެކި ޕޯސްޓްތައް ހިއްސާކުރަމުންދާ ހަސަން ސައީދު އެވެ.

ދިގު އުމުރަކަށް އެދި އަދި މަރުވުމުން ސަލާމަތްވެ އަބަދަށް ދިރިހުރުމުގެ އުއްމީދުގައި، އޭނާގެ ސިއްހަތަށްޓަކައި މިލިއަނުން ހަރަދުކުރަމުންދާ މަޝްހޫރު ބްރަޔަން ޖޯންސަން އަށް މިއަދު ވަނީ ވަރަށް ނާދިރު "އޮޓޯއިމިއުން" ބައްޔެއް ކަމަށްވާ "އޮޓޯއިމިއުން ގެސްޓްރޯއެންޓްރައިޓިސް" (AIG) ޖެހިފަ އެވެ. އެންމެ ފަހުން ހުދު, އޭނާ އަމިއްލައަށް އެކަން ވަނީ އިއުލާނުކޮށްފަ އެވެ.

ސައީދުގެ ޕޯސްޓްގައިވާ ގޮތުން މި ބަލީގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމުން ބަނޑުގެ ފަށަލައަށް މަޑުމަޑުން ހަމަލާދީ، ހަށިގަނޑުން އަޔަން (ދަގަނޑު) އާއި ވިޓަމިން ބީ12 މަދުކޮށްލަ އެވެ. މީގެ ސަބަބުން ގިނަ ދުވަސްވުމުން ބަނޑުގެ ކެންސަރަށް މަގުފަހިވުމުގެ ނުރައްކާ އޮވެ އެވެ.

ޖޯންސަން ބުނި ގޮތުގައި، އޭނާގެ ސިއްހީ ހާލަތު އަބަދުވެސް ވަރަށް ގާތުން ބަލަމުން ދިޔައީ ބަލަމުންނެވެ. ނަމަވެސް، ވޭތުވެދިޔަ 10 އަހަރު ދުވަހު މި ބަލި ހުރީ ހަށިގަނޑުގައި ފޮރުވިފަ އެވެ. މި ބަލި ދެނެގަނެވުނީ ވަރަށް ފުންކޮށް ކުރެވުނު ޓެސްޓުތަކަކަށް ފަހުގަ އެވެ. މީގެ އިތުރުން، މި ބައްޔަށް އަދި މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވެ އެވެ. މިހާރު ކުރެވެނީ ހަމައެކަނި ބަލީގެ އުނދަގޫތައް ކޮންޓްރޯލް ކުރުމުގެ ފަރުވާތައް ކަމަށް ވެސް އޭނާ ބުންޏެވެ.

ޖޯންސަން އަކީ އޭނާގެ ސިއްހަތަށްޓަކައި އާދަޔާ ހިލާފު ސަމާލުކަމެއްދޭ އެމެރިކާގެ މިލިއަނަރެކެވެ. އަހަރަކު ދެ މިލިއަން ޑޮލަރު ހޭދަކޮށްގެން، އެންމެ މޮޅު ޑޮކްޓަރުންގެ ޓީމަކާއެކު ހަށިގަނޑުގެ ހުރިހާ ގުނަވަނެއްގެ މަސައްކަތްތައް ގަވާއިދުން ޗެކްކޮށް، އެންމެ ފައިދާހުރި ކާނާ ބޭނުންކޮށް، އަދި ކަސްރަތު ކުރަމުން ދިޔަ އެވެ.

ނަމަވެސް، މި ހުރިހާ މަސައްކަތަކާއި ހަރަދަކަށް ފަހުވެސް އޭނާގެ ހަށިގަނޑަށް ބަލިޖެހުން ހުއްޓުވޭ ގޮތެއް ނުވިއެވެ. އަދި އެންމެ މޮޅު ޓެކްނޮލޮޖީ ބޭނުންކުރި އިރުވެސް ޑޮކްޓަރުންނަށް މި ބަލި ހުރިކަން ކުރިން ދެނެގަނެވޭ ގޮތެއް ނުވިއެވެ.

"އެހެނީ މިކަމުން ރެކިގަނެވޭނެ ހަމަ އެކަކުވެސް ނެތީމަ އެވެ. އެއީ މަރެވެ. އަޅުގަނޑުމެން އެ އެއްޗަކަށް ބިރުން ފިލަން މިދުވާ މަރެވެ. ވަގުތު ޖެހުމުން ދާންވީއެވެ. ގެންދެވެން އޮތީ ހަމަ އެކަނި ކުރި އަމަލުތަކެވެ," ސައީދުގެ އިބްރަތްތެރި ޕޯސްޓް ނިންމާލަމުން ލިޔެފައިވެ އެވެ.

މިއީ އަހަރެމެން ކޮންމެ މީހަކަށް ފުން އިބްރަތެއް ލިއްބައިދޭ ފިލާވަޅެކެވެ. "ކުއްލި ފަރުވާ ދިނަސް, މަރުގެ ހައްލެއް ނެތެވެ". މިއީ މުސްލިމުންގެ ހަގީގީ އަގީދާ އެވެ. ސަބަބުތަކުގައި ހިފުމަކީ ނެތް ކަމެއް ނޫނެވެ. އަދި ކިޔެއް ހެއްޔެވެ. އެއީ ކުރަން ވެސް ޖެހޭ ކަމެކެވެ. ދީނުގައި އޮތީ އެގޮތެވެ.

ނަމަވެސް ހަގީގަތާއި ދުރަކަށް ނުދެވޭނެ އެވެ. މާތްރަސްކަލާންގެ ނިޔާފުޅަކީ ކޮންމެ އެއްޗަކަށް ނިމުން އައުމެވެ. ދުނިޔެއަށް އައި ކޮންމެ ނަފްސެއް މަރުގެ ރަހަ ދެކޭނެ އެވެ. ދާއިމަށް ދެމިވޮޑިގެން ވަނީ ވެރިއިލާހެވެ. ކިތަންމެ ޒަމާނީ އުކުޅުތަކާއި ވަސީލަތްތައް ހޯދައިގަނެވުނު ނަމަވެސް މަރުން ސަލާމަތްވެ ދާއިމަށް މި ދުނިޔޭގައި ދެމި ހުރެވޭނެ ގޮތެއް ނޯންނާނެ އެވެ. އެއީ ހުރިހާ އިންސާނުން މަރުވެ ދާނެ އެވެ. ދުނިޔެއާ ދުނިޔޭގައިވާހާ އެއްޗެއް ހަލާކުވެ ނެތިދާނެ އެވެ. މި ދުނިޔެވެސް އެފަދައިން ނެތި ދެ އެވެ. އެކަން ފަސްކުރެވިފައިވަނީ މާތް ރަސްކަލާންގެ އަމުރުފުޅު އެކަމަށް އޮތް ވަގުތާއި ހަމައަށެވެ.

ގުދުރަތީ މި ސުންނަތަށް ގޮންޖަހާ, ތިމަންނާ މި ހުރީ ދުވަހަކު ބަލިވުމެއް ނެތް, އަމުދުން މަރުވުމެއް ނެތް ފަރުވާއެއް ހޯދަން ނިިކުމެއޭ ބުނުމަކީ މޮޔަ ބުނުމެކެވެ. ކުފުރުގެ ބުނުމެކެވެ. މާތްރަސްކަލާންގެއަށް އިމާންވާ މީހުންނާއި އީމާންނުވާ މީހުންވެސް ގަބޫލުކުރާ އެންމެ ބޮޑު ހަގީގަތަކީ މަރެވެ. އެކަކަށްވެސް އޭނާ މަރުވާނީ ކޮންތާކު, ކިހިނެތް, ކޮން އިރަކު ކަމެއް ނޭންގޭނެ އެވެ.

މަރުވުމުން ސަލާމަތްވެ އަބަދަށް ދިރިހުރުމަށް މަސައްކަތްކުރި ބްރަޔަން ޖޯންސަންގެ ވާހަކަ އިބްރަތަކަށް ފުދެ އެވެ. އިންސާނާގެ ބަލިކަށި ކަމާއި ނިކަމެތި ކަމުގެ މިސާލަކަށް ވެސް އެކަން ފުދެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
30 Aug 2026
އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީ ލިބޭ ފަރާތްތަކުން އަލުން ރަޖިސްޓަރީވާން އެދިއްޖެ
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ދެމުންގެންދާ އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީ ލިބެމުންދާ ފަރާތްތަކުގެ ތެރެއިން އެހީ ކުރިއަށް ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން އަލުން ފޯމު ހުށަހެޅުމަށް (ރީ-ރަޖިސްޓަރީ ވުމަށް) އެ އެޖެންސީން ހުޅުވާލައިފިއެވެ.
30 Aug 2026
އެމްއޭސީއެލުން އެއާޕޯޓުގެ ފަންނީ ދާއިރާތައް ކުދިންނަށް ދައްކާލައިފި
އިންޖިނިއަރުންގެ ދުވަހާ ގުޅުވައިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލުން ހަތް ދާއިރާއެއްގެ ފަންނީ މަސައްކަތް ދައްކާލައި، އިންޖިނިއަރިންއަށް ކުދިންގެ ޝައުޤު އުފެއްދުމަށް މަސައްކަތްކޮށްފައިވެއެވެ.
30 Aug 2026
ސިނަމާލެ ބްރިޖަކީ ދެ ޤައުމުގެ އިތުބާރާއި އެކުވެރިކަމުގެ ދެމިއޮންނާނެ ރަމްޒެއް
މާލެ އާއި ހުޅުމާލެ އަދި ހުޅުލެ ގުޅުވައިދޭ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް (ސިނަމާލެ ބްރިޖް) އަކީ ހަމައެކަނި އުމްރާނީ ބިނާއެއް ނޫން ކަމަށާއި، އެއީ ދެ ޤައުމުގެ ދެމެދުގައިވާ އިތުބާރާއި އެކުވެރިކަމުގެ ތެރެއިން ހާސިލުކުރެވޭނެ ކަންކަމުގެ ދެމިއޮންނާނެ ރަމްޒެއް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވެއްޖެއެވެ.
30 Aug 2026
ސިނަމާލެ ބްރިޖަށް 8 އަހަރު؛ މި ބްރިޖަކީ އިތުބާރާއި އުންމީދުތަކުގެ ރަމްޒެއް
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ދާއިމީ ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެޤައުމުގެ މެދުގައި އޮތް ބައިވެރިވުން އިތުރަށް ވަރުގަދަކުރުމުގައި ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
30 Aug 2026
ފުރަތަމަ ދެ މެޗުގައި ރޯޑްއެސްއެސްއޭ އާއި ސްޓެލްކޯ ކޭ-38އަށް މޮޅެއް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ސްޓެލްކޯ މަހިބަދޫ އިންޖީނުގޭގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "ސްޓެލްކޯ މަހިބަދޫ އިންޓަ-އޮފީސް ވޮލީބޯޅަ މުބާރާތް" ފޯރިއާއެކު ފަށައިފިއެވެ.
30 Aug 2026
ހުރިހާވެސް މައްސަލައަކީ މަގުމަތީގެ ޤަވާއިދުތަކަށް އިހުމާލު ވުމެވެ
މަގުތައް މަތީ ކިތަންމެ ވަރަކަށްވެސް ސްޕީޑް ބްރޭކަރު ހަރުކުރެވިދާނެއެވެ. އަދި ކެމެރާތަކާއި ފުލުހުންވެސް މަގުތަކަށް ނެރެވިދާނެއެވެ. އެކަމު ހަގީގީ މާނާގައި މަގުމަތީގެ އަމާންކަން ގާއިމްކުރުމުގެ ބާރު އޮތީ އަޅުގަނޑުމެންގެ އަމިއްލަ އަތްމަތީގައެވެ
29 Aug 2026
ކާރަކުން ސައިކަލެއްގައި ޖައްސައި އެކްސިޑެންޓްކޮށްލުން: ދެ މީހަކަށް އަނިޔާ، ޑްރައިވަރު ހުރީ މަސްތުވެގެން
29 Aug 2026
މިރޭ ހިނގި އެކްސިޑެންޓް: އަނިޔާވީ ނުވަ އަހަރުގެ ކުއްޖަކަށް، ހާލު ސީރިއަސް
ހުޅުމާލެ ވިނަރެސް ޓަވަރުތައް ހުންނަ ސަރަހައްދުގައި މިރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވީ ނުވަ އަހަރުގެ އަންހެން ކުއްޖަކަށެވެ.